މާޅޮސްމަޑުލު ދެކުނުބުރީ އޭދަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
"އޭދަފުށީ ކަޕް 2026"

އިޢުލާން

"އޭދަފުށީ ކަޕް 2026"

                     2026 ސެޕްޓެމްބަރ 05 ގައި މިއިދާރާގެ ފަރާތުން "އޭދަފުށީ ކަޕް 2026" ގެ ނަމުގައި ފުޓްބޯޅަ މުބާރާތެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި މުބާރާތުގެ މައިގަނޑު މަޤްޞަދަކީ އޭދަފުށީ ޒުވާނުންގެ މަދުގައި ކުޅިވަރުގެ ރޫޙު އާލާކޮށް އެއްބައިވަންތަކަމާއި، އެއްބައެއްވަންތަކަން ޤާއިމްކޮށް އޭދަފުށީގައި އުފެދެމުންދާ ހުނަރުވެރި ފުޓްބޯޅަ ކުޅުންތެރިންގެ ހުނަރު މިފަދަ މުބާރާތެއްގައި ދައްކާލުމުގެ ފުރުސަތު ފަހިކޮށްދިނުމެވެ.

                   މިމުބާރާތުގައި މިރަށުގެ ކުލަބް ޖަމްޢިއްޔާ ޖަމާޢަތްތުކުގެ ތެރެއިން އެތަނެއްގެ މަޤްސަދުގެ ތެރޭގައި ކުޅިވަރު ކުޅުން ހިމެނިފައިވާ ކްލަބް ޖަމްޢިއްޔާ ޖަމާޢަތްތަކަށް ފުރުސަތު ހުޅުވާލެވިފައިވާ ވާހަކަ ދެންނެވީމެވެ.

                   މިމުބާރާތުގައި ބައިވެރިވުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން 2026 އޮގަސްޓް 09 ވާ އާދިއްތަ ދުވަހުގެ 10:00 ގެ ކުރިން ތިރީގައިވާ ގޫގަލް ފޯމު މެދުވެރިކޮށް މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.                  

ގޫގުލް ފޯމު: https://forms.gle/jHUynXHYaa5AFscM8 

                     މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.  

30 ޖުލައި 2026
ހޯދާ