މިލަދުންމަޑުލު އުތުރުބުރީ މާއުނގޫދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިކައުންސިލަށް ޕިކަޕެއް ގަންނަން ބޭނުންވެއްޖެ

އިޢުލާން

ޕިކަޕެއް ގަންނަން

މި ކައުންސިލަށް ޕިކަޕެއް ގަންނަން ބޭނުންވެއްޖެ. (ކުރީގެ އިޢުލާން ބާޠިލުކޮށް އަލުން އިޢުލާނުކުރުން)

މި ރަށުގައި އުފެދޭކުނި ރައްކާތެރިގޮތުގައި ނައްތާލުމަށް ކުރިއަށް ގެންދާ ޕްރޮޖެކްޓަށް ޕިކަޕެއް ގަންނަން ބޭނުންވެގެން މި ކައުންސިލުން ކޮށްފައިވާ (IUL)282/282/2015/51 (09 ޑިސެންބަރު 2015) އިޢުލާނަށް ހުށަހެޅި އަންދާސީހިސާބުތަކުގެ އަގު ބޮޑުކަމަށް ފެންނާތީ އެ އިޢުލާން ބާޠިލުކޮށް އަލުން އިޢުލާން ކުރަމެވެ.

ބޭނުންވާ އަދަދު:  1

ބޭނުންވާ ޓަނޭޖު:  1.5 ޓަނު

މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން އެފަރާތްތަކުގެ މަޢުލޫމާތު މި ކައުންސިލްގެ މެއިލް [email protected] އަށް 2016 ފެބުރުވަރީ 10 ވާ ބުދަ ދުވަހުގެ 10:30 ގެ ކުރިން މެއިލް ކުރެއްވުމަށްފަހު، މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ ރަސްމީ ދުވަސްތަކުގެ 9:00 ން 13:00 އަށް މި ކައުންސިލްގެ މެންބަރު ޙަސަން ފަރީދު (ފޯނު ނަންބަރު 9740224) އަށެވެ. ޕިކަޕް ވިއްކުމަށް އެދޭ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަތުމަށް ހަމަޖެހިފައިވަނީ 2016 ފެބުރުވަރީ 15 ވާ ހޯމަ ދުވަހުގެ 10:30 ގައި މި އިދާރާގައެވެ. ޕިކަޕް ވިއްކުމަށް އެދި ހުށަހަޅާ އަންދާސީހިސާބު ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. މި މަސައްކަތަށް އެދި ހުށަހަޅުއްވާ ސިޓީއުރައިގެ ބޭރުގައި "މާއުނގޫދޫ ކައުންސިލަށް ޕިކަޕް ވިއްކުމަށް" މިހެން ލިޔެފައި އޮންނާންވާނެއެވެ. އަދި މީގެ އިތުރުން އަންދާސީހިސާބު ހުށަހަޅާ ފަރާތުގެ ނަމާއި، އެޑްރެސް އަދި ފޯނު ނަންބަރު ސިޓީއުރައިގެ ބޭރުގައި އޮންނަންވާނެއެވެ.

މަޢުލޫމާތު ސާފުނުކުރައްވާ އެއްވެސް ފަރާތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތެއް ނޯންނާނެއެވެ.

ވީމާ، މިކަން އާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.

24 ރަބީއުލްއާޚިރު 1437

03 ފެބުރުވަރީ 2016
ހޯދާ