މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރ. މާކުރަތު އުތުރުފަރާތު ބަނދަރު ސަރަހައްދުގައި ބެހެއްޓިފައިވާ ތަކެތި ނެގުން

ރ.މާކުރަތު  އުތުރުފަރާތު ބަނދަރު ސަރަހައްދުގައި ( ބަނދަރު ހުޅަނގު ޖެޓީއިން ފެށިގެން ޖާރަލްގޭގެ އުތުރާ ހަމައަށް) މިކައުންސިލުގެ ހުއްދައަކާނުލާ ތަފާތު މުދަލާއި އެހެނިހެން ތަކެތި (ރުއްރުއް ދޮށަށް ވެރިފައި ހުންނަ ކާށި، ލަކުޑި، ބޮނބި، ފަންތޮށި، ދަރު، ތެޔޮފީފާ، ހަން، ޑިންގީ، އަޅާފައިވާ ހަރުގެތައް) ބަހައްޓާ ނުނަގާ ހުންނަތާ ގިނަދުވަސްވެފައި ހުންނަކަން ވަނީ ފާހަގަވެފައެވެ. އަދި މިފަދަ ތަކެތި ހުރުމުގެ ސަބަބުން އެތައް ބަޔަކަށް އެކަމުގެ އުނދަގޫވަމުންދާ ވާހަކަ ދަންނަވަމެވެ.

 މިހެންކަމުން  މިއަދުން ފެށިގެން 7 ދުވަހުގެ ތެރޭގައި (10 އޮގަސްޓް 2026 ގެ ނިޔަލަށް) ދެންނެވިފައިވާ ސަރަހައްދުގައި ހުރި ތަކެތި ނަގާ ސާފުކުރުމަށް ދަންނަވަމެވެ. މިމުއްދަތު ހަމަވާއިރު  ނުނަގާ ހުރި ތަކެތި މިކައުންސިލުގެ ފަރާތުން ނަގާ ނައްތާލުމުގެ މަސައްކަތް ކުރެވޭނެ ވާހަކަ ދަންނަވަމެވެ. އަދި މިގޮތަށް ތަކެތި ނެގުމުގެ ތެރޭގައި އެތަކެއްޗަށް ލިބޭ އެއްވެސް ގެއްލުމެއްގެ ޒިންމާ ކައުންސިލުން ނުނަގާނެ ވާހަކަ ދަންނަވަމެވެ. އަދި ކައުންސިލްގެ ހުއްދައަކާ ނުލާ ތަކެތި ބަހައްޓާ ފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅު އަޅަމުންދާނެ ވާހަކަ ދަންނަވަމެވެ.

މިހެންވެ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިއުލާން ކުރީމެވެ.

02 އޮގަސްޓް 2026
ހޯދާ