މާޅޮސްމަޑުލު އުތުރުބުރީ ކިނޮޅަހު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގައު ކުނީގެ ބާވަތްތައް އެޅުމަށް ކުރިން ކަނޑައަޅާފައިވާ ސަރަހައްދު ބަދަލު ގެނައުން

ކުނި އުކާލުމާއި ކުނި ނައްތާލުމާއި ބެހޭ އުސޫލުގެ 3 ވަނަ މާއްދާގެ (ށ) ގެ ދަށުން އިމާރާތްތައް ތަޅާލައިގެން އުފެދޭ ގައު ކުނީގެ ބާވަތްތައް އެޅުމަށް ކުރިން ކަނޑައަޅާފައިވާ ސަރަހައްދު (ރަށުގެ އިރުމަތީކޮޅުން ތުނޑި އަދި ހުރާގަނޑާއި ގުޅޭ ސަރަހައްދުގެ އެންމެ ހަނި ހިސާބުގެ ދެކުނުފަޅި)  ބަދަލު ކުރެވިފައިވާކަން ދަންނަވަމެވެ.

                      އިމާރާތްތައް ތަޅާލައިގެން އުފެދޭ ގައު ކުނީގެ ބާވަތްތައް އެޅުމަށް މިހާރު ކައުންސިލުން ކަނޑައަޅާފައިވާ ސަރަހައްދަކީ ރަށުގެ އިރުމަތީ އުތުރުން ގޮނޑުދޮށް ހިމާޔަތް ކުރުމަށް ޖަހާފައިވާ ޖިއޯބޭގްތަކުގެ ހުޅަނގު ކޮޅު ނިމޭ ހިސާބެވެ. މިގޮތަށް ނިންމާފައިވަނީ، 22 ޖުލައި 2026 ވީ ބުދަ ދުވަހުގެ 13:15 ގައި ބޭއްވި މިކައުންސިލްގެ 05 ވަނަ ދައުރުގެ 10 (2026 ވަނަ އަހަރުގެ 10) ވަނަ ޢާންމު ބައްދަލުވުމުގެ CN-312/2026/25 ނިންމުމުންނެވެ. އިޢުލާނާއެކު ސަރައްދުގެ ޗާޓެއް އެއްކަރުދާސް ކުރެވިފައިވާނެއެވެ.

                    މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

30 ޖުލައި 2026
ހޯދާ