އަރިއަތޮޅު ދެކުނުބުރީ މަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދަތުރު ކުރާނެ އުޅަނދެއް ހޯދަން ބޭނުންވެއްޖެ

       ކައުންސިލް ޤުރުއާން މުބާރާތް 1448ގެ ފަނޑިޔާރުކަން ކޮށްދިނުމަށްޓަކައި ގެނައުމަށް ހަމަޖެހިފައިވާ 03 (ތިން) ޖަޖުން ދަތުރުކުރާނެ އުޅަނދެއް ހޯދަން ބޭނުންވެއްޖެއެވެ. އެގޮތުން ދަތުރުކުރުމަށް ހަމަޖެހިފައިވަނީ އދ.މިހިބަދޫއިން ޖަޖުން ގެނައުމަށްފަހު މުބާރާތް ނިމުމުން ހަމަ އެދުވަހު މަހިބަދޫއަށް ގެނދާގޮތަށެވެ. އެހެންކަމުން މިދެންނެވި ދަތުރު ކޮށްދެވޭނެ އެކަށީގެންވާ ހިޔާގަނޑުޖެހި ސްޕީޑް ލޯންޗެއް ހޯދުމަށް މިކައުންސިލުން ބޭނުންވެއެވެ.

ވީމާ، މިދަތުރު ކޮށްދެއްވުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 05 އޮގަސްޓް 2026 ވާ ބުދަ ދުވަހުގެ 12:00 ގެ ކުރިން އުޅަނދުގެ މަޢުލޫމާތާއި ދަތުރު ކޮށްދެވޭނެ އަގު ބަޔާންކޮށް ސިޓީއަކުން ނުވަތަ ކޯޓޭޝަންއަކުން މިއިދާރާއަށް އަންގަވައިދެއްވުން އެދެމެވެ.

          ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރަމެވެ.

29 ޖުލައި 2026
ހޯދާ