ނިލަންދެއަތޮޅު އުތުރުބުރީ ބިލެތްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފ.ބިލެތްދޫ ކައުންސިލަށް ބޭނުންވާ ކޮންޕިއުޓާރ އަދި ސާރވާއެއް ހޯދުމަށް ބޭނުންވެއްޖެ

މިކައުންސިލުން 9 ސިސްޓަމް އަދި ސާރވާއެއް ހޯދުމަށް( 04 ޖޫން 2026) ގައި ކޮށްފައިވާ ނަންބާރ

 (IUL)371-ESMSPL/371/2026/20 ވަނީ ބާތިލް ކުރެވިފައެވެ. މިކައުންސިލުން ދޭމައުލޫމާތާއި އެއްގޮތަށް 9 ކޮންޕިއުޓާރ އަދި ސާރވާސިސްޓަމެއް ފޯރުކޮށްދިނުމުގެ މަސައްކަތްތައް ކޮއްދޭނޭ ފަރާތެއް ހޯދަންބޭނުންވެއްޖެއެވެ.

            ވީމާ، މިމަސައްކަތް ކުރުމަށް ޝައުޤުވެރިވެލައްވާ، އެކޮނޮމިކް މިނިސްޓްރީގައި ރަޖިސްޓަރީ ކުރެވިފައިވާއަމިއްލަ ފަރުދުންގެ ވިޔަފާރިތަކާއި ކުންފުނިތަކުން، 06 އޮގަސްޓް 2026 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި ކޯޓޭޝަން ހުށަހެޅުއްވުން އެދެމެވެ.

           އަދި މިއިޢުލާނާއި އެކު ކޮންޕިއުޓާރ އަދި ސާރވާގެ މައުލޫމާތު އެއްކަރުދާސް ކުރެވިފައިވާނޭ ވާހަކަ ދަންނަވަމެވެ. އަދި މިއިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތެއް ސާފުކުރުމަށް ބޭނުން ނަމަ މިކައުންސިލްގެ ނަންބާރ 6740013 ނުވަތަ މިކައުންސިލްގެ ކައުންސިލް އެގްޒެކެޓިވް ސާމިޙް އަބްދުލް މަންނާން (ފޯނު 9665871) އަށް ގުޅުއްވައި ސާފުކުރެއްވުމަށް އެދި ދަންނަވަމެވެ.

           ކައުންސިލަށް ފިޒިކަލްކޮށް ކޯޓޭޝަން ހުށަހަޅަންވާނީ ސިޓީ އުރައެއްގައި ބަންދުކޮށް ސިޓީއުރައިގެ ބޭރުގައި " ފ.ބިލެތްދޫ ކައުންސިލަށް ބޭނުންވާ ކޮންޕިއުޓާރ އަދި ސާރވާއެއް ފޯރުކޮށްދިނުން" މިހެން ލިޔުމަށްފަހުގައެވެ. އަދި ބަދަލުގައި މީހަކު ހާޟިރުވާނަމަ ބީލަންހުށަހަޅާފަރާތުގެ ސިޓީއަކާއި ވެރިފަރާތުގެ އައިޑީކާޑުގެ ފޮޓޯކޮޕީއަކާއި ބަދަލުގައި ހާޒިރުވާ ފަރާތުގެ އައިޑީ ކާރޑް ކޮޕީ ހުށަހަޅަން ވާނެއެވެ. އަދި އީމެއިލް މެދުވެރިކޮށް ހުށައަޅުއްވާނަމަ އެދުވަހުގެ 10:55ން11:00 އަށް އީމެއިލްގެ ޒަރިއްޔާއިން [email protected]  އަށް ފޮނުއްވައިދެއްވުން އެދެމެވެ.

ތިރީގައިމިވާ ހާލަތްތަކުގައި އަންދާސީ ހިސާބު ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަން:

      - ފެކްސް މެދުވެރިކޮށް ހުށަހަޅާ އަންދާސީ ހިސާބުތައް

      - ގަޑިޖެހުމަށްފަހު ގެންނަ އަންދާސީ ހިސާބުތައް

      - މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތައް

      - މަޢުލޫމާތު ފުރިހަމަކޮށް ސޮއިކޮށްފައިނުވާ އަންދާސީ ހިސާބުތައް

30 ޖުލައި 2026
ހޯދާ