މާޅޮސްމަޑުލު ދެކުނުބުރީ ކުޑަރިކިލު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
"ކުޑަރިކިލު ކައުންސިލްގެ 5 ވަނަ ވޮލީ މުބާރާތް 2026" ގެ އޮފިޝަލް އިވެންޓް ފޮޓޯގްރަފީ އަދި ލައިވް ސްޓްރީމިންގ ޕާޓްނަރަކަށް ވުމުގެ ފުރުސަތު ހުޅުވާލުން

 

"ކުޑަރިކިލު ކައުންސިލްގެ 5 ވަނަ ވޮލީ މުބާރާތް 2026" ގެ އޮފިޝަލް އިވެންޓް ފޮޓޯގްރަފީ އަދި ލައިވް ސްޓްރީމިންގ ޕާޓްނަރަކަށް ވުމުގެ ފުރުސަތު ހުޅުވާލުން

2026 ސެޕްޓެމްބަރ 1 ން 5 ގެ ނިޔަލަށް ކުޑަރިކިލު ކައުންސިލުން އިންތިޒާމުކޮށްގެން ބާއްވާ  ”ކުޑަރިކިލު ކައުންސިލްގެ 5 ވަނަ ވޮލީ މުބާރާތް 2026 “ގެ އޮފިޝަލް އިވެންޓް ފޮޓޯގްރަފީ އަދި ލައިވް ސްޓްރީމިންގ ގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.  މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން ކޮޓޭޝަން ހުށަހެޅުއްވުން އެދެމެވެ.

 

އަގު ހުށަހެޅުން

ޖީ.އެސް.ޓީ އަށް ރަޖިސްޓްރީކޮށްފައިވާ ފަރާތެއްނަމަ އަގު ހުށަހަޅަންވާނީ ޖީ.އެސް.ޓީ ހިމަނައިގެންނެވެ. އަދި ޖީ.އެސް.ޓީ އަށް ދައްކާ އަދަދު ވަކިން އެނގެން އޮންނަންވާނެއެވެ. މި މަސައްކަތަށް އަގު ހުށަހަޅާ ކޮޓޭޝަންގައި ލައިވްކުރުން، ފޮޓޯނެގުން މި 02 މަސައްކަތަށް ޚަރަދުވާނެ އަގު ވަކިން އެނގެން އޮންނަންވާނެއެވެ. ކޮޓޭޝަން އީމެއިލް ކުރައްވާނީ [email protected] އަށެވެ. 

 

ހުށަހަޅަން ޖެހޭ ލިޔުންތައް

  • ކޮޓޭޝަން (ވަކިން މެޗަކަށްވާ ރޭޓްތައް އެނގޭނެހެން ތަފްސީލްކޮށް)
  • ކުރިމަތިލާފަރާތުގެ ވަނަވަރު (ކުންފުނީގެ ރަޖިސްޓްރީ ކޮޕީ / އައިޑީކާޑު ކޮޕީ)
  • ތަޖުރިބާ (މިކަމާއި ގުޅުންހުރި މަސައްކަތްތައް ކޮށްފައިވާ ތަޖުރިބާ ލިޔުންތައް)

 

 

ކުރަންޖެހޭ މަސައްކަތް

  • މި މަސައްކަތް ކުރުމަށް  ކައުންސިލްގެ ފަރާތުން ފޯރުކޮށްދެވޭނީ ކަރަންޓާއި އިންޓަރނެޓް ޚިދުމަތާއި، ކައުންސިލް އިދާރާގެ ސްޕީކަރ ސިސްޓަމް އަދި މައިކްތަކެވެ. މި މަސައްކަތް ކުރުމަށްޓަކައި އަންނަ ކްރޫންގެ އެންމެހާ ޚަރަދެއް ހަމަޖެއްސުމަކީ މަސައްކަތާއި ޙަވާލުވާ ފަރާތުގެ މަސްޢޫލިއްޔަތެކެވެ.
  • މި މުބާރާތް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 2026 ސެޕްޓެމްބަރ 1 ވަނަ ދުވަހުން ފެށިގެން 5 ދުވަހުގެ މުއްދަތަކަށެވެ. މުބާރާތުގެ މެޗްތަށް ކުޅުމަށް ހަމަޖެހިފައިވަނީ ދެންނެވިފައިވާ ދުވަސްތަކުގެ ރޭގަނޑުއެވެ.
  • މި މަސައްކަތަށް ބޭނުންކުރާ އިލެކްޓްރޯނިކް އިކުއިޕްމަންޓްތަކަށް ކަރަންޓު ދިނުމަށް ބޭނުންވާ ޕަވަރކޯޑްތަކާއި، އެކްސްޓެންޝަން ކޭބަލް ފަދަ ތަކެތި ހޯއްދެވުމަކީ މަސައްކަތާއި ޙަވާލުވާފަރާތުން ކުރައްވަންޖެހޭ ކަމެކެވެ. މި މަސައްކަތަށް ބޭނުންކުރާ އެންމެހާ ތަކެތި މެޗްކުޅޭތަނަށް ގެންދިއުމާއި ގެނައުންފަދަ ޓްރާންސްޕޯޓް ޚަރަދުތަކަކީވެސް މަސައްކަތާއި ޙަވާލުވާ ފަރާތުން ކުރައްވަން ޖެހޭނެ ކަމެކެވެ.

 

ފޮޓޯ ނެގުމުގެ މަސައްކަތް

  • ފޮޓޯގްރާފަރަކީ ތަޖުރިބާކާރު ކުޅިވަރު ފޮޓޯގްރާފަރަކަށް ވާންޖެހޭނެއެވެ.
  • އިވެންޓްގެ ހުރިހާ ފޮޓޯތަކަކީ ވެސް ފެންވަރު ރަނގަޅު އަދި ޕްރޮފެޝަނަލް ސްޓޭންޑަޑްތަކަށް ފެތޭ ފޮޓޯތަކަކަށް ވާން ޖެހޭނެއެވެ. އަދި މި ފޮޓޯ ތަކުގެ ރައިޓްސް އޮންނަންވާނީ ބ.ކުޑަރިކިލު ކައުންސިލަށެވެ.
  • ކޮންމެ މެޗެއްގެ ފޮޓޯތައް މެޗު ނިމޭތާ 1 ގަޑިއިރުގެ ތެރޭގައި ކައުންސިލަށް ފޮނުވަންވާނެއެވެ.
  •  ފޮޓޯނެގުމަށް ބޭނުންވާ ތަކެތި/އިކުއިޕްމަންޓް ހޯދުމާއި އުފުލުމާއި ރައްކާތެރިކަމާއެކު ބެލެހެއްޓުމަކީ މަސައްކަތް ޙަވާލުވާ ފަރާތުގެ ޒިންމާއެކެވެ.

 

 

 

މުބާރާތް ލައިވް ކުރުމުގެ މަސައްކަތް

  • ލައިވްކުރުމަށް ބޭނުންވާ ތަކެތި/އިކުއިޕްމަންޓް ހޯދުމާއި އުފުލުމާއި ރައްކާތެރިކަމާއެކު ބެލެހެއްޓުމަކީ މަސައްކަތް ޙަވާލުވާ ފަރާތުގެ ޒިންމާއެކެވެ.
  • މެޗްތަށް ލައިވް ކުރަންވާނީ މާޅޮސްމަޑުލު ދެކުނުބުރީ ކުޑަރިކިލު ކައުންސިލް އިދާރާގެ ފޭސްބުކް ޕޭޖް އަދި ޔޫޓިއުބް ޗެނަލް މެދުވެރިކޮށެވެ.
  • މެޗްތަށް ލައިވް ކުރުމުގައި ވީޑިއޯ ސިގްނަލްގެ ސްޕީޑް ހުންނަންވާނީ ފްރީޒްނުވާ ފެންވަރަށް ކޮލިޓީ ރަނގަޅު ސްޕީޑްގައެވެ.

 

މާކްސްދެވޭނެގޮތް

 

އަގަށް:

80%

އެންމެ ކުޑައަގު ހުށަހަޅާ ފާރާތަށް

:ތަޖުރިބާ

20%

ޕޯޓްފޯލިއޯ އަދި ތަޖުރިބާ

 

ކޯޓޭޝަން ހުށަހަޅާނެ ގޮތް:

މުއްދަތު: 2026 އޮގަސްޓް 9 ވާ އާދީއްތަ ދުވަހުގެ 14.00 ގެ ކުރިން

ހުށަހަޅަންޖެހޭ ގޮތް: މެއިލް މެދުވެރިކޮށް

ހުށަހަޅަންޖެހޭ މެއިލް އެޑްރެސް: [email protected]

 

މަޢްލޫމާތު ސާފުކުރުމަށް:

4000079

ވީމާ، ހުށަހަޅަންޖެހޭ މުއްދަތުގެ ތެރޭގައި މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން ކޯޓޭޝަން ހުށަހެޅުއްވުން އެދެމެވެ. އެންމެ، ރަނގަޅު ކޯޓޭޝަނެއް ކަނޑައެޅުމުގައި ކައުންސިލުން ބަލާނީ ކައުންސިލަށް އެންމެ އެކަށިގެންވާ އަގަކާއި އެފަރާތެއްގެ ތަޖުރިބާއާއި ކައުންސިލަށް އެންމެ ފައިދާހުރި (ޑިސްކައުންޓް) ހުށަހެޅުންތައް ހުށަހަޅާ ފަރާތްތަކުގެ ކޮޓޭޝަންއަކަށެވެ.

މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށް އިޢުލާން ކުރީމެވެ.

02 އޮގަސްޓް 2026
ހޯދާ