ނޭޝަނަލް ޑްރަގް އޭޖެންސީ
ދިވެހިރާއްޖެ
ޑިރެކްޓަރ ޖެނެރަލް، ރީހެބިލިޓޭޝަން (ރޭންކް 10 / ޓްރީޓްމަންޓް އެންޑް ރީއެންޓިގްރޭޝަން ޑިވިޝަން)

މަޤާމް :Director General Rehabilitation
ބޭނުންވާ އަދަދު :1

އިޢުލާނު

 

މަޤާމު:

ޑިރެކްޓަރ ޖެނެރަލް، ރީހެބިލިޓޭޝަން

މަޤާމުގެ ނަންބަރު:

J-456129

ބޭނުންވާ އަދަދު:

01 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

ރޭންކް 10 - ސްޓެޕް 1

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ނޭޝަނަލް ޑްރަގް އޭޖެންސީ، ކ. މާލެ / ޓްރީޓްމަންޓް އެންޑް ރީއިންޓެގަރޭޝަން ޑިވިޝަން

މުސާރަ:

މަހަކު -/20035 ރުފިޔާ

މަގާމުގެ އެލަވަންސް:

މަހަކު -/11475 ރުފިޔާ

އެހެނިހެން އެލަވަންސް:

  1. ހާޒިރީ އިނާޔަތް: ހާޒިރުވާ ދުވަހަކަށް 310.00 ރުފިޔާ
  2. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ނޭޝަނަލް ޑްރަގް އެޖެންސީގެ ފަރުވާއަށް އަންނަ ފަރާތްތަކުގެ ސްކްރީނިންގ އަދި އެސެސްމަންޓް ހެދުމުގެ މަސައްކަތްތައް އިންތިޒާމްކޮށް ބެލެހެއްޓުން
  2. ސްކްރީނިންގ އަދި އެސެސްމަންޓްގެ މަސައްކަތްތަކާއި ގުޅިގެން ހުށަހެޅޭ މައްސަލަތައްބަލާ ކުރިއަށް އޮތްތަނުގައި އެފަދަ މައްސަލަތައް ދިމާނުވާނެ ގޮތަށް ކަމާގުޅުންހުރި މަސައްކަތްތައް ތަރުތީބުކުރުން
  3. ސްކްރީނިންގ އަދި އެސެސްމަންޓްގެ މަސައްކަތްތައް ދުނިޔޭގެ ބެސްޓް ޕްރެކްޓިސްއާއި ޓެކްނޮލޮޖީގެ ކުރިއެރުންތައް ބޭނުންކޮށްގެން ހަރުދަނާ ކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރުން
  4. ޞިއްޙީ ފަރުވާގެ ނިޒާމާއި ސޯޝަލް ވެލްފެއާގެ ނިޒާމުގައި ފޯރުކޮށްދެވޭ ޚިދުމަތްތަކުގެ ތެރެއިން ނޭޝަނަލް ޑްރަގް އެޖެންސީގެ ފަރުވާގައި ތިބޭ ކްލައިންޓުންނަށް ބޭނުންވާ ސައިކޮލޮޖިކަލް އަދި ސައިކޭޓްރިކް އެސެސްމަންޓް ހެދުމުގެ މަސައްކަތްތައް އިންތިޒާމްކޮށް ބެލެހެއްޓުން
  5. ޑިވިޝަންގެ ކްލިނިކަލް މަސައްކަތްތަކާއި އިދާރީ މަސައްކަތްތައް އެކުލެވޭހެން މަސައްކަތްތައް ހަރުދަނާކޮށް މުވައްޒަފުންކުރާ މަސައްކަތްތައް ފެންނާނެ ގޮތަށް އަދި މަސައްކަތުގެ ނަތީޖާ ފެންނާނެގޮތަށް މަސައްކަތްތައް ރޭވައި ހިންގުން
  6. ނޭޝަނަލް ޑްރަގް އެޖެންސީގެ ފަރުވާގެ ޕްރޮގްރާމްތަކަށް އެދި ހުށަހަޅާ ހުރިހާ މީހުންގެ މައުލޫމާތު (އެގްރިގޭޓެޑް ޑޭޓާ) އަދި ފަރުވާގެ ޕްރޮގްރާމްތަކާއިބެހޭ މައުލޫމާތުތައް އަދާހަމަކޮށް ބެލެހެއްޓޭނެ އިންތިޒާމް ހަމަޖެއްސުން
  7. ޓްރީޓްމަންޓް އެންޑް ރިއިންޓަގްރޭޝަން ޑިވިޝަންގައި މަސައްކަތްކުރާ ޓެކްނިކަލް މުވައްޒަފުންގެ މަސައްކަތްތަކަށް ބޭނުންވާ ޓެކްނިކަލް އެހީތެރިކަން ފޯރުކޮށްދިނުމާއި ކްލިނިކަލް ސުޕަވިޝަން ލިބޭނެ އިންތިޒާމް ހަމަޖެއްސުން
  8. ފަރުވާގެ ޕްރޮގްރާމްތައް ކަނޑައެޅޭ އުޞޫލަކުން މޮނިޓަރިން އެންޑް އިވެލުއޭޝަންގެ މަސައްކަތްތައް ކުރުމާއި ޕްރޮގްރާމްތަކަށް ގެންނަންބޭނުންވާ ބަދަލުތަކުގެ ރިޕޯޓް ކޮންމެ އަހަރަކު އެއްފަހަރު ޓެކްނިކަލް ކޮމިޓީއަށް ހުށަހެޅުން
  9. ޓްރީޓްމަންޓް އެންޑް ރިއިންޓަގްރޭޝަން ޑިވިޝަންގައި މަސައްކަތްތަކާގުޅޭ ތަފާސް ހިސާބުތައް އަހަރަކު އެއްފަހަރު ތައްޔާރުކުރުން
  10. ފަރުވާދޭ މަރުކަޒުތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ ގާބިލްކަން އިތުރުކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ރާވާ ހިންގުން
  11. ނޭޝަނަލް ޑްރަގް އެޖެންސީއިން ފޯރުކޮށްދޭ ފަރުވާގެ ޕްރޮގްރާމްތަކާއި ގުޅޭ އެންމެހާ އެސްއޯޕީތަކާއި ގައިޑްލައިންތައް ކަމާގުޅޭ ފަރާތްތަކުގެ އެހީއާއި އެކު ތައްޔާރުކޮށް ބެލެހެއްޓުން. އަދި ގާނޫނަށް އަންނަ ބަދަލަކުން ނުވަތަ ފަރުވާގެ ހިންގުމަށް އަންނަ ބަދަލަކުން މި ލިއުންތަކަށް ބަދަލުގެންނަންޖެހޭ ހާލަތުގައި ކަމާގުޅޭ ފަރާތްތަކާއި ގުޅިގެން އެބަދަލުތައް ގެނައުމުގެ މަސައްކަތްކުރުން.
  12. ނެޝަނަލް ޑްރަގް އެޖެންސީގެ ލަފަޔާއެއްގޮތަށް ޑިވިޝަނުގެ އެންމެހާ މަސައްކަތްތައް ރާވާ ހިންގާ ބެލެހެއްޓުމާއި އަހަރީ ޕްލޭންއެއް އެކަށައަޅާ އެއާ އެއްގޮތްވާ ގޮތުގެ މަތިން ހިންގާ ބެލެހެއްޓުން.
  13. އަހަރީ ބަޖެޓް ހެދުމާއި، އެއަހަރަށް ހިންގުމަށް ބޭނުންވާ ޕްރޮގްރާމްތައް ޑިވިޝަނުގެ މެންޑޭޓާއި ގުޅޭގޮތުން ރާވާ ހިންގުން.
  14. ޑިވިޝަނުގެ މުދަލާއި ފައިސާ އަދި އެނޫން ވަސީލަތްތައް ބޭނުންކުރެވެނީ ޤާނޫނާއި ޤަވާއިދާ އެއްގޮތަށް އަދި ހެޔޮގޮތުގައިތޯ ބަލާ އެގޮތަށް ހިނގާކަން ކަށަވަރުކުރުން.
  15. ސެންޓަރުތަކުގައި ތިބޭ ކްލައިންޓުންގެ ކެއިން ބުއިމުގެ ކަންތައްތަކާއި، ލޮޖިސްޓިކް އެންމެހާ މަސައްކަތްތައް ހިނގަމުންދާގޮތް ބެލެހެއްޓުން އަދި ލޮޖިސްޓިކަލް ކަންކަން އަޕްޑޭޓްކުރުން.
  16. ޑިވިޝަނަށް އަންނަ ލިޔެކިއުންތައް ސަރުކާރުގެ ޤަވާއިދާއި އެއްގޮތްވާ ގޮތުގެމަތިން ބެލެހެއްޓުމާއި ޑިވިޝަނުން ބަލަހައްޓަންޖެހޭ ލިޔެކިއުންތަކާއި ކްލައިންޓުންގެ ފައިލްތައް ކަނޑައަޅާފައިވާ ޤަވާއިދާއި އުސޫލުގެ ތެރެއިން އަޕްޑޭޓްކޮށްފަ ހުރިތޯބަލާ، ފޮނުވަންޖެހޭ ރިޕޯޓްތައް ޤަވާއިދުން ފޮނުވަންޖެހޭ ތާރީޚްތަކަށް ކަމާއިބެހޭ ފަރާތްތަކަށް ފޮނުވަމުންދޭތޯ ބެލުން.
  17. މުވައްޒަފުންގެ މަސައްކަތްތައް އެޕްރައިޒްކޮށް، ރަނގަޅުކުރަންޖެހޭ ކަންކަމާއިބެހޭގޮތުން ނަސޭހަތްތެރިވެ، ތަމްރީނު ޕްރޮގްރާމްތައް ރާވާ، އެޕްރައިޒަލް ފުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުން.
  1. މަތީގައިވާ މަސައްކަތްތަކުގެ އިތުރުން، ނޭޝަނަލް ޑްރަގް އެޖެންސީގެ ރަސްމީ މަސައްކަތްތަކަށް އަންނަ ބަދަލަކާއި ގުޅިގެން ނުވަތަ އެހެން ގޮތަކުންވެސް ހަވާލު ކުރެވޭ ރަސްމީ މަސައްކަތްތައް ހަވާލްކުރެވޭ މުއްދަތެއްގައި ހަމަޖެހިފައި އޮންނަ އުސޫލް ތަކާއި އެއްގޮތަށް ކުރުން.

މަޤާމުގެ ޝަރުޠުތައް:

1. މަޤާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 10 ގެ ޑޮކްޓޯރަލް ޑިގްރީއެއް ޙާޞިލްކޮށްފައިވުމާއެކު މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

2. މަޤާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ މާސްޓަރސް ޑިގްރީއެއް ޙާޞިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 8 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. އަދި އެ މުއްދަތުތަކުގެ ތެރެއިން މަދުވެގެން 2 އަހަރުދުވަހު ހިންގުމުގެ ދާއިރާއެއްގައި މަސައްކަތް ކޮށްފައިވުން.

ނުވަތަ

3. މަޤާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ބެޗްލާރސް ޑިގްރީއެއް ނުވަތަ ބެޗްލާރސް އޮނަރސް ޑިގްރީއެއް ޙާޞިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާގައި 12 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. އަދި އެ މުއްދަތުތަކުގެ ތެރެއިން މަދުވެގެން 2 އަހަރުދުވަހު ހިންގުމުގެ ދާއިރާއެއްގައި މަސައްކަތް ކޮށްފައިވުން.

 

މަޤާމުގެ ތަޢުލީމީ ރޮނގުތައް:

                                                                            އެޑިކްޝަން ސައިންސް 

އެޑިކްޝަން ސްޓަޑީޒް 

އެޕްލައިޑް ކްރިމިނަލް ޖަސްޓިސް އެންޑް ކްރިމިނޮލޮޖީ 

އެޕްލައިޑް ކްރިމިނޮލޮޖީ 

އެޕްލައިޑް ކްރިމިނޮލޮޖީ އެންޑް ފޮރެންސިކް ސައިކޮލޮޖީ 

އެޕްލައިޑް ޕޮޒިޓިވް ސައިކޮލޮޖީ 

އެޕްލައިޑް ސައިކޮލޮޖީ 

އެޕްލައިޑް ސައިންސް ސައިކޮލިޖީ 

އެޕްލައިޑް ސޯޝިއޮލޮޖީ 

ކައުންސެލިންގ 

ކައުންސެލިންގ ސައިކޮލޮޖީ 

ކްރިމިނަލް ޖަސްޓިސް 

ކްރިމިނޮލޮޖިކަލް ރިސަރޗް 

ކްރިމިނޮލޮޖީ 

ކްރިމިނޮލޮޖީ އެންޑް ކްރިމިނަލް ސައިކޮލޮޖީ 

ކްރިމިނޮލޮޖީ އެންޑް ފޮރެންސިކް އިންވެސްޓިގޭޝަން 

ކްރިމިނޮލޮޖީ އެންޑް ފޮރެންސިކް ސްޓަޑީސް 

ކްރިމިނޮލޮޖީ އެންޑް ލޯ 

ކްރިމިނޮލޮޖީ އެންޑް ޕޮލިސިންގ 

ސައިބަރ ކްރައިމް 

ޑިވެލޮޕްމަންޓް ސްޓަޑީޒް 

ޑިސޭބިލިޓީ އެންޑް ކޮމިއުނިޓީ ރީހެބިލިޓޭޝަން 

އަރލީ ޗައިލްޑްހޫޑް އެޑިޔުކޭޝަން 

އެޑިއުކޭޝަނަލް ސައިކޮލޮޖީ 

ޖެންޑަރ ސްޓަޑީޒް 

ޖަސްޓިސް ލޯ އެންޑް ކްރިމިނޮލޮޖީ 

މެޑިސިން 

އޮކިއުޕޭޝަނަލް ތެރަޕީ 

ޕޮލިޓިކަލް ސައިންސް 

ޕްރައިމަރީ ހެލްތް ކެއަރ 

ސައިކޮލޮޖިކަލް ކައުންސެލިންގ 

ސައިކޮލޮޖީ 

ޕަބްލިކް ޕޮލިސީ 

ރީހެބިލިޓޭޝަން 

ރީހެބިލިޓޭޝަން ސައިންސް 

ރީހެބިލިޓޭޝަން ސައިންސް އެންޑް ފިޒިއޮތެރަޕީ 

ރީހެބިލިޓޭޝަން ތެރަޕީ 

ސޯޝަލް ޕޮލިސީ 

ސޯޝަލް ސަރވިސަސް 

ސޯޝަލް ވޯރކް 

ސޯޝިއޮލޮޖީ 

ސްޕެޝަލް އެޑިޔުކޭޝަން 

 

މަޤާމުގެ މަސައްކަތުގެ ދާއިރާތައް:

  • ރީހިބިލިޓޭޝަން ފަރުވާއާގުޅޭ މަސައްކަތްތަކުގެ މެނޭޖީރިއަލް ފެންވަރުގެ މަސައްކަތްތަކާއި ފަންނީ މަސައްކަތްތަކާއި ދިރާސާ ކުރުމުގެ މަސައްކަތްތައް

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.) http://www.csc.gov.mv/download/2486
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)  ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)  ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2023 (ފުރަތަމަ އިޞްލާޙު) ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި މެއިލްކުރައްވާނީ 11 އޯގަސްޓް 2026 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން recruitment@nda.gov.mvއަށެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ނޯޓް: އެޕްލިކޭޝަން ފޯމާއިއެކު ހުރިހާ ޑޮކިއުމަންޓެއް އެއް ފައިލްއަކަށް ޕީ.ޑީ.އެފް ކުރުމަށް ފަހު، ފައިލުގައި އެޕްލިކޭޝަން ހުށަހަޅާ ފަރާތުގެ ނަމާއި މެއިލްކުރައްވާއިރު ސަބްޖެކްޓްގެ ގޮތުގައި މަޤާމުގެ ނަން ޖެއްސެވުމަށް ދަންނަވަމެވެ.

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

އިންޓަރވިއު، ޕްރެޒެންޓޭޝަން އަދި އިމްތިޙާނު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު، ޕްރެޒެންޓޭޝަން އަދި އިމްތިޙާނު އޮންނާނީ 2026 އޯގަސްޓް 23 އާއި 2026 އޯގަސްޓް 27 އާ ދެމެދު ނޭޝަނަލް ޑްރަގް އޭޖެންސީ، ކ. މާލެ ގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

       މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3039016 ނަންބަރު ފޯނާއެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް > "ރެކްރޫޓްމެންޓް އުޞޫލު"   (https://www.csc.gov.mv/Policy/Index/51)  އިން ލިބެން ހުންނާނެއެވެ.

01 އޮގަސްޓް 2026
ހޯދާ