ދިވެހިރާއްޖެ
މި އިދާރާއަށް ބޭނުންވާ ތަކެތި ގަތުމާއި ބެހޭ:
މިއިދާރާއިންދޭ މަޢުލޫމާތާއި އެއްގޮތަށް ތިރީގައި މިދަންނަވާ ތަކެތި މިއިދާރާއަށް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުން ވެއްޖެއެވެ.
- 1. ކާރޗާރ މެޝިން
- 2. ކޮމްޕްރެސަރ
- 3. 2 ހަރުގަނޑު
- 4. ޕެޓްރޯލް ޗެއިން ސޯ
މި ބިޑްގައި ބައިވެރިވެވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓްގައި ވިޔަފާރީ ރަޖިސްޓްރީ ކޮށްފައިވާ ދިވެހި ފަރާތަކަށެވެ.
އަންދާސީ ހިސާބު ހުށަހަޅާ ފަރާތްތަކުން މަޢުލޫމާތު ޝީޓުގައިވާ އެންމެހައި މަޢުލޫމާތު ހިމެނޭހެން އަންދާސީ ހިސާބު (ކޯޓޭޝަން) އަގު ހުށަހެޅުމަށް ސަމާލުކަން ދިނުން އެދެމެވެ.
މި މަސައްކަތަށް އެވޯޑްވާ ފަރާތެއް ހޮވޭނީ އިވެލުއޭޓްކުރެވޭ ކްރައިޓީރިއާގައިވާ އުޞޫލުގެ މަތިންނެވެ. އިވެލުއޭޓްކުރެވޭ ކްރައިޓީރިއާ ތިރީގައި މިވަނީއެވެ.
- އަގު % 70
- · ތަޖުރިބާ % 10
- މުއްދަތު % 10
- ވޮރަންޓީ މުއްދަތު % 10
މި އިޢުލާނާއި ގުޅިގެން ބިޑްރަޖިސްޓްރީ ކުރުމަށް 04 އޮގަސްޓް 2026 ވާ އަންގާރަ ދުވަހުގެ 10:00 ގެ ކުރިން ތިރީގައިވާ ލިންކް މެދުވެރިކޮށް ބިޑްރަޖިސްޓްރީ ކުރުމަށް ދަންނަވަމެވެ.
ލިންކް: https://forms.gle/Lfw9stViRfPDdcfC8
މިއިޢުލާނާއި ގުޅިގެން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ނޯންނާނެއެވެ. އެހެންކަމުން ރަޖިސްޓްރީ ވުމުގެ ސުންގަޑި ހަމަވަމުގެ ކުރިން މިއިޢުލާނާއި ގުޅިގެން އިތުރަށް ސާފުކުރަން ބޭނުންވާ މަޢުލޫމާތެއް ވާނަމަ އެމަޢުލޫމާތުތައް މިއިދާރާ މެދުވެރިކޮށް ސާފުކުރެއްވުމަށް ދަންނަވަމެވެ.
ބިޑް ހުށަހެޅުން، ބިޑް ބަލައިގަތުމުގެ ސެޝަން އޮންނާނީ 06 އޮގަސްޓް 2026 ވާ ބުރާސްފަތި ދުވަހުގެ 13:45ގައި މިއިދާރާގެ ކޮންފަރެންސް ހޯލުގައި ބާއްވާ އޮންލައިން މީޓިންގައެވެ. މި މީޓިންގް ލިންކް މިބިޑްގައި ރަޖިސްޓްރީ ކުރާ ފަރާތްތަކާއި ހިއްސާކުރެވޭނެއެވެ.
އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ހުވަދުއަތޮޅު އުތުރުބުރީ ދާންދޫ ކައުންސިލްގެ އިދާރާ
އަމީނީމަގު، ގއ.ދާންދޫ، ދިވެހިރާއްޖެ،
ފޯން : 6820026، 7330026
އީމެއިލް : [email protected]
މިހެންވެ މިވާހަކަ ޢާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.
