މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
1000 ލެބޯރަޓްރީ އެސިސްޓަންޓުން އަދި 100 ރޭޑިޔޯގްރަފީ އެސިސްޓަންޓުން ތަމްރީނުކުރުމުގެ ޕްރޮގުރާމް

އިޢުލާން

މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ހިންގާ 1000 ލެބޯރަޓްރީ އެސިސްޓަންޓުން އަދި 100 ރޭޑިޔޯގްރަފީ އެސިސްޓަންޓުން ތަމްރީނުކުރުމުގެ ޕްރޮގުރާމަށް ބައިވެރިން ހޯދުން

"ކޮންމެ ޒުވާނަކީ ހުނަރުވެރި ޒުވާނަކަށް ހެދުން" ސިޔާސަތުގެ ދަށުން މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ހިންގުމަށް ރާވާފައިވާ 1000 ލެބޯރަޓްރީ އެސިސްޓަންޓުން އަދި 100 ރޭޑިޔޯގްރަފީ އެސިސްޓަންޓުން ތަމްރީނުކުރުމުގެ ޕްރޮގްރާމް ފެށުމަށް ވަނީ ހަމަޖެހިފައެވެ. މި ޕްރޮގްރާމްގެ ދަށުން ނޭޝަނަލް ސެޓްފިކެޓް 04 އަދި ނޭޝަނަލް ސެޓްފިކެޓް 03 އިން ލެބޯރަޓްރީ އެސިސްޓަންޓް އަދި ރޭޑިޔޯގްރަފީ އެސިސްޓަންޓް ޓްރެއިނިންގ ކޯހުގައި ބައިވެރިވުމުގެ ފުރުސަތު އާންމުކޮށް ހުޅުވާލަމެވެ. މި ޕްރޮގްރާމުގައި ބައިވެރިވާ ފަރާތްތަކަށް ބޭނުންވާ ޢަމަލީ ތަޖުރިބާ ހޯދުމަށް ހަމަޖެހިފައިވަނީ ހޮސްޕިޓަލެއްގެ ނުވަތަ ހެލްތު ސެންޓަރެއްގެ ތަމްރީނުވެފައިވާ ސުޕަވައިޒަރެއްގެ ބެލުމުގެ ދަށުން މަސައްކަތްކޮށްގެންނެވެ. މި ޕްރޮގްރާމް ފުރިހަމަކޮށް، ފާސްވާ ފަރާތްތަކަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ގަބޫލުކުރާ ލެވެލް 4 ނުވަތަ 3 ގެ ސަނަދެއް ދެވޭނެއެވެ.

ވީމާ، މި ޕްރޮގްރާމުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން އެޕްލިކޭޝަން ފޯމު ހުށަހެޅުއްވުން އެދެމެވެ.

ކޯހުގެ ފީ:

މި ޕްރޮގްރާމުގެ ދަށުން ކޯހަށް ހޮވޭ ދަރިވަރުންނަކީ ސްޕޮންސަރ ކުރެވިފައިވާ ދަރިވަރުންނަށްވާތީ، ކޯހުގެ ފީ ދައްކާކަށް ނުޖެހޭނެއެވެ.

ކޯހުގެ ނަން

ފުރުޞަތު ހުޅުވާލެވިފައިވާ އަދަދު

ކޯހުގައި ބައިވެރިވުމުގެ ޝަރުޠު

ކޯހުގެ މުއްދަތު

ނޭޝަނަލް ސެޓްފިކެޓް 3 އިން ލެބޯރަޓްރީ އެސިސްޓަންޓް

 

1000

 

ގްރޭޑް 10 ފުރިހަމަކޮށްފައިވުން

 

04 މަހާއި 06 މަހާ ދެމެދުގެ މުއްދަތެއް.

ނޭޝަނަލް ސެޓްފިކެޓް 4 އިން ލެބޯރަޓްރީ އެސިސްޓަންޓް

  1. ސާނަވީ އިމްތިޙާނަކުން 03 މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން؛ ނުވަތަ
  2. އެމް.އެން.ކިއު.އެފް. ލެވެލް 03 ގެ ސަނަދެއް  ހާސިލުކޮށްފައިވުން؛ ނުވަތަ
  3. އުމުރުން 18 އަހަރު ފުރި، ގްރޭޑް 10 ނިމިފައިވުމާއެކު 01 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ހުރުން.

08 މަހާއި 01 އަހަރާ ދެމެދުގެ މުއްދަތެއް.

 

ނޭޝަނަލް ސެޓްފިކެޓް 3 ރޭޑިޔޯގްރަފީ އެސިސްޓަންޓް

 

 

100

ގްރޭޑް 10 ފުރިހަމަކޮށްފައިވުން

 

04 މަހާއި 06 މަހާ ދެމެދުގެ މުއްދަތެއް.

ނޭޝަނަލް ސެޓްފިކެޓް 4 ރޭޑިޔޯގްރަފީ އެސިސްޓަންޓް

  1. ސާނަވީ އިމްތިޙާނަކުން 03 މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން، ނުވަތަ
  2. އެމް.އެން.ކިއު.އެފް. ލެވެލް 03 ގެ ސަނަދެއް  ހާސިލުކޮށްފައިވުން؛ ނުވަތަ
  3. އުމުރުން 18 އަހަރު ފުރި، ގްރޭޑް 10 ނިމިފައިވުމާއެކު 01 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ހުރުން.

08 މަހާއި 01 އަހަރާ ދެމެދުގެ މުއްދަތެއް.

 

ހުށަހަޅަންޖެހޭ ލިޔުންތައް:

ހ- ޕްރޮގްރާމުގައި ބައިވެރިވުމަށް އެދޭ ފޯމު (ފުރިހަމަ ކުރެވިފައިވާ)

ށ- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގައި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް (ރަސްމީ ފަރާތަކުން އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖަހާފައިވާ)

ނ- ތަޢުލީމީ ސަނަދުތަކުގެ ކޮޕީ (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ވެލިޑޭޓްކޮށް، ރަސްމީ ފަރާތަކުން އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖަހާފައިވާ)

ރ- ކުރިން ވަޒީފާއެއް އަދާކޮށްފައިވާނަމަ، ރެފަރެންސް ލެޓަރ

ބ. ވަޒީފާ އަދާކުރާ ފަރާތެއްނަމަ، މި ކޯސް ހެދުމަށް ވީއްލާނެކަމުގެ ލިޔުން

ތަކެތި ހުށަހަޅަންޖެހޭ އޮފީސް:

މި ތަމްރީން ޕްރޮގްރާމްގައި ބައިވެރިވުމަށް ޝައުޤުވެރިވެލައްވާ ބޭފުޅުން، ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅުއްވާނީ ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިޔުކޭޝަން އެންޑް ޓްރެއިނިންގ އޮތޯރިޓީ / ޣާޒީ ބިލްޑިންގ (ގްރައުންޑް ފްލޯރ) ނުވަތަ [email protected]  އަށެވެ.

ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ 2016 ފެބުރުވަރީ 29 ވަނަ ދުވަހުގެ 14:00 ގެ ކުރިން.

އެޕްލިކޭޝަން ފޯމު ލިބިވަޑައިގަންނަވާނީ:

  1. މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ވެބްސައިޓް: www.moe.gov.mv              
  2. ޓިވެޓް އޮތޯރިޓީގެ ވެބްސައިޓް: www.tvet.gov.mv

ނޯޓް:

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން މި އޮތޯރިޓީގެ ނަންބަރު 3341313 އަދި 3341275 ފޯނަށް ގުޅުއްވުން އެދެމެވެ.  

25 ރަބީޢުލްއާޚިރު 1437

04 ފެބުރުވަރީ 2016
ހޯދާ