ތިލަދުންމަތީ އުތުރުބުރީ ކެލާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުނި ކޮށީގެ ޚިދުމަތް ލިބޭ ގަޑިތަކަށް ބަދަލުގެނައުމާއި ގުޅޭ

          01 އޮގަސްޓް 2026 ވާ (ހޮނިހިރު) ދުވަހުން ފެށިގެން ކުނިކޮށި ހުޅުވިފައި ހުންނާނެ ވަގުތު ތަކަކީ، ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 8:00 ން މެންދުރު 12:00 އަށް، އަދި މެންދުރުފަހު 14:00 ން ހަވީރު 16:00 ކަމަށް އާންމުކޮށް އަންގާ ޢިއުލާނުކުރަމެވެ.

          އަދި މިނޫން ގަޑިތަކުގައި ކުނި ކޮށްޓަށް ކުނި ގެންދިއުމާއި ކުނި އުކާލުމަށް ހާއްޞަ ކުރެވިފައިވާ ސަރަހައްދު ފިޔަވައި އިތުރު ސަރަހައްދުތަކަށް ކުނި އެޅުމަކީ މަނާކަމެއްކަމުގައި ދަންނަވަމެވެ. އަދި މި އިޢުލާންއާއި ޚިލާފަށް ޢަމަލު ކުރަމުން ދާފަރާތްތަކާއި މެދު އެންވަޔަރަންމަންޓް މިނިސްޓްރީގެ ކުނި މެނޭޖް ކުރުމާއި ބެހޭ ގަވާޢިދު 2013/R-58 ގައި ބަޔާން ކޮށްފައިވާ ގޮތުގެ މަތިން ފިޔަވަޅު އެޅޭނެ ވާހަކަ ދަންނަވަމެވެ.

30 ޖުލައި 2026
ހޯދާ