މިލަދުންމަޑުލު ދެކުނުބުރީ ކުޑަފަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހޯމްސްޓޭ ވިޔަފާރިއަށް ރަޖިސްޓްރީ ވުމަށް ހުޅުވާލުން

ނ. ކުޑަފަރީގައި ހޯމްސްޓޭގެ ގޮތުގައި ޓޫރިސްޓް ގެސްޓްހައުސް ހިންގުމަށް ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހޯދައިދިނުމުގެ ގޮތުން، ކައުންސިލްގެ ފަރާތުން ރަށުގައި ގާއިމުކުރަންޖެހޭ ޓޫރިޒަމް ޑެސްކް ގާއިމު ކުރުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ. އަދި ރަށުގައި ފަތުރުވެރިކަމުގެ ވިޔަފާރި ހިންގުމަށްޓަކައި ހުއްދަ ދޫކުރުމަށް ހަމަޖެހިފައިވަނީ އިއުލާނާއި އެއްކަރުދާސްކޮށްފައިވާ ލިންކް މެދުވެރިކޮށް ރަޖިސްޓްރީ ކުރާ ފަރާތްތަކަށްވާތީ ހޯމްސްޓޭގެ ގޮތުގައި ޓޫރިސްޓް ގެސްޓްހައުސް ހިންގުމަށް ޝައުގުވެރިވާ ފަރާތްތަކުގެ ދަފްތަރެއް އެކުލަވާލުމަށް ބޭނުންވެއެވެ.  

           ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން އިއުލާނާއި އެއްކަރުދާސްކޮށްފައިވާ ލިންކް މެދުވެރިކޮށް 2026 އޮގަސްޓް 13 ވާ ބުރާސްފަތި ދުވަހުގެ ކުރިން ރަޖިސްޓްރީ ވުމަށް ހުޅުވާލަމެވެ.

             ލިންކް: https://forms.gle/MALA3eEz7ooWhuZ8A

30 ޖުލައި 2026
ހޯދާ