ދިވެހިރާއްޖެ
ފުނަދޫ ސްކޫލް
މިނިސްޓްރީ އޮފް އެޑިޔުކޭޝަން، ހަޔާ އެޑިޔުކޭޝަން އެންޑް ސްކިލްސް ޑިވެލޮޕްމަންޓް
ށ.ފުނަދޫ
ނަންބަރު: (IUL)GS-59-B/INDIV/2026/26
އިޢުލާން
މުށިނައްޓައި އާމުށިޖެހުމުގެ މަސައްކަތާ ބެހޭ
މި އިދާރާއިން ދޭ މަޢުލޫމާތާއި އިރުޝާދާ އެއްގޮތަށް، މި ސްކޫލުގެ ތިންބުރި އިމާރާތުގެ ފުރަތަމަ ފަންގިފިލާގެ ވޯކްވޭގައި ހުރި މުށިތައް ނައްޓައި، އަމިއްލަ ތަކެތީގައި އާމުށި ޖަހައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވިފައިވަނީ، "ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު" (ޤާނޫނު ނަންބަރު: 18/2014) ނުވަތަ "އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު" (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން 30 ޖުލައި 2026 އިން 05 އޮގަސްޓް 2026 އަށް، ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 08:00 އާއި މެންދުރުފަހު 14:00 އާ ދެމެދު ތިރީގައި ވާ "ބިޑް ރަޖިސްޓްރީ ފޯމް" ފުރިހަމަކޮށް ރަޖިސްޓްރީ ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.
"ބިޑް ރަޖިސްޓްރީ ފޯމް" ގެ ލިންކު: https://forms.gle/yhZbatn6q4LaA4Ep8
މި ޕްރޮޖެކްޓާ ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ، 05 އޮގަސްޓް 2026 ވާ ބުދަ ދުވަހުގެ 12:00 ގެ ކުރިން ތިރީގައިވާ އީމެއިލް އެޑްރެހަށް ލިޔުމުން ފޮނުއްވުމަށް ދަންނަވަމެވެ.
މަޢުލޫމާތު ދިނުމުގެ ބައްދަލުވުން 06 އޮގަސްޓް 2026 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި މި ސްކޫލުގައި އޮންނާނެއެވެ. މަޢުލޫމާތު ސާފުކުރުމަށާއި ބީލަން ހުށަހެޅުމަށް ވެރިފަރާތުގެ ބަދަލުގައި އެހެން ފަރާތެއް ފޮނުވާނަމަ، ވެރިފަރާތުގެ ސިޓީއާއި ބަދަލުގައި ހާޒިރުވާ ފަރާތުގެ އައި.ޑީ ކާޑުގެ ކޮޕީ ހުށަހަޅަންވާނެއެވެ.
ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 16 އޮގަސްޓް 2026 ވާ އާދީއްތަ ދުވަހުގެ 13:45 ގައި މި ސްކޫލުގައެވެ.
އިތުރު މަޢުލޫމާތު ރަސްމީ ގަޑިތަކުގައި ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ފުނަދޫ ސްކޫލް / ށ.ފުނަދޫ ، ދިވެހިރާއްޖެ.
ފޯން: 6540540 އީމެއިލް: [email protected]
16 ޞަފަރު 1448
30 ޖުލައި 2026
