ދިވެހިރާއްޖެ
ދަނޑުވެރިކަން ކުރުމަށް ވަގުތީ ބިން ދޫކުރުން
ވާދޫ ސްޕޯރޓްސް އެރީނާގެ ތެރޭގައި ބޭނުންނުކޮށް ހުރި ހުސްބިންތަކާއި، ގުރީން އޭރިޔާގެ ގޮތުގައި ކަނޑައެޅިފައިވާ ހުސްބިންތައް ވާވިޔަނުދީ ބެލެހެއްޓުމަށާއި، ވިޔަފާރި އުސޫލުން ދަނޑުވެރިކަން ކުރުމަށް ދޫކުރެވެން ހުރި ބިންތަކުގައި ދަނޑުވެރިކަން ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ދަނޑުވެރިކަން ކުރަން މަގުފަހިކޮށްދިނުމުގެގޮތުން ދަނޑުވެރިކަން ކުރުމަށް އެ ބިންތައް ވަގުތީގޮތުން ދޫކުރުމަށް ކައުންސިލުން ވަނީ ނިންމާފައެވެ.
ވީމާ، މި އިއުލާނާއިއެކު އާއްމުކުރެވިފައިވާ އުސޫލާއި އެއްގޮތަށް، މި ދެންނެވުނު ބިންތަކުގައި ދަނޑުވެރިކަން ކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، ތިރީގައިވާ ގޫގުލް ފޯމް މެދުވެރިކޮށް، ނަންނޯޓްކުރެއްވުމަށް ދަންނަވަމެވެ. ނަންނޯޓު ކުރުމުގެ ސުންގަޑި އަކީ 2026 އޮގަސްޓް 12 ވާ ބުދަ ދުވަހުގެ 14:00 އެވެ.
ގޫގުލް ފޯމުގެ ލިންކް: https://forms.gle/W76292LXuwafcZBa7
މިއިޢުލާނާއި ގުޅިގެން އެއްވެސް މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވާނަމަ، މިއިދާރާއަށް ވަޑައިގެން ނުވަތަ މިއިދާރާގެ ނަންބަރު 4000299 ފޯނަށް ގުޅުއްވައިގެން ނުވަތަ [email protected] އަށް މެއިލް ކުރައްވައިގެން މައުލޫމާތު ސާފުކުރެއްވުމަށް ދަންނަވަމެވެ.
