މިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއަރ
ދިވެހިރާއްޖެ
ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި މިދާއިރާގައި މަސައްކަތް ކުރައްވާ އެކިއެކި ފަރާތްތަކުގެ މަސައްކަތުގެ އަގުވަޒަންކުރުމުގެ ގޮތުން ދެވޭ ރިވެލި އެވޯޑަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލުން.

އިޢުލާން 

ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި މިދާއިރާގައި މަސައްކަތް ކުރައްވާ އެކިއެކި ފަރާތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ދެވޭ ރިވެލި އެވޯޑަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލުން.

މިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއަރއިން ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި، އެމީހުންގެ ލާބަޔަށް މަސައްކަތްކުރާ ފަރާތްތަކަށް ހިތްވަރު ދިނުމުގެ ގޮތުން "ރިވެލި އެވޯޑު 2026" ދިނުމަށް ނިންމާފައިވާތީ، މިއެވޯޑަށް ކުރިމަތިލުމުގެ ފުރުޞަތު 30 ޖުލައި 2026 ވާ އާދީއްތަ ދުވަހުން ފެށިގެން އާންމުކޮށް ހުޅުވާލަމެވެ.

#

ދާއިރާ

އެވޯޑް ދިނުމަށް ކަނޑައަޅާފައިވާ ފަރާތްތަކުގެ އަދަދު

01

ނުކުޅެދުންތެރިކަން ހުންނަ މީހުން

3 ފަރާތް

02

އެކި ގޮތްގޮތުން ދިވެހި ރާއްޖެއަށް ރީތި ނަމާއި ކާމިޔާބީތައް ހޯދައިދޭ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް

ވަކި އަދަދެއް ކަނޑައެޅިފައިނުވޭ

03

ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ކުދިންނަށް ތަޢުލީމް ފޯރުކޮށްދިނުމުގެ ދާއިރާ (ސަރުކާރު އަދި އަމިއްލަ ފަރާތްތައް)

2 ފަރާތް

04

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚިދުމަތް ދިނުމަށް މަސައްކަތްކުރާ އަމިއްލަ ޖަމުޢިއްޔާ

1 ފަރާތް

05

ފަންނީ އަދި ފަރުދީގޮތުން އެހީތެރިކަން ފޯރުކޮށްދިނުމުގެ ދާއިރާ

1 ފަރާތް

06

ނުކުޅެދުންތެރިކަން ހުންނަ މީހުން އިޤްތިޞާދީ ގޮތުން ބާރުވެރިކުރުމަށް އެކިގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތައް (އަމިއްލަ ކުންފުންނި / ސަރުކާރު ހިއްސާވާ ކުންފުނި)

2 ފަރާތް

މިދާއިރާތަކުން މިއެވޯޑަށް ކުރިމަތިލެއްވުމުގެ ގޮތުން އަމިއްލައަށް ނަން ހުށަހެޅުމުގެ ފުރުޞަތާއި، އެހެން ފަރާތަކުން ނަން ހުށަހެޅުމުގެ(ނޮމިނޭޓް) ކުރުމުގެ ފުރުޞަތުވެސް ވަނީ ހުޅުވާލެވިފައެވެ.

 

އެވޯޑު ދެވޭ ފަރާތްތައް ހޮވުމަށް ހަމަޖެހިފައިވަނީ، މި މިނިސްޓްރީގެ ފަރާތުން އެކުލަވާލާ ކޮމިޓީއަކުންނެވެ.

މި އެވޯޑަށް އެދި ހުށަހަޅާ ފަރާތްތަކުން ހުށަހަޅަންޖެހޭ ތަކެތި:

  • ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމް
  • އެޕްލިކޭޝަނުގައި ބަޔާންކުރާ ކަންތައްތަކުގެ ސައްހަކަން އަންގައިދޭ ލިޔުންތައް
  • ނޮމިނޭޓް ކުރާނަމަ އެފަރާތުގެ ސިޓީ
  • އެވޯޑަށް ހުށަހަޅާ ފަރާތުގެ ވަނަވަރު
  • އެވޯޑަށް ހުށަހަޅާ ފަރާތުގެ އައި.ޑީ.ކާޑުގެ ކޮޕީ
  • އެވޯޑަށް ކުރިމަތިލާ ދާއިރާގައި ކޮށްފައިވާ މަސައްކަތުގެ ތަފްސީލު ހޯދުމަށް ދެ ބޭފުޅެއްގެ ހެކިކޮށްދޭ ލިޔުމެއް

 

މި އެވޯޑަށް ކުރިމަތިލާނީ އެވޯޑަށް ހުށަހަޅާ ފޯމުންނެވެ. އެވޯޑަށް ހުށަހަޅާ ފޯމާއި އެވޯޑު އުސޫލު އަދި މާކުސް ދިނުމުގައި ބަލާނެ މިންގަނޑުތައް ކަނޑައަޅާފައިވާ ޖަދުވަލުތަކާއެކު، މި އިޢުލާނާއެކު އާންމުކޮށްފައިވާނެއެވެ.

އެވޯޑު ދިނުމަށް ހަމަޖެހިފައިވާ ދާއިރާތަކުގެ ޝަރުތުތައް އެކުލެވޭ ލިޔުމާއި އެޕްލިކޭޝަން ފޯމް މިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއަރ، އުމަރު ޒާހިރު އޮފީސް ބިލްޑިންގ ގެ ކައުންޓަރުންނާއި، މި މިނިސްޓްރީގެ ވެބްސައިޓް health.gov.mvއަދި މިނިސްޓްރީގެ ދަށުން އަތޮޅުތެރޭގައި ޤާއިމް ކުރެވިފައިވާ ފެމިލީ އެންޑް ޗިލްޑްރަން ސާރވިސް ސެންޓަރުތަކުން ލިބިވަޑައިގަންނަވާނެއެވެ.

ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމުތަކާއި ގުޅުންހުރި ލިޔުންތައް މިނިސްޓްރީގެ ކައުންޓަރަށާއި އަދި މެއިލް އެޑްރެސް [email protected] އަށް ހުށަހެޅޭނެއެވެ.

 

އެވޯޑަށް ހުށަހަޅާ ދާއިރާއާ ގުޅޭގޮތުން ހުށަހަޅާ ލިޔުންތައް ފިޔަވައި އެ ދާއިރާއަކާ ނުގުޅޭ ލިޔުންތައް ހުށަނޭޅުން އެދެމެވެ.

 

މިއެވޯޑަށް ކުރިމަތި ލުމުގެ އެންމެ ފަހު ތާރީޚަކީ 30 އޯގަސްޓް 2026 ވާ އާދީއްތަ ދުވަހުގެ 13:00 އަށެވެ.

 

30 ޖުލައި 2026

30 ޖުލައި 2026
ހޯދާ