މުލަކަތޮޅު މުލަކު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މ. މުލަކު ކައުންސިލްގެ 4 ވަނަ ޤުރްއާން މުބާރާތް 2026

މިކައުންސިލްގެ 04 ވަނަ ޤުރްއާން މުބާރާތް 2026 ސެޕްޓޭމްބަރު 03 ވަނަ ދުވަހު ފެށުމަށް ވަނީ އިންތިޡާމް ކުރެވިފައެވެ.

ވީމާ، މި މުބާރާތް ކުރިޔަށް ގެންދާނޭގޮތް ވިލަރެސްކޮށް ފަނޑިޔާރުކަން ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މަޢުލޫމާތު ޝީޓުގައި ބަޔާންކުރެވިފައިވާ ކަންކަމަށް ރިޢާޔަތްކޮށް 2026 އޮގަސްޓް 10 ވަނަ ދުވަހުގެ 13:00އަށް މި އިދާރާއަށް ބިޑު ހުށަހެޅުއްވުން އެދެމެވެ.

ފަނޑިޔާރުންގެ ޒިއްމާއާއި މަސްއޫލިއްޔަތު: 

  • މުބާރާތުގެ ފަނޑިޔާރުކަން ކޮށްދިނުން
  • ސުވާލުތައް ތައްޔާރުކުރުން (ޑިޖިޓަލްކޮށް)
  • މާކްސް ޝީޓް ތައްޔާރުކުރުން
  • މުބާރާތުގެ ވަނަތައް ހޮވުން
  • މުބާރާތް ހިނގާދިޔަގޮތާއި، އިތުރަށް ރަނގަޅުކުރަން ހުރި ކަންކަމުގެމައްޗަށް ރިޢާޔަތްކޮށް ރިޕޯރޓެއް ތައްޔާރުކޮށް ކައުންސިލަށް ހުށަހެޅުން

   މި މުބާރާތުގެ ފަނޑިޔާރުންގެގޮތުގައި އައްޔަންކުރެވޭ ފަރާތްތަކުގެ ދަތުރުފަތުރާއި، އެކަމަޑޭޝަން ހަމަޖައްސައިދޭނީ މިކައުންސިލުންނެވެ.

30 ޖުލައި 2026
ހޯދާ