އަރިއަތޮޅު އުތުރުބުރީ ބޮޑުފޮޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ކައުންސިލްގެ އައުޢިމާރާތުގެ ވަށާފާރު ރޭނުމަށްޓަކައި ކަނޑާލަންޖެހޭ ރުއްގަހާއިގުޅޭ
މިރަށުގައި ޢިމާރާތްކުރަމުންދާ ކައުންސިލްއިދާރާގެ އައުޢިމާރާތުގެ ގޯތީގެ ވަށާފާރު ރޭނުމަށްޓަކައި މަގުފާރަށްއަރާގޮތަށްހުރި ރުއްގަސް ކަނޑާލަންޖެހެއެވެ. މިރުއްގަސްތަކުގެ ތެރޭގައި އަމިއްލަފަރާތެއްގެ ރުކެއް ނުވަތަ ގަހެއް ވާނަމަ، އެރުކެއް ނުވަތަ ގަހެއްގެ ވެރިފަރާތުން 2026 އޮގަސްޓް 6 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން މިކައުންސިލަށް ވަޑައިގެން ރުއްގަސް ކަނޑާނެގުން ނުވަތަ ބަދަލުނެގުމުގެ ކަންކަން ކުރެއްވުމަށް ދަންނަވަމެވެ.
ރުއްތަކުގެ ތަފްސީލް:-
1- ބީޗްވިޔު (ފާޠިމަތު ޝަހީމާ) ގޯތީގެ އިރުއުތުރުކަންމައްޗާ ދިމާލުގައި މެދުމިނަށްގަންނަ 1 ރުއް
2- އުދަރެސް (ޢަބްދުލް ޣަފޫރު) ގޯތީގެ އިރުއުތުރުކަންމައްޗާ ދިމާލުން މަތިވަރުހުސްވެފައިވާ 2 ރުއް
ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރަމެވެ.
30 ޖުލައި 2026
ހޯދާ
