މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މާކުރަތު ކައުންސިލް ފުޓްބޯޅަ މުބާރާތް 2026 އިންތިޒާމްކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ:

ރ.މާކުރަތު ކައުންސިލްގެ ފުޓްބޯޅަ މުބާރާތް 2026 އިންތިޒާމް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ތާވަލާއި އެއްގޮތަށް ބީލަން ހުށަހެޅުމުގެ ކަންތައް  ކުރިއަށް  ގެންދެވުމަށް ދަންނަވަމެވެ. މި ބީލަމުގައި ރަޖިސްޓަރީ ކުރެއްވުމަށް  ބޭނުންވެލައްވާ ފަރާތްތަކުން ބިޑް ރަޖިސްޓްރީކުރާ ފޯމް ފުރިހަމަ ކުރެއްވުމަށްފަހު 06 އޮގަސްޓް 2026 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު  13:00 ގެ ކުރިން މި އިދާރާއަށް ހުށައެޅުއްވުން އެދެމެވެ. ބިޑް ރަޖިސްޓަރީއަށް އެދޭ ފޯމު މި އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެ ވާހަކަ ދަންނަވަމެވެ. އަދި މި އިޢުލާނާއެކު ގެޒެޓްގައި ޝާއިޢުކުރެވިފައި ވާނެއެވެ.

#

ތަން

ދުވަސް

ތާރީޚް

ގަޑި

ބިޑް ރެޖިސްޓްރޭޝަން

ރ.މާކުރަތު ކައުންސިލްގެ އިދާރާ

ބުރާސްފަތި

06 އޮގަސްޓް 2026

13:00

ބިޑް ހުށަހެޅުން

ރ.މާކުރަތު ކައުންސިލްގެ އިދާރާ

ބުދަ

12 އޮގަސްޓް 2026

13:00

ބީލަމުގައި ރަޖިސްޓަރީވުމަށް ބިޑް ރަޖިސްޓްރީކުރާ ފޯމު މި އިދާރާގެ އީމެއިލް [email protected]  އަށް ފޮނުވުމުން ބަލައިގަނެވޭނެއެވެ. ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ.

އަންދާސީ ހިސާބު ހުށަހެޅުމުގައި ބައިވެރި ވެވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/18) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/19) ގެ ދަށުން ރަޖިސްޓަރީ ވެފައިވާ ފަރާތްތަކަށެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިއިދާރާގެ ނަންބަރު 6582805 ފޯނަށް ގުޅުއްވާ ނުވަތަ [email protected] އަށް މެއިލް ކުރެއްވުމަށް ދަންނަވަމެވެ.

މިހެންވެ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިއުލާން ކުރީމެވެ.

30 ޖުލައި 2026
ހޯދާ