މާޅޮސްމަޑުލު އުތުރުބުރީ އިންނަމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބަނދަރު ބެލެހެއްޓުމުގެ ޤަވާއިދާއި ގުޅޭ :

އިޢުލާން

ބަނދަރު ބެލެހެއްޓުމުގެ ޤަވާއިދާއި ގުޅޭ :

ޤާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު) ގެ 151 ވަނަ މާއްދާއިން ބާރު ލިބިގެން އެމާއްދާގެ (ހ)އަށް ރިއާޔަތްކޮށް ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ މަޝްވަރާއާއިއެކު މާޅޮސްމަޑުލު އުތުރުބުރީ އިންނަމާދޫ ބަނދަރު ބެލެހެއްޓުމަށް 27 ނޮވެމްބަރު 2013ގައި ދިވެހި ސަރުކާރުގެ ގެޒެޓްގައި ސާއިއުކޮށްފައިވާ 2013/R-804 (ޤަވާއިދުގެ 4 ވަނަ މާއްދާއާއި 5 ވަނަ މާއްދާގެ ދަށުން އެކުލަވާލާފައިވާ މާޅޮސްމަޑުލު އުތުރުބުރީ އިންނަމާދޫ ބަނދަރާއި ބަނދަރު ސަރަޙައްދުގައި އުޅަނދު ފަހަރު) އަޅާފައި ބޭއްވުމާއި ބެހޭ ގޮތުން ދަންނަވަމެވެ.

ޙަވާލާދެވުނު ޤަވާއިދުގެ ފީނެގުމުގެ އުސޫލުތަކާއި އުޅަނދުފަހަރު އަޅާފައި ބޭއްވުމުގެ އުސޫލުތައް ހަނދާން ކޮށް ދިނުމުގެ ގޮތުން އަންގާ އިޢުލާނުކުރަމެވެ.

(ހ) ކަނޑުގައި ދުއްވާ އުޅަނދުފަހަރު މުދާ ބަރުކުރުމަށާއި މުދާ ބޭލުމަށް ނުވަތަ އެނޫންވެސް ބޭނުމަކު ކައުންސިލުން ކަނޑައަޅާފައިވާ ވަގުތަށްވުރެ އިތުރަށް ބަނދަރުގައި ތޮށިގަނޑުގެ ދިގަށް ތޮށިގަނޑާއި ކައިރިކޮށްފައި ބާއްވަން ވާނީ ކައުންސިލުން ހުއްދަ ހޯދައިގެންނެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން މުދާ އަރުވާ ބޭލުމަށް 69-1 ފޫޓުގެ އުޅަނދުފަހަރު ފީ ނުދައްކާ ބޭއްވޭނީ 48 (ސާޅީސް އަށެއް) ގަޑިއިރަށެވެ.

(ނ) މިމާއްދާގެ (ހ) ގެ ދަށުން މުދާ އަރުވާ ބޭލުމަށް  119-70 ފޫޓުގެ އުޅަނދުފަހަރު ފީ ނުދައްކާ ބޭއްވޭނީ ގިނަވެގެން 72 (ހަތްދިހަ ދެ) ގަޑިއިރަށެވެ.

(ރ) މިމާއްދާގެ (ހ) ދަށުން މުދާ އަރުވާ ބޭލުމަށް 120 ފޫޓަށް ވުރެ ދިގު އުޅަނދު ފީ ނުދައްކާ ބޭއްވޭނީ 48 (ސާޅިސް އަށެއް) ގަޑިއިރަށެވެ.

(ބ) މިމާއްދާގެ ދަށުން (ށ) އަދި (ނ) އަދި (ރ) ގައި ބަޔާން ކޮށްފައިވާ ވަގުތައް ވުރެ އިތުރުވާ ވަގުތައް ފީ ނެގޭނީ ތިރީގައިވާ އުސޫލުންނެވެ.

  1. 69 ފޫޓަށްވުރެ  ކުރު އުޅަނދު ފަހަރުން ފީ ނެގޭނީ ކޮންމެ ގަޑިއިރަކަށް 8/50 (އަށްރުފިޔާ ފަންސާސްލާރި) ގެ މަގުންނެވެ.
  2. 70 ފޫޓާއި 99 ފޫޓާއި ދެމެދު އުޅަނދު ފަހަރުން ފީ ނެގޭނީ ގަޑިއިރަކަށް 12/50 ( ބާރަ  ރުފިޔާ ފަންސާސްލާރި) ގެ މަގުންނެވެ.
  3. 100 ފޫޓަށް ދިގު އުޅަނދުފަހަރުން ފީނެގޭނީ ކޮންމެ ގަޑިއިރަކަށް 16/50 (ސޯޅަރުފިޔާ ފަންސާސްލާރި) ގެ މަގުންނެވެ.
  4. މުދާ އަރުވާ ބޭލުމަށްފަހު އެއުޅަނދެއް ތޮށިގަނޑު ކައިރީގައި ބާއްވަން ވާނީ ތޮށިގަނޑުގެ ހުރަހަށެވެ.

(ކ) ސިމެންތި، ހިލަ، ހިލަވެލި ،ދޮންވެލި، އަކިރި ފަދަ ތަކެތި ބަހައްޓަން ވާނީ ކައުންސިލުން ކަނޑައަޅާ ސަރަޙައްދެއްގައި ސަތަރި ނުވަތަ ތަރުފާލު އަޅައިގެންނެވެ. އަދި މިފަދަ ތަކެތި ނަގާ ނިންމާ ސަރަޙައްދު ރަނގަޅަށް ސާފުކޮށް ކައުންސިލަށް ދައްކަން ވާނެއެވެ.

ބަނދަރު ސަރަޙައްދުގައި އޮޑިދޯނިފަހަރު މަރާމާތު ކުރަންވާނީ ކައުންސިލުން ލިޔުމުން ހުއްދަ ހޯދައިގެން ކައުންސިލުން ކަނޑައަޅާފައިވާ އުސޫލާއި އެއްގޮތަށް، އެއްބަސް ވެގެންނެވެ. މިގޮތުން ކުރެވޭ މަރާމާތުގެ މަސައްކަތަށް ކަރަންޓް ދޫކުރާނީ ކައުންސިލުންނެވެ. މިނޫންގޮތަކަށް ބަނދަރު ސަރަޙައްދުގައި އެކި ސަރަޙައްދުތަކުން ވާގަނޑު ދަމައިގެން ކަރަންޓް ބޭނުންކުރުމަކީ މަނާ ކަމެކެވެ.

މުޖުތަމައުގެ ހަމަޖެހުމާއި ސުލްޙަ މަސަލަސްކަން ދެމެހެއްޓުމަށް ހެދިފައިވާ ޤާނޫނުތަކާއި ޤަވާއިދުތަކަށް ރައްޔިތުން އަހުލުވެރިވުމަކީ، އިޖުތިމާއީ ގޮތުން އެތަނެއް ކުރިއަރައިގެން ދިއުމުގެ މައިގަނޑު އެއް އަސާސް ކަމަށްވާތީ އާއި ކިޔަމަންތެރި މުޖުތަމައުއެއް ބިނާކުރުމަށް، ކައުންސިލުން ކުރަމުންގެންދާ މަސައްކަތުގައި ހުރިހާ ރައްޔިތުންގެ އެހީތެރިކަމާއި އެއްބާރުލުން އިންތިހާއަށް ބޭނުންވާ ކަމުގައި ދަންނަވަމެވެ. އަދި މިފަދަ ކަންކަމުގައި މިހާރުވެސް ރައްޔިތުން ގެންގުޅުއްވާ ރީތި އާދަކާދަތައް    ދަމަހައްޓަވާކަމީ، އަންނަން އޮތް ޖީލުތަކަށް އެކަމުގެ ފުރިހަމަ ފައިދާ ކުރަނިވި ކަންކަމެވެ.

މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

29 ޖުލައި 2026
ހޯދާ