ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަމު މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
ހދ.ނޮޅިވަރަމު މެޖިސްޓްރޭޓް ކޯޓުގެ 6 ކުޑަދޮރާއި ދޮރުފަތްތައް އެލްމިނިއަމް ދޮރާއި ދޮރުފަތަށް ބަދަލުކުރުމުގެ މަސައްކަތް

                                          ނަންބަރު: A/2026/21.525-

                                                                    

ބީލަން ހުށަހެޅުމުގެ ދަޢުވަތު

      މިކޯޓުގެ 6 ކުޑަދޮރާއި ދޮރުފަތްތައް އެލްމިނިއަމް ދޮރާއި ދޮރުފަތަށް ބަދަލުކުރުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

  1. މިކޯޓުގެ ތިރީގައިވާ މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

1.1.   ކޯޓުގެ ކުޑަދޮރުތަކާއި ދޮރުފަތްތައް އެލްމިނިއަމް ދޮރާއި ދޮރުފަތަށް ބަދަލުކުރުމުގެ މަސައްކަތް

  1. މި މަސައްކަތް ހުޅުވާލެވިފައިވަނީ ތިރީގައި ބަޔާންކޮށްފައިވާ ފަރާތްތަކަށެވެ.

2.1- ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ތިރީގައި ބަޔާންކުރާ ފަރާތްތަކުގެ ތެރެއިން 2.2 ގައި ބަޔާންކުރާ ފަރާތްތަކަށެވެ.

            I.            ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނުގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނިތައް.

            II.            ޕާޓްނަރޝިޕް ޤާނޫނުގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ޕާޓްނަރޝިޕްތައް.

            III.            ކޯޕަރޭޓިވް ސޮސައިޓީގެ ޤާނޫނުގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކޯޕަރޭޓިވް ސޮސައިޓީތައް.

            IV.            އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނުގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ އަމިއްލަ ފަރުދުންގެ ވިޔަފާރިތައް.

2.2- 2.1 ގައި ބަޔާން ކުރާ ފަރާތްތަކުގެ ތެރެއިން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގިންތިއަކުން ގިންތިއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ދިވެހި ވިޔަފާރިތައް.

  1. މިމަސައްކަތާ ގުޅޭ ތަފްޞީލް މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2026 އޮގަސްޓު 05 ވާ ބުދަ ދުވަހުގެ 11:15 ގައި މިކޯޓު (ހދ.ނޮޅިވަރަމު މެޖިސްޓްރޭޓް ކޯޓު) ގައެވެ.މައުލޫމާތު ދިނުމުގެ ބައްދަލުވުމަށް ޙާޟިރުނުވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެއެވެ.
  2. ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުމުގެ ބައްދަލުވުން އޮންނާނީ  2026 އޮގަސްޓު 10 ހޯމަ ދުވަހުގެ 11:15 ގައި މިކޯޓު (ހދ.ނޮޅިވަރަމު މެޖިސްޓްރޭޓް ކޯޓު) ގައެވެ.
  3. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ހދ.ނޮޅިވަރަމު މެޖިސްޓްރޭޓް ކޯޓު، ހދ.ނޮޅިވަރަން ދިވެހިރާއްޖެ ،ފޯން: 6521679 ، 6528950      އީ-މެއިލް: [email protected]

02 އޮގަސްޓް 2026
ހޯދާ