ދިވެހިރާއްޖެ
ފަހި ދިރިއުޅުން ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑްގެ މުވައްޒަފުން ބޭތިއްބުމަށް އަތޮޅުތެރެއިން އެކޮމޮޑޭޝަން ހޯދުމަށް ބޭނުންވެއެވެ. މިގޮތުން މިކުންފުނިން ބޭނުންވާ ބައެއް ޝަރުތުތައް މިއިޢުލާނުގެ ތިރީގައި ބަޔާންކޮށްފައިވާނެއެވެ. ވީމާ، މިމަސައްކަތަށް ކޯޓޭޝަން ހުށަހެޅުމުގެ ދައުވަތު މިކަމަށް ޝައުގުވެރިވެލައްވާ އެންމެހާ ފަރާތްތަކަށް ހުޅުވާލަމެވެ.
- ކުއްޔަށް ހިފާ ތަނުގައި ހުންނަން ޖެހޭ މުހިންމު ޝަރުތުތައް
- ރިކުއާމަންޓް (TOR) މިއުލާނާއި އެކު އެޓޭޗް ކުރެވިފައިވާނެއެވެ.
- ކޯޓޭޝަނާއެކު ހުށަހަޅަންޖެހޭ ތަކެތި
- ކޯޓޭޝަން (ކުއްޔަށް ދޭ މުއްދަތުގެ ގޮތުގައި 1 އަހަރު، މަހުކުލީގެ ޢަދަދު، ފެނާއި ކަރަންޓް މަހުކުލީގެ ތެރޭގައި ހިމެނިފައިވާކަން އަދި ސެކިއުރިޓީ ޑިޕޮސިޓެއް ނަގާނަމަ އެ ޢަދަދު ހިމަނާފައިވުން)
- ކުންފުންޏަކުން ހުށަހަޅާނަމަ ކުންފުނީގެ ރަޖިސްޓްރޭޝަން ކޮޕީ
- އަމިއްލަ ފަރާތަކުން ހުށަހަޅާނަމަ އައި.ޑީ ކާޑް ކޮޕީ
- ޖީ.އެސް.ޓީ ރެޖިސްޓްރޭޝަން ކޮޕީ (ޖީ.އެސް.ޓީ ރަޖިސްޓާޑް ފަރާތެއް ނަމަ)
- މަޢުލޫމާތު ހިއްސާކުރާނެ އީމެއިލް އެޑްރެސް އަދި ގުޅޭނެ ފަރާތެއްގެ ނަމާއި ނަންބަރ
- ކުއްޔަށްދޭ ތަނުގެ ކުލަ ފޮޓޯ
- ވެރިފަރާތް ނޫން އެހެން ފަރާތަކުން ކުއްޔަށްދޭ ތަނެއްނަމަ، އެފަރާތަކީ އެތަން ކުއްޔަށް ދޫކުރެވޭނެ ފަރާތެއްކަން އަންގައިދޭ ސައްހަ ލިޔުމެއް
- އިވެލުއޭޝަން ކްރައިޓީރިއާ
މި ކަރުދާހުގައި ކުއްޔަށްދޭ ފަރާތުގެ އަދި ކުއްޔަށްދޭތަނުގައި ހުންނަން ޖެހޭނެކަމަށް ބަޔާންކުރާ އެންމެހައި ކަންކަން ފުރިހަމަ ވާންވާނެއެވެ. އަދި ތަން ޙަވާލު ކުރާއިރު ފުރިހަމަވެފައި ހުންނަން ޖެހޭނެކަމަށް ބަޔާންކުރާ އެންމެހައި ކަންކަން ފުރިހަމަވާނެކަން ކަށަވަރުކޮށްދޭން ވާނެއެވެ. އަދި ތަން ޙަވާލު ކުރާނެ ތާރީޚް ކޯޓޭޝަނުގައި ބަޔާންކޮށްފައި އޮންނަންވާނެއެވެ.
|
ކްރައިޓީރިއާ |
މާކްސްދެވޭ އިންސައްތަ |
|
އަގު (މަހުކުލީގެ ޢަދަދު، ފެނާއި ކަރަންޓް މަހުކުލީގެ ތެރޭގައި ހިމެނިފައިވާކަން) |
80% |
|
ސެކިއުރިޓީ ޑިޕޮސިޓް |
10% |
|
ކުއްޔައްދޭ ތަނުގެ ހާލަތު |
10% |
- ތާވަލް
|
ތަފްސީލް |
ތާރީހް |
ގަޑި |
ތަން |
|
މައުލޫމާތު ސާފުކުރުން
|
3 އޮގަސްޓު 2026 |
10:00ގެ ކުރިން |
[email protected]އަށް މެއިލްގެ ޒަރިއްޔާއިން |
|
ކޯޓޭޝަން ހުށައެޅުން
|
4 އޮގަސްޓު 2026 |
14:15 ގެ ކުރިން |
[email protected] އަށް މެއިލްގެ ޒަރިއްޔާއިން |
[email protected] ފިޔަވައި އެހެން އީމެއިލް އެޑްރެހަށް ފޮނުވާ ކޯޓޭޝަންތައް އަދި ސުންގަޑީގެ ފަހުން ހުށަހަޅާ ކޯޓޭޝަންތައް ބަލައެއް ނުގަނެވޭނެއެވެ. ސުންގަޑި ހަމަވުމަށްފަހު ހުށަހަޅާ ކޯޓޭޝަންތަކާއި، މައުލޫމާތު ފުރިހަމަނުވާ ކޯޓޭޝަންތައް ބާތިލުކުރެވޭނެއެވެ. މީގެއިތުރުން ކޯޓޭޝަންތައް އީމެއިލް ކުރާއިރު އެއީ ކޮންތަނެއްކަން (ހުށަހަޅާ ރަށް) އިނގޭނެ ގޮތަށް އީމެއިލް ފޮނުއްވުން އެދެމެވެ.
ހުށަހެޅޭ އަގުތަކާއި، ފޮޓޯތަކަށް ބެލުމަށް ފަހު މި ކޯޕަރޭޝަނުން ޚިޔާރުކުރާ ފަރާތަކާއިއެކު އެއްބަސްވުމެއްގެ ދަށުން ތަން ކުއްޔަށް ހިފުމުގެ އެންމެހާ ކަންތައްތަކަށް ޢަމަލު ކުރެވޭނެއެވެ.
