މާޅޮސްމަޑުލު ދެކުނުބުރީ ކިހާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލް އޮފިސަރގެ މަޤާމަށް މުވައްޒަފަކު ހޯދުން (J-424632)

 

މަޤާމު:

ކައުންސިލް އޮފިސަރ

މަޤާމުގެ ނަންބަރު:

J-424632

ބޭނުންވާ އަދަދު:

01 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

ރޭންކް:

ޕަބްލިކް ސަރވިސް ރޭންކް 5

މަޤާމުގެ ކްލެސިފިކޭޝަން:

-

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މާޅޮސްމަޑުލު ދެކުނުބުރީ ކިހާދޫ ކައުންސިލްގެ އިދާރާ، ބ.ކިހާދޫ

ރަސްމީ މަސައްކަތު ވަގުތު:

ހަފްތާއަކު 05 ދުވަހު، ދުވާލަކު 06 ގަޑިއިރު

މުސާރަ:

މަހަކު 9,495.00 ރުފިޔާ

އެހެނިހެން އެލަވަންސް:

  1. މަޤާމުގެ އެލަވަންސް: މަހަކު 2,850.00 ރުފިޔާ
  2. ހާޒިރީ އެލަވަންސް :  ހާޒިރުވާ ކޮންމެ ދުވަހަކަށް 75.00 ރުފިޔާ
  3. ސިވިލް ސަރވިސް މުވައްޒަފުންނަން ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
  4. ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒު ކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ، އެފަދަ ނިންމުންތައް ތަންފީޒު ކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހައި ކަންތައް ސެކްރެޓަރީ ޖެނެރަލްގެ ނުވަތަ ސުޕަވައިޒަރުގެ ލަފަޔާ އިރުޝާދުގެ މަތިން ކުރުން.
  2. ކައުންސިލްގެ ބެލުމުގެ ދަށުގައިވާ މިސްކިތު މުވައްޒަފުން އަދި ޕްރީސްކޫލް ޓީޗަރުންގެ މަސައްކަތް ސްޕަވައިޒްކުރުން.
  3. ކައުންސިލްގެ ބެލުމުގެ ދަށުގައިވާ މިސްކިތް ސާފުކޮށް ބެލެހެއްޓުމަށް ބޭނުންވާނެ އެންމެހާ ތަކެތި، އަދި ޕްރީ ސްކޫލަށް ބޭނުންވާ އެންމެހާ ތަކެތި ހޯދިފައި ހުރިކަން ކަށަވަރުކުރުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތެއް ކުރުން.
  4. ކައުންސިލްގެ ބެލުމުގެ ދަށުގައިވާ މިސްކިތަށް ބޭނުންވާ މަރާމާތުތައް ބަލައި، މަރާމާތުތައް ކުރިޔަށް ގެންދިއުމަށް އިދާރީގޮތުން ކުރަންޖެހޭ މަސައްކަތްކުރުން.
  5. ކައުންސިލްގެ ބެލުމުގެ ދަށުގައިވާ ޕްރީސްކޫލްގައި އެންމެހާ ހަރަކާތްތައް ރޭވުމާއި ކުރިޔަށް ގެންދިއުމުގައި ޕްރީސްކޫލް ޓިޗަރުންނަށް ދޭންޖެހޭ އެއްބާރުލުން ދިނުމާއި އިދާރީ ގޮތުން ކުރަންޖެހޭ މަސައްކަތްކުރުން.
  6. ކައުންސިލްގެ ބެލުމުގެ ދަށުގައިވާ ޕްރީސްކޫލަށް ކުދިން ވެއްދުމާއި، ވަކިކުރުމުގެ މަސައްކަތަށް އިދާރީގޮތުން ކުރަންޖެހޭ މަސައްކަތްކުރުން.
  7. ޕްރީސްކޫލް އިމާރާތަށް ބޭނުންވާ މަރާމާތުތައް ބަލައި، މަރާމާތުތައް ކުރިޔަށް ގެންދިޔުމަށް އިދާރީ ގޮތުން ކުރަންޖެހޭ މަސައްކަތްކުރުން.
  8. ރަށުގައި ކަށުކަމާކެމީގެ އިންތިޒާމްތައް ހަމަޖެއްސުމަށް ބޭނުންވާނެ އެންމެހާ ތަކެތި ހަމަކޮށް، ކަށުކަމާކެމީގެ ކަންތައްތައް ހަމަޖެއްސޭނެކަން ކަށަވަރުކުރުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތެއް ކުރުން.
  9. ރަށުގެ އާބާދީގެ ތަފާސް ހިސާބުތައް ބެލެހެއްޓުމާއި، އާންމުކުރުމަށް ކުރަންޖެހޭ މަސައްކަތްކުރުން.
  10. ރަށުގައި ދިރިއުޅޭ ޙާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ ދަފްތަރު އެކުލަވާލައި، އަދާހަމަކޮށް ބެލެހެއްޓުން.
  11. ކައުންސިލްގެ އިދާރާއިން ކުރިޔަށް ގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި، އޮފީހުގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ހަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން.
  12. ރަށުގެ އިޖްތިމާއީ ދުޅަހެޔޮކަށް އިތުރުކުރުމަށް ހޭލުންތެރިކަމުގެ ޕްރޮގްރާމްތައް ކުރިޔަށް ގެންދިއުމަށް އިދާރީ ގޮތުން ކުރަންޖެހޭ މަސައްކަތްކުރުން.
  13. އިދާރާއިން ކަނޑައަޅާގޮތަކަށް އިދާރާ ހުޅުވުމާއި، ބަންދުކުރުމުގެ މަސައްކަތްކުރުން.

މަޤާމުގެ ޝަރުޠުތައް:

1. މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ޑިޕްލޮމާ ނުވަތަ ލެވެލް 6 ގެ / އެޑްވާންސް ޑިޕްލޮމާ/ އެސޯސިއޭޓް ޑިގްރީ ހާސިލުކޮށްފައިވުން.

މަޤާމުގެ ތަޢުލީމީ ރޮނގުތައް: ސިވިލް ސަރވިސް ކޮމިޝަނުން އާންމުކޮށްފައިވާ "ކައުންސިލް އޮފިސަރުންގެ މަޤާމުތަކުގެ ތަޢުލީމީ ރޮނގުތައް" ގައި ހިމެނޭ ތަޢުލީމީ ދާއިރާތައް

މަޤާމުގެ މަސައްކަތުގެ ދާއިރާތައް:

1. އެޑްމިނިސްޓްރޭޝަނާގުޅޭ ފަންނީ މަސައްކަތްތަކާއި ދިރާސާ ކުރުމުގެ މަސައްކަތްތަކާއި އިދާރީ މަސައްކަތްތައް

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)  https://www.csc.gov.mv/download/2023/51/Annex%202%20-%20Application%20form1pnd4eve.a2u.docx
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

އަސާސީ ޝަރުޠު ހަމަވުން

30

އަސާސީ ޝަރުޠަށް ވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު

5

ކޯ ނުވަތަ ޕްރިފަރޑް ޑިސިޕްލިންއާ ގުޅޭ ސަނަދަށް ދެވޭ ޕޮއިންޓް

5

އަސާސީ ޝަރުޠަށް ވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ

5

އެސެސްމަންޓް (އިމްތިހާނު ނުވަތަ ޕްރެކްޓިކަލް)

20

އިންޓަރވިއު

35

 

 

 

 

 

 

 

 

މަޤާމަށް އައްޔަންކުރެވޭނީ ވަޒީފާއަށް އެދިފައިވާ ފަރާތަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ޖުމުލަ 60 އިން ފެށިގެން މަތިން ޕޮއިންޓު ލިބިފައިވާ ނަމައެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 06 އޮގަސްޓް 2026 ގެ 14:00 ގެ ކުރިން، މާޅޮސްމަޑުލު ދެކުނުބުރީ ކިހާދޫ ކައުންސިލްގެ އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 16 އޮގަސްޓް 2026 އާއި 20 އޮގަސްޓް 2026 އާ ދެމެދު، ކިހާދޫ ކައުންސިލްގެ އިދާރާ ގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 4001060 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް > "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.

 

29 ޖުލައި 2026
ހޯދާ