ދިވެހިރާއްޖެ
ހުއިފިލަނޑާ މަސްވެރިކަމުގައި ނަގާ ބާވަތެއް ކަމަށްވާ ކައްޗަލަ (Amberfish, Thelenota anax) ދުނިޔޭގައި ނެތި ހިނގައިދާނޭކަމުގެ ބިރުހީވެފައިވާ ދިރުންތަކުގެ ވިޔަފާރި ކޮންޓްރޯލް ކުރުމުގެ ބައިނަލްއަޤްވާމީ މުޢާހަދާ (ސައިޓީސް) ގެ ޖަދުވަލު 2 ގައި ހިމެނުމާ ގުޅިގެން، ދިވެހިރާއްޖޭގައި އެ ބާވަތަށް އަމާޒުކޮށް ކުރެވޭ މަސްވެރިކަން ކުރެވެމުންދަނީ އާބާދީ އަށް ގެއްލުންނުވާނެ މިންވަރަކަށްކަން އަންގައިދޭ ދިރާސާއެއްގެ ރިޕޯޓެއް (ނޮން-ޑެޓްރިމެންޓަލް ފައިންޑިންގް އެއް) އެކުލަވާލުމަށް ފަހު، ސައިޓީސް ޕާމިޓް ދޫކުރާނެ އުސޫލެއް ގާއިމުކުރުމުގެ މަސައްކަތް ދިވެހިރާއްޖޭގެ ސައިޓީސް މެނޭޖްމަންޓް އޮތޯރިޓީ ކަމަށްވާ މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ އާ ގުޅިގެން މި މިނިސްޓްރީން މިދަނީ ކުރަމުންނެވެ. މި ވިޔަފާރީގައި ޙަރަކާތްތެރިވާ ފަރާތްތަކަށް އަމާޒުކޮށްގެން މިކަމާ ގުޅޭ މަޢުލޫމާތު ސެޝަނެއް 6 އޯގަސްޓު 2026 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީގެ މެއިން ކެމްޕަސްގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
ވީމާ، މި ސެޝަނުގައި ބައިވެރިވެވަޑައިގަންނަވަން އެދޭ ފަރާތްތަކުން މި ފޯމް <<https://forms.gle/jFzr1tLoznb1ZVXg6 މެދުވެރިކޮށް ރެޖިސްޓަރކުރެއްވުމަށް ދަންނަވަމެވެ. މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންފުޅުނަމަ، މި މިނިސްޓްރީގެ ނަންބަރު 3339229 އާ ގުޅުއްވުން އެދެމެވެ.
