ދިވެހިރާއްޖެ
މިކޯޓަށް ހުށަހެޅޭ މައްސަލަތަކާއި ގުޅިގެން ޝަރުޢީގޮތުން އަގުކުރަންޖެހޭ ތަންތަނާއި ތަކެތި އަގުކުރުމަށްޓަކައި އަގުކޮމިޓީގެ މެމްބަރުންގެ ދަފްތަރެއް، 03 (ތިނެއް) އަހަރުގެ މުއްދަތަށް އެކުލަވާލަން ބޭނުންވެއެވެ. މިގޮތުން އަގުކޮމިޓީގައި ހިމެނިގެން އަގުކުރުމުގެ މަސައްކަތްކުރާ ކޮންމެދުވަހަކަށް 300.00 (ތިންސަތޭކަ) ރުފިޔާގެ ރޭޓުން އުޖޫރައެއް ދެވޭނެއެވެ.
ވީމާ، ލިޔަންކިޔަން ދަތުމާއެކު، ގޯތިގެދޮރާއި އެހެންވެސް އެފަދަ ތަންތަނާއި ތަކެތި އަގު ކުރުމުގެ ފަންނީ މަޢުލޫމާތު ލިބިފައިވާ، އުމުރުން 18 އަހަރުން މަތީގެ ފަރާތްތަކުން، އަގުކޮމިޓީގެ މެމްބަރުކަމަށް އެދޭ ފޯމް ފުރިހަމަކުރުމަށްފަހު އައިޑީކާޑް ކޮޕީއާއިއެކު 2026 އޯގަސްޓް 06 ވަނަ ދުވަހުގެ 13:30 ގެ ކުރިން މިކޯޓަށް ހުށަހެޅުއްވުން އެދެމެވެ. މެއިލް މެދުވެރިކޮށް ފޮނުވަން ބޭނުންވާ ފަރާތްތަކުން [email protected] އަށް މެއިލްކުރެއްވުން އެދެމެވެ.
މިކޯޓުގެ ނަންބަރު:554-A/2026/11 އިޢުލާނާއި ގުޅިގެން އަގުކޮމިޓީގެ މެމްބަރުކަމަށް އެދި ލިޔުންތަށް ހުށަހަޅާފައިވާ ފަރާތްތަކުން އަލުން ލިޔުންތަށް ހުށަހަޅަން ނުޖެހޭނެވާހަކަ މަޢުލޫމާތައްޓަކައި ދެންނެވީމެވެ.
