މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ
ދިވެހިރާއްޖެ
އޭ.ސީ މަރާމާތުކޮށް ބެލެހެއްޓުމާއި، އައު އޭ.ސީ ހަރުކޮށްދޭނެ ފަރާތެއް ހޯދުން

އޭ.ސީ މަރާމާތުކޮށް ބެލެހެއްޓުމާއި، އައު އޭ.ސީ ހަރުކޮށްދޭނެ ފަރާތެއް ހޯދުން

ހ.އޯކިޑް ބިލްޑިންގގެ ދޭއް، ތިނެއް، ހަތަރެއް އަދި ފަސް ވަނަ ފަންގިފިލާގައި ހިންގަމުންދާ މި އޮތޯރިޓީގެ ޑިޕާޓްމަންޓްތަކުގެ އެއާކޮންޑިޝަނަރ (އޭ.ސީ) ތަކާއި، މި އޮތޯރިޓީގެ ހުޅުމާލެ އޮފީހުގެ އޭ.ސީ.ތައް މަރާމާތުކޮށް ބެލެހެއްޓުމުގެ އިތުރުން، މި އޮތޯރިޓީގެ ހެޑް އޮފީހަށް ގަންނަ އައު އޭ.ސީތައް ހަރުކޮށް، ބައު އޭ.ސީތައް ނައްޓައިދިނުމުގެ މަސައްކަތް 1 (އެކެއް) އަހަރުދުވަހުގެ މުއްދަތަށް އެއްބަސްވުމެއްގެ ދަށުން ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައިވާ ތާވަލާ އެއްގޮތަށް މި އޮތޯރިޓީގެ 2 ވަނަ ފަންގިފިލާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

 

ތާރީޚް

ދުވަސް

ވަގުތު

މަޢުލޫމާތު ސާފުކުރުން

05 އޮގަސްޓު 2026

ބުދަ

 14:00

އަންދާސީހިސާބު ހުށަހެޅުން

11  އޮގަސްޓު 2026

 އަންގާރަ

11:00

އިތުރު މަޢުލޫމާތު ހޯއްދެވުމަށް:

 ޓެލެފޯން ނަންބަރު : 3019-663 ، 3020478 އަށް ގުޅުއްވުން އެދެމެވެ.

29 ޖުލައި 2026
ހޯދާ