އަރިއަތޮޅު އުތުރުބުރީ ރަސްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަސްދޫ ކައުންސިލުން ބޭނުންކުރަމުންދިޔަ އިސުޒު ބްރޭންޑުގެ ޕިކަޕު ނީލަމުގައި ވިއްކާލުން:

މި ކައުންސިލުން ބޭނުންކުރަމުންދިޔަ އިސުޒު ބްރޭންޑުގެ 3 ޓަނުގެ ޕަވަގޭޓް ޕިކަޕު ނީލަމުގައި ވިއްކާލުމަށްޓަކައި އެ ފުރުޞަތު ހުޅުވާލަމެވެ.

މި ނީލަމުގައި ބައިވެރިވުމަށް ޝައުޤްވެރިވާ ފަރާތްތަކުން މި އިޢުލާނާއެކު އެއްކަރުދާސްކުރެވިފައިވާ ނީލަމަށް އަގު ހުށަހަޅާ ފޯމް ފުރިހަމަކޮށް މި ކައުންސިލްގެ އީމެއިލް [email protected] އަށް ނުވަތަ ރަސްމީ ގަޑީ މި ކައުންސިލަށް ހާޒިރުވެ ހުށަހެޅުމަށް ދަންނަވަމެވެ. މި ނީލަން ކުރިޔަށް ގެންދެވޭނީ 2026 ޖުލައި 30 ވަނަ ދުވަހުގެ 10:20 އިން ފެށިގެން، 2026 އޮގަސްޓް 13 ވަނަ ދުވަހުގެ 14:00 އަށެވެ. ނީލަމުގައި އެންމެ ފަހުން ހުށަހަޅާފައިވާ އަގު ސާފުކުރެއްވުމަށް ގުޅުއްވާނީ ރަސްމީ ގަޑީގައި 6660714 ނަންބަރު ފޯނާއެވެ.

މި ނީލަން ފެށޭ އަގަކީ 30,000.00ރ (ތިރީސްހާސް ރުފިޔާ) އެވެ. އަދި ކޮންމެ ފަހަރަކު ވެސް ހުށަހެޅޭނެ އެންމެ ކުޑައަގަކީ 2000.00ރ (ދެހާސް ރުފިޔާ) އެވެ.

މި ނީލަމުގައި ވިއްކާލުމަށް ކަނޑައަޅާފައިވާ ޕިކަޕާއި ގުޅޭ ތަފްސީލް މަޢުލޫމާތާއި ފޮޓޯ އަދި ނީލަމާއި ގުޅޭ އިތުރު މަޢުލުމާތު މި އިޢުލާނާއެކު އެއްކަރުދާސްކުރެވިފައިވާ މަޢުލޫމާތު ޝީޓުގައި ހިމެނިފައިވާނެއެވެ.

30 ޖުލައި 2026
ހޯދާ