ކުނބުރުދޫ ސްކޫލް
ދިވެހިރާއްޖެ
2027 ވަނަ އަހަރު ޕްރީ ސްކޫލަށް ކުދިން ވެއްދުމާއި ގުޅޭ

 

 

ކުނބުރުދޫ ސްކޫލް 

އދ. ކުނބުރުދޫ                                                                   

      ނަންބަރު: IUL)GS-154/2026/08)

ޢިއުލާން

2027 ވަނަ އަހަރު ޕްރީ ސްކޫލަށް ދަރިވަރުން ވެއްދުމާއިގުޅޭ

           2027 ވަނަ އަހަރު މި ސްކޫލަށް އަލަށް ވަންނަން އެދޭ ދަރިވަރުންނަށް އެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ.

              ޕްރީސްކޫލް މަރުހަލާއަށް ދަރިވަރުން ވެއްދުމުގައި އުމުރުފުރާ ބަލާނީ ތިރީގައިވާ ތާވަލާ އެއްގޮތަށެވެ.

މަރުޙަލާ

އުމުރުފުރާ

އެލް.ކޭ.ޖީ

  • 2026 ޑިސެންބަރ 31 އަށް 4 އަހަރު ފުރި 5 އަހަރު ނުފުރޭ ދަރިވަރުން

 

ޔޫ.ކޭ.ޖީ

  • އެލްކޭޖީ ފުރިހަމަކޮށް، 2026 ޑިސެންބަރ 31 އަށް 5 އަހަރު ފުރި 6 އަހަރު ނުފުރޭ ދަރިވަރުން
  • 2026 ދިރާސީ އަހަރު އެލް.ކޭ. ޖީ ފުރިހަމަ ކޮށްފައިވާ ހުރިހާ ދަރިވަރުން 2027 ދިރާސީ އަހަރު (17 ޖަނަވަރީ 2027 ގައި ފެށޭ) ޔޫ.ކޭ.ޖީއަށް ބަދަލު ކުރެވޭނެއެވެ.

 

ގްރޭޑް 1

  • ފައުންޑޭޝަން ސްޓޭޖް (އެލްކޭޖީ އާއި ޔޫކޭޖީ) ފުރިހަމަކޮށް، 2026 ޑިސެންބަރ 31 އަށް 6 އަހަރު ފުރި 7 އަހަރު ނުފުރޭ ދަރިވަރުން.
  •  2026ދިރާސީ އަހަރު ޔޫ.ކޭ. ޖީ ފުރިހަމަ ކޮށްފައިވާ ހުރިހާ ދަރިވަރުން 2027 ދިރާސީ އަހަރު (17 ޖަނަވަރީ 2027 ގައި ފެށޭ) ގްރޭޑް 1 އަށް ބަދަލު ކުރެވޭނެއެވެ.

 

ވީމާ، 20 އޮގަސްޓް 2026 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން މިނިސްޓްރީ އޮފް އެޑިޔުކޭޝަން ގެ ވެބްސައިޓް https://www.moe.gov.mv/en/applications މެދުވެރިކޮށް 2027 ވަނަ އަހަރު އެލް.ކޭ.ޖީ އަދި ޔޫ.ކޭ.ޖީ އަށް ދަރިވަރުން ވައްދަން އެދޭ ފޯމް ފުރިހަމަ ކުރެއްވުމަށް ދަންނަވަމެވެ.

                           ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

                         02 އޮގަސްޓް 2026

 

02 އޮގަސްޓް 2026
ހޯދާ