ދިވެހިރާއްޖެ
މިރަށުގެ 04 ސަރަޙައްދަކު ބަސް ސްޓޮޕް ހެދުމަށް ބޭނުންވާތީ، ޑިޒައިން ކުރުމުގެ ފުރުސަތު ޢާންމުކޮށް ހުޅުވާލަމެވެ. ހުށަހަޅާ ކުރެހުންތަކުގެ ތެރެއިން 1 ވަނަ އަށް ހޮވޭ ކުރެހުމަކަށް -/3000 (ތިންހާސް ރުފިޔާ) ދެވަނަ އަށް ހޮވޭ ކުރެހުމަކަށް -/1500 (ފަނަރަ ސަތޭކަ ރުފިޔާ) 3 ވަނަ އަށް ހޮވޭ ކުރެހުމަކަށް -/500 (ފަސްސަތޭކަ ރުފިޔާ) ގެ އިނާމު ދޭގޮތަށް ވަނީ ހަމަޖެހިފައިވެއެވެ.
ބަސް ސްޓޮޕްތައް ޑިޒައިން ކުރާ ފަރާތްތަކަށް މަޢުލޫމާތު ދިނުން 06 އޮގަސްޓް 2026 ވާ ބުރާސްފަތި ދުވަހު 10:00 ގައި މި އިދާރާގެ ސެމިނަރ ރޫމްގައި އޮންނާނެއެވެ. އެދުވަހު މަޢުލޫމާތު ސާފުކުރަން ހާޟިރުނުވެވޭ ފަރާތްތަކުން އެދުވަހުގެ 13:00 ން 13:25 އާ ދެމެދު މި އިދާރާގެ ނަންބަރު 7251515 ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ. ބަސް ސްޓޮޕްތަކުގެ ކުރެހުމުގެ މަސައްކަތް ނިންމާ ކައުންސިލަށް ހުށަހެޅުން އޮންނާނީ 11 އޮގަސްޓް 2026 ވާ އަންގާރަ ދުވަހު 13:30 ށް ކައުންސިލް އިދާރާގެ ސެމިނަރ ރޫމްގައެވެ.
ކުރެހުން ހުށަހަޅާ ފަރާތްތަކުން ކުރެހުމުގެ ހާޑްކޮޕީ ކުލަކޮށް ހުށަހަޅަންވާނެއެވެ. ހުށަހެޅި ކުރެހުންތަކުގެ ތެރެއިން ހޮވޭ 1 ވަނަ، 2 ވަނަ، 3 ވަނަ، މިތިން ފަރާތުގެ ކުރެހުމުގެ ހާޑް ކޮޕީގެ އިތުރަށް ސޮފްޓް ކޮޕީ މި އިދާރާއާއި ޙަވާލުކުރަންވާނެއެވެ.
ވީމާ، މިކަން ޢާންމުކޮށް އަންގާ އިޢުލާނު ކުރީމެވެ.
