މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސީނިއަރ ސިސްޓަމް އެޑްމިނިސްޓްރޭޓަރ - ކޮންޓްރެކްޓް

އިޢުލާނު

މަޤާމު:

ސީނިއަރ ސިސްޓަމް އެޑްމިނިސްޓްރޭޓަރ

ބޭނުންވާ އަދަދު:

01

މަޤާމުގެ ގިންތި:

ކޮންޓްރެކްޓް - 1 އަހަރު (މަސައްކަތުގެ ފެންވަރާއި ނަތީޖާއަށް ބެލުމަށްފަހު ކޮންޓްރެކްޓް އާކުރުމުގެ އިޚްތިޔާރު މި އިދާރާއަށް ލިބިގެންވެއެވެ.)

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މާލޭ ސިޓީ ކައުންސިލްގެ އިދާރާ / އައި.ސީ.ޓީ ސެކްޝަން

މުސާރަ:

17،015.00 ރުފިޔާ

ސަރވިސް އެލަވަންސް:

9،745.00 ރުފިޔާ

އެހެނިހެން އެލަވަންސް:

  • ހާޒިރީ އިނާޔަތުގެ ގޮތުގައި ހާޒިރުވާ ދުވަހަކަށް 265.00 ރުފިޔާ.
  • ދައުލަތުގެ ޕޭ ފްރޭމްވަރކްގެ މިންގަނޑުތައް (01 ނޮވެމްބަރު 2025 އެއްގޮތަށް) އިތުރު ގަޑީގެ ފައިސާއާއި އެހެނިހެން އިނާޔާތްތައް.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. މި އިދާރާއަށް ހޯދަންޖެހޭ އިންފޮމޭޝަން ޓެކްނޮލޮޖީއާއި ގުޅުންހުރި ތަކެތި، ސޮފްޓްވެއަރ އަދި އައިޓީއާ ގުޅުންހުރި އެންމެހާ ތަކެތި ހޯދުމާއި، ސެކްޝަން ހިންގުމުގެ އުސޫލުތަކުގެ ފެންވަރު ހިފެހެއްޓުމަށްޓަކައި ގެންނަންޖެހޭ ބަދަލު ގެނައުމާއި ތަރައްގީކުރުން.
  2. އަލަށް ބަހައްޓަންޖެހޭ ސަރވާތައް ބެހެއްޓުމާއި އެ ސަރވާތައް ކޮންފިގަރ ކުރުން.
  3. މި އިދާރާގައި ބޭނުންކުރާ އެކި ސިސްޓަމްތަކުގައިވާ ޑޭޓާތަކާއި މައުލޫމާތުތަކުގެ ބެކަޕް ނެގުމާއެކު ރައްކާތެރިކަމާއެކު ބެލެހެއްޓުމާއި ދިމާވާ މައްސަލަތައް ހައްލުކުރުން.
  4. އެކްޓިވް ޑައިރެކްޓްރީ ބެލެހެއްޓުމާއި ދިމާވާ މައްސަލަތައް ހައްލުކުރުން.
  5. މި އިދާރާގެ ސަރވަރތަކާއި މިއިދާރާގައި ބޭނުންކުރާ އެންމެހައި ކޮމްޕިއުޓަރ ސިސްޓަމްތައް ވައިރަސްތަކުން ރައްކާތެރިކޮށް ބެލެހެއްޓުން.  
  6. މި އިދާރާގެ އައިޓީއާ ގުޅޭ އެންމެހައި ތަކެތި އެތެރެއާއި ބޭރުގެ ނުރައްކާތަކުން ރައްކާތެރިކުރުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުމާއި، މި އިދާރާގެ އިންޓަރނެޓުގެ ޚިދުމަތް ހުރިހާ މުވައްޒަފުންނަށް ފޯރުކޮށްދީ ރައްކާތެރިކަމާއެކު، އިންޓަރނެޓް ވިއުގަ ބެލެހެއްޓުން.
  7. ސަރވަރތައް ބެކްއަޕްނަގައި ބެލެހެއްޓުމާއި، ނެޓްވަރކް ބެލެހެއްޓުމުގެ ގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ރާވައި ކުރުން.
  8. މި އިދާރާގެ ކޮމްޕިޔުޓަރ ނެޓްވާރކް މެއިންޓެއިންކޮށް ބަލަހައްޓައި އިތުރު ކޮމްޕިޔުޓަރތަކަށް ނެޓްވަރކް ކަނެކްޝަން ދިނުމުގެ މަސައްކަތް ކުރުން.
  9. ޕްރިންޓަރ، ސްކޭނަރ، ކޮމްޕިޔުޓަރ ސިސްޓަމް، ލެޕްޓޮޕް، ޕްރޮޖެކްޓަރ، ވައިފައި ރައުޓަރ އަދި އައިޕީ ފޯނުތަކާއި މިނޫންވެސް އައި.ޓީއާ ގުޅޭ އެންމެހާ ތަކެއްޗަށް ދިމާވާ މައްސަލަތައް ޙައްލުކޮށް އެތަކެތި ބޭނުންކުރެވޭ ހާލަތުގައި އަބަދުވެސް ބެހެއްޓުން.
  10. މި އިދާރާގެ ކޮމްޕިޔުޓަރ ނެޓްވާރކަށް ދިމާވާ އެންމެހާ މައްސަލަތައް ދެނެގަނެ އެ މައްސަލަތައް ޙައްލުކުރުން.
  11. މި އިދާރާގެ ވެބްސައިޓަށް އަޕްލޯޑް ކުރަންޖެހޭ މަޢުލޫމާތުތަކާއި އެހެނިހެން ލިޔުންތައް އަޕްލޯޑް ކުރުމާއި، އެ މަސައްކަތް ކުރާނެގޮތް އެހެން މުވައްޒަފުންނަށް ކިޔައި ދިނުން.
  12. އައި.ސީ.ޓީ ވަސީލަތް ބޭނުންކުރެވޭ މިންވަރު ދެނެގަތުމާއި، އެންމެ އެކަށޭނަ ގޮތެއްގައި އެތަކެތި ބޭނުން ކުރެވޭނެ ގޮތްތައް ހޯދާ، ގުޅުންހުރި ފަރާތްތަކާއެކު މަސައްކަތް ކުރުން.
  13. މަސައްކަތް ކުރަން ގެންގުޅޭ ޓޫލްތަކާއި، ލައިސަންސް ކީ އަދި ސީރިއަލްކީ ފަދަ ތަކެތި ރައްކާތެރިކޮށް ބެލެހެއްޓުން.
  14. މި އިދާރާގެ އީ-މެއިލް ސިސްޓަމް ބެލެހެއްޓުމާއި ދިމާވާ މައްސަލަތައް ހައްލުކުރުން.

މަޤާމުގެ ޝަރުޠުތައް:

1- ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 10 ގެ ޑޮކްޓޯރިއަލް ޑިގްރީއެއް ހާސިލްކޮށްފައިވުން

      ނުވަތަ،

2- ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 09 ގެ މާސްޓާރސް ޑިގްރީ ހާސިލްކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާލިބިފައިވުން

      ނުވަތަ،

3- ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 ނުވަތަ 8 ގެ ޑިގްރީ ނުވަތަ ބެޗްލާރސް ޑިގްރީ  ހާސިލްކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާލިބިފައިވުން

 

މަޤާމުގެ ތަޢުލީމީ ރޮނގުތައް / ޕްރިފަރޑް ޑިސިޕްލިންސް

ކޮމްޕިއުޓަރ އެންޑް އިންފޮމޭޝަން ސައިންސް އެންޑް ސަޕޯރޓް ސަރވިސް، ކޮމްޕިއުޓަރ އެންޑް އިންފޮމޭޝަން ސައިންސް، ކޮމްޕިއުޓަރ އެންޑް އިންފޮމޭޝަން ސިސްޓަމް ސެކިއުރިޓީ، ކޮމްފިއުޓަރ އެންޑް އިންފޮމޭޝަން ސިސްޓަމް އެނެލިސިސްޓް، ކޮމްޕިއުޓަރ ސިސްޓަމްސް ނެވަރކިންގް އެންޑް ޓެލެކޮމިއުނިކޭޝަން، އިންފޮމޭޝަން، އިންފޮމޭޝަން ސައެންސް / ސްޓަޑީސް، ސިސްޓަމް އެޑްމިނިސްޓްރޭޝަން، ސިސްޓަމް އިންޖިނިއަރިންގް، ނެޓވަރކް އެންޑް ލޭން/ވޭން މެނޭޖްމެންޓް، ސޮފްޓްވެއަރ އިންޖިނިއަރިންގް، އާޓިފިޝަލް އިންޓެލިޖެންސް އެންޑް ރޮބޮޓިކްސް، ކޮމްޕިއުޓަރ އިންޖިނިއަރިންގް އެންޑް އެންޑް ޓެކްނޮލޮޖީ، އިންފޮމޭޝަން ޓެކްނޮލޮޖީ،ޑިޖިޓަލް މީޑިއާ އެންޑް އިންފޮމޭޝަން ރިސޯސް ޑިޒައިން، މަލްޓިމީޑިއާ މެނޭޖްމެންޓް އެންޑް ވެބްމާސްޓާރ

މަޤާމުގެ މަސައްކަތުގެ ދާއިރާތައް:

އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ޓެކްނޮލޮޖީއާ ގުޅުންހުރި ފަންނީ މަސައްކަތާއި ދިރާސާ ކުރުމުގެ މަސައްކަތްތައް

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ކޮންޓްރެކްޓް ވަޒީފާއަށް އެދޭ ފޯމު (މި ފޯމް މި އިދާރާގެ ވެބްސައިޓުންނާއި (www.malecity.gov.mv) މާލޭ ސިޓީ ހޯލްގައި ހުންނަ މި އިދާރާގެ އެޗް.އާރު ސެކްޝަންއިން ލިބެންހުންނާނެއެވެ).
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. 04 މަސް ހަމަނުވާ ވަޒީފާއަށް އެދޭ ފަރާތުގެ ޕޮލިސް ރިޕޯޓް. (ޕޮލިސް ރިޕޯޓް ހުށަނާޅާނަމަ ފޯމް ބަލައި ނުގަނެވޭނެ).
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމެންޓް ރިޕޯރޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ) މަތީ ތައުލީމުދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. ވަޒީފާގެ މަސައްކަތު ދާއިރާއާއި ގުޅޭ ކުރުމުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓްފިކެޓްތަކުގެ ކޮޕީ.
  2. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

  1. (ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

ވަޒީފާއަށް އެންމެ ޤާބިލު ފަރާތް ކަނޑައަޅާނީ، ވަޒީފާއަށް އެންމެ ޤާބިލު ފަރާތް ހޮވުމަށް ކަނޑައެޅިފައިވާ ކްރައިޓީރިއާގައި ހިމެނޭ ތިރީގައި މިދަންނަވާ ބައިތަކަށް ޕޮއިންޓް ދިނުމަށްފަހު، އޭގެ ތެރެއިން އެންމެ ގިނަ ޕޮއިންޓް ލިބޭ ފަރާތަކީ ވަޒީފާއަށް އެންމެ ޤާބިލު ފަރާތްކަމުގައި ކަނޑައަޅާ ގޮތަށެވެ.

  • ލިބިފައިވާ ތަޢުލީމާއި ތަމްރީނު 
  • ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ 
  • އިންޓަރވިއު އަދި އިމްތިޙާނު

ނޯޓް: މި މަޤާމަށް އައްޔަންކުރެވޭނީ ވަޒީފާއަށް އެދިފައިވާ ފަރާތަށް އިންޓަވިއުއިން މުޅިއަކު ޖުމުލަ 60 ނުވަތަ އެއަށްވުރެ މަތިންލިބޭ ފަރާތެކެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 06 އޮގަސްޓް 2026 ގެ 14:00 ގެ ކުރިން، މާލޭ ސިޓީ ހޯލްގައި ހުންނަ މާލޭ ސިޓީ ކައުންސިލްގެ އިދާރާއަށެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

ނޯޓް: މި މަޤާމަށް އީ-މެއިލް މެދުވެރިކޮށް ފޮނުވާ އެއްވެސް ފޯމެއް ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. 

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ (3025408 / 7989840) އަށެވެ.

                        16 ޞަފަރު 1448

30 ޖުލައި 2026
ހޯދާ