ކުނބުރުދޫ ސްކޫލް
ދިވެހިރާއްޖެ
ޕްރިންޓަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމު: ޕްރިންޓަރ

ބޭނުންވާ އަދަދު: 1 (އެކެއް)                     

މަޤާމުގެ ރޭންކު: އެސް. އެސް. 3

މަޤާމުގެ ކްލެސިފިކޭޝަން: އޮފިސަރ ގުރޭޑް 1

މުސާރަ: -/3،470 ރުފިޔާ                         

ސަރވިސް އެލަވަންސް: -/1،000 ރުފިޔާ               

ވަޒީފާއޮތް އޮފީސް: ކުނބުރުދޫ ސްކޫލް

މަޤާމުގެ ގިންތި: ދާއިމީ

ވަޒީފާ އަދާކުރާ ސެކްޝަނާއި ތަން:           

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތް:

1.–ޕްރިންޓްކުރުމުގެ މަސައްކަތް:

ހ- ޓީޗަރުން ދެއްވާ ވާރކްޝީޓާއި ޓެސްޓްޕޭޕަރުތައް ހަމަޖެހިފައިވާ ޤަވާއިދުތަކުގެ މަތީން ޕްރިންޓްކުރުން.

ށ- އެއްވެސް އެކަޑަމިކް ސްޓާފަކަށް، މަތީގައިވާ ޤަވާޢިދާ ޚިލާފަށް އެއްވެސް އެއްޗެއް ޕްރިންޓްކޮށް ނުދިނުން.

ނ- ޕްރިންޓްކުރުމަށް ހަވާލުކުރެވޭ ތަކެތި ރައްކާތެރިކަމާއެކު ބެލެހެއްޓުމާއި، ޕްރިންޓްކޮށް ނިންމާފައި ހީރަސްޖަހަންޖެހޭ އެއްޗެއްނަމަ ހީރަސްޖެހުމަށްފަހު ރައްކާތެރިކަމާއެކު ސެޝަން އިންޗާޖާ ނުވަތަ ލީޑިންގ ޓީޗަރާ ހަވާލުކުރުން.

ރ- ޕްރިންޓް ރޫމަކީ ތަފާތު ކުލާސްތަކުގެ ވާރކްޝީޓާއި ޓެސްޓް ޕޭޕަރު ބެހެއްޓިފައިވާ ތަނަކަށްވުމުން، އެކަމާ ނުގުޅޭ ފަރާތްތައް ޕްރިންޓިންގ ރޫމަށް ވަނުމަށް ހިތްވަރުނުދިނުމާއި ގޮވައިގެން ގޮސް ވާހަކަދައްކަން ނުތިބުން.

ނ- އެއްވެސް ސްޓާފަކު ނުވަތަ އެހެންފަރާތަކުން އެމީހެއްގެ އަމިއްލަ އެއްޗެއްގެ ފޮޓޯކޮޕީ ނަގަން ބޭނުންނަމަ، ޕްރިންސިޕަލް ނުވަތަ ޕްރިންސިޕަލް ކަނޑައަޅުއްވާފައިވާ ފަރާތެއްގެ ހުއްދަ ހޯއްދަވައި، ދެއްވާ އިރުޝާދާ އެއްގޮތަށް ކަންތައްތައް ކުރުން.

ރ- ޕްރިންޓްކުރަންޖެހޭ އެންމެހައި ތަކެތި ޕްރިންޓްކުރުމާއި، ހީރަސްޖެހުމާއި، ބަންޑްލް ކުރުމާއި، ލެމިނޭޓް ކުރުމާއި، ބައިންޑްކުރުމަށްދެވޭ ތަކެތި ބައިންޑްކޮށް، ލީކް ނުވާނެގޮތަކަށް އެތަކެތި ރައްކާތެރިކަމާއެކު ބެލެހެއްޓުން.

ބ. ޓެސްޓް ޕޭޕްރުތައް ޕްރިންޓްކުރާނަމަ ބޭނުންވާވަރަށްވު އިތުރަށް ކުރެވިފައިވާ ކަރުދާސްތަކާއި ސްޓެންސިލްތައް ޕްރިންޓްކޮށް ނިމުމާއެކު އެވަގުތު އެކަމާ އެންމެ އިސްކޮށްއުޅޭ މުވައްޒަފަކު އެތަކެތި އަންދައިލުން.

ޅ- ޕްރިންޓްކުރުމުގެ މަސައްކަތާ ގުޅިގެން ހޯދަންޖެހޭ ތަކެތި ހުސްވުމުގެ ކުރިން އެކަށީގެންވާ މުއްދަތު (ލަސްވެގެން ރަސްމީ ބަންދުނޫން 7 ދުވަސް ކުރިއަށް) އޮއްވައި، އެ ތަކެތި ހޯދުމަށް އިދާރާއަށް ރިކުއެސްޓްކުރުމާއި، ޕްރޮސެސް ހިނގާވަރު ބަލައި ކަށަވަރުކުރުން.

ކ- ޕްރިންޓްކުރުމަށް ބޭނުންކުރާ ތަކެތި ބޭނުންކުރެވޭގޮތް ބެލުމަށް އެކަމަށް ޚާއްޞަ ލޮގްތަކެއް ހަދައި، އެތަކެތި ބޭނުންކުރުމާއި، މިކަމާ ގުޅިގެން ސްކޫލުގެ އިސްވެރިން ބޭނުންވާ އެންމެހައި މަޢުލޫމާތު ޤަވާއިދުން ދިނުން.

2. ޕްރިންޓް ރޫމާއި މެޝިނަރީޒްތައް ސާފުކޮށް ބެލެހެއްޓުން:

ހ- ޕްރިންޓްކުރުމުގައި ބޭނުންކުރާ މެޝިންތަކާއި އެހެނިހެން އިކްއިޕްމަންޓުތައް، ފަރުވާތެރިކަމާއެކު ބެލެހެއްޓުމާއި، އެތަކެތި މަރާމާތުކޮށް ސްކޫލުގެ ޕްރިންޓިންގ ޕްރޮސެސްއަށް ދަތިނުވާނެގޮތަކަށް ކަންކަން ރާވައި ބެލެހެއްޓުން.

ށ- މެޝިނަކަށް މައްސަލައެއް ދިމާވެއްޖެނަމަ، އެކަމަކީ ޕްރިންޓަރަށް ޙައްލުނުކުރެވޭކަމެއްކަމުގައިވާނަމަ، އެކަން ޕްރިންސިޕަލަށް ނުވަތަ ޕްރިންސިޕަލް ކަނޑައަޅުއްވާފައިވާ ފަރާތަކަށް އަންގައި، އަވަސް ފުރުޞަތެއްގައި މެޝިން ރަނގަޅުކުރުމަށް މަސައްކަތް ކުރުން.

ނ- ޕްރިންޓިންގރޫމް ސާފުކުރުމަށް ހަވާލުވެފައިވާ މަސައްކަތުމީހާ ލައްވައި ޤަވާއިދުން އެކަން ކުރުވުން. މިގޮތަށް، އެކަން ކުރިއަށް ނުދާކަމުގައިވާނަމަ، ކަޑައެޅިފައިވާ މުވައްޒަފަށް މިކަން އެންގުން.

ރ- ސްކޫލުން ބޭރަށްދާ ވަގުތުތަކުގައި ޕްރިންޓް ރޫމް ތަޅުލުން.

3. އެހެނިހެން ކަންތައްތައް:

1. ދަރިވަރުންގެ ފަރާތުން ސްކޫލުތެރޭގައި އުޅޭއިރު ފެންނަ ތަފާތު އަޚުލާޤީ މައްސަލަތައް ޙައްލުކުރުމަށް ނަސޭހަތް ދިނުމާއި، އެކަމާ ބެހޭ ބޭފުޅަކަށް އެންގުން.

2. ސެޝަން އިންޗާޖަށާއި ލީޑިންގ ޓީޗަރުންނަށް އެބޭފުޅުން އެދިލައްވާ އެހީތެރިކަން ފޯރުކޮށްދިނުން.

3. މި ސްކޫލުގެ މުވައްޒަފެއްގެ ހައިސިއްޔަތުންނާއި، މަގާމުގެ ޙައިސިއްޔަތުން އަދާކުރަންޖެހޭ އެންމެހައި މަސްއޫލިއްޔަތުތައް ފުރިހަމައަށް އަދާކުރުން.

4. ސްކޫލުން ބޭނުންވެއްޖެ ކޮންމެ ޙާލަތެއްގައި މި މަގާމުގެގޮތުން ކުރެވޭ އެންމެހައި ކަންކަމުގައި ސްކޫލަށް އެއްބާރުލުން ދިނުން.

5. ސްކޫލު ހިންގުމަށް ބޭނުންވާ ކަންތައްތައް ކުރުމުގައި ސްކޫލުން އަންގައިލުމުން (ބަންދު ދުވަހެއްކަމުގައިވިޔަސް) ސްކޫލަށް ހާޒިރުވުން.

6. ހަވާލުކުރެވޭ މަސައްކަތެއްގެ ބާވަތުން ރަސްމީ ގަޑީގައި އެ މަސައްކަތެއް ނުނިމުނުކަމުގައިވިޔަސް، އިތުރު ވަގުތުގައި އެ މަސައްކަތްތައް ކޮށްނިންމުން. މިގޮތަށް މަސައްކަތެއް ކުރަންޖެހިއްޖެ ހާލަތެއްގައި، އެ މަސައްކަތެއް ކުރުމަށް ސްކޫލުގެ އިސްވެރިޔާ ނުވަތަ ކަނޑައަޅާފައިވާ ފަރާތުގެ ހުއްދަ ހޯދުން.

މަޤާމުގެ ޝަރުޠު:

- ޖީސީއީ އޯލެވެލް ނުވަތަ އޭލެވެލް ނިންމާފައިވުން.

- ސާނަވީ  އިމްތިޙާނަކުން  2  މާއްދާއިން  ދަށްވެގެން  'ޑީ'  ގްރޭޑް  ލިބިފައިވުމާއެކު،  އޭގެ  އިތުރުން،  ސެކެންޑަރީ  ސްކޫލް  ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންކަން:

ހ. ހާސިލުކޮށްފައިވާ ތަޢުލީމާއ،ި ތަމްރީނަށް ބަލައިގެން.

ށ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

ނ. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން.

ރ. މީގެ އިތުރުން، ކޮމްޕިއުޓަރަށް އަހުލުވެރިވެފައިވާ މިންވަރު ބެލޭނެއެވެ.

އިންޓަވިއު ކުރުން:

މި މަޤާމަށް މީހަކު ހޮވުމަށް އިންޓަރވިއުކުރުން އޮންނާނީ, ފޯމު ހުށަހެޅިމުގެ މުއްދަތު ހަމަވާތާ ފަސްދުވަހުގެ ތެރޭގައެވެ. ވީމާ، މި މުއްދަތުގެ ތެރޭގައި އިންޓަވިއު އޮންނާނެ ތާރީޚާއި، ވަގުތާއި ތަނެއް އަންގާނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

ހ. ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ވަޒީފާއަށް އެދޭ ފޯމު، ރަސްމީގަޑީގައި މި ސްކޫލުގެ އޮފީހުން ލިބެން ހުންނާނެއެވެ.)

ށ. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

ނ. ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު   ޖަހާފައިވާ ލިޔުމުގެ ކޮޕީ) 

ރ- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

ބ. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.

ޅ. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)

ތަކެތި ހުށަހަޅަންޖެހޭ އޮފީހާއި ސުންގަޑި:

މި ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، ރަސްމީ ގަޑީގައި ކުނބުރުދޫ ސްކޫލުގެ އޮފީހަށެވެ.

ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 2016 ފެބުރުވަރީީ 17 ވަނަ ދުވަހުގެ 14:00 އެވެ.

ނޯޓް:

- މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތަކާ އިންޓވިއު ކުރުމަށްފަހު، އޭގެ ތެރެއިން އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލްކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ.

- މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، މި ސްކޫލުގެ 6680842 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

29 ރަބީޢުލްއާޚިރު 1437

08 ފެބުރުވަރީ 2016
ހޯދާ