ހުވަދުއަތޮޅު ދެކުނުބުރީ ފިޔޯރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފިޔޯރީ ކައުންސިލުން އިންތިޒާމްކުރާ ނަމާދު ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލުން

     ނަމާދު ކުރަން ދަސްކޮށްދިނުމާއި، އިސްލާމީ ރިވެތި އަޚްލާޤް ކުދިންގެ ހިތްތަކުގައި އަށަގެންނެވުމުގެ މަޤްޞަދުގައި، އުމުރުން 7 އަހަރާއި 16 އަހަރާއި ދެމެދުގެ ކުދިންނަށް ޚާއްޞަކޮށްގެން 2 މަސްދުވަހުގެ ނަމާދު ޕްރޮގްރާމެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މިޕްރޮގްރާމްގައި ޢަމަލީގޮތުން ވުޟޫކުރަން ދަސްކޮށްދިނުމާއި، ނަމާދުގައި ކިޔާ ދުޢާތަކާއި، ހަރަކާތްތަކުގެ އިތުރުން، މުޤައްރަރު ކަނޑައެޅިގެން ޤުރުއާން ތިލާވާ ކުރުމާއި ހިފްޘުކުރުމާއި އަދި  އިސްލާމީ ރިވެތި އަދަބުތައް ކުދިންނަށް ދަސްކޮށްދެވޭނެއެވެ. މި ޕްރޮގްރާމްގައި ބައިވެރިވެވޭނީ ބަލައިގެން ފަރިތަކޮށް ޤުރުއާން ކިޔަވަން އެނގޭ ދަރިވަރުންނަށެވެ.

     ވީމާ، މިޕްރޮގްރާމް ގައި ކުދިން ބައިވެރިކުރެއްވުމަށް ޝަޢުޤުވެރިވާ ބެލެނިވެރިން 2026 އޮގަސްޓް 11 ވަނަ ދުވަހުގެ 14:00 ގެ ކުރިން ނަން ނޯޓު ކުރެއްވުމަށް 9154339 އަށް ގުޅުއްވުން އެދެމެވެ.

 

                       މިހެންވެ މިކަން އާންމުކޮށް އަންގާ އިޢުލާންކުރީމެވެ.  

02 އޮގަސްޓް 2026
ހޯދާ