ދިވެހިރާއްޖެ
ރ. ކިނޮޅަސް ސިއްޙީ މަރުކަޒު
ރ.ކިނޮޅަސް
ދިވެހިރާއްޖެ.
ނަންބަރ779/IUL/2026/03
އިޢުލާން
ރ.ކިނޮޅަސް ސިއްހީމަރުކަޒުގައި ލެބޯޓަރީގެ ޙިދުމަތްދިނުމަށް އިމާރާތުގެ މަރާމާތު ކުރަންހުރި މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށްބޭނުން ވެއްޖެއެވެ.
މިކަމަށް ޝައުޤުވެރިވާ ފަރާތްތައް 29 ޖުލައި 2026 ވާ ބުދަ ދުވަހުން ފެށިގެން 09 އޯގަސްޓް 2026 ވާ އާދީއްތަ ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން [email protected] އަށް ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރުމަށްފަހު އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. މިއިއުލާނާ ގުޅޭ ސައިޓް އިންސްޕެކްޝަން އޮންނާނީ 12 އޯގަސްޓް 2026 ވާ ބުދަ ދުވަހުގެ ހެނދުނު 10:00
ގައި ރ.ކިނޮޅަހު ސިއްހީ މަރުކަޒުގައެވެ. ސައިޓް އިންސްޕެކްޝަންގައި ބައިވެރި ނުވެވޭ ފަރާތް ތަކަށްވެސް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު އޮންނާނެއެވެ. މިއިއުލާނާއި ގުޅޭ މައުލޫމާތު ކަރުދާސް އެޓޭޗްމަންޓްގައި ގެޒެޓް ކުރެވިފައިވާނެއެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 17 އޯގަސްޓް 2026 ވާ ހޯމަ ދުވަހުގެ ހެނދުނު 10:30 ގައި ކިނޮޅަހު ސިއްޙީ މަރުކަޒު ގައެވެ.
މިއިއުލާނާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 09 އޯގަސްޓް 2026 ވާ އާދީއްތަ ދުވަހު މެންދުރު 11:00 ގެ ކުރިން [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ. އަދި ރެޖިސްޓަރ ކުރައްވާފައިނުވާ ފަރާތްތަކާއި އަންދާސީ ހިސާބު ހުށަހަޅަން ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެއަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ.
15 ޞަފަރު 1448ހ.
29 ޖުލައި 2026މ.
