މިލަދުންމަޑުލު ދެކުނުބުރީ ހެނބަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހެނބަދޫ "މަސްކަޑަ" އަށް ކަރަންޓް ކޭބަލް ވަޅުލުމުގެ މަސައްކަތްކުރުމާއި ގުޅޭ

އިޢުލާން

ހެނބަދޫ "މަސްކަޑަ" އަށް ކަރަންޓް ކޭބަލް ވަޅުލުމުގެ މަސައްކަތްކުރުމާއި ގުޅޭ

           ހެނބަދޫ "މަސްކަޑަ" އަށް ކަރަންޓް ކޭބަލް ވަޅުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ވީމާ މިއިދާރާއިން ފޯރުކޮށްދޭ މަޢުލޫމާތު ޝީޓާއި އެއްގޮތަށް މިމަސައްކަތް ކުރުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 02 އޮގަސްޓް 2026 ވާ އާދިއްތަ ދުވަހުގެ 12:00 ގެ ކުރިން މި އިދާރާއަށް ދުރުވެ މައުލޫމާތު ސާފުކުރެއްވުމަށްފަހު، ހަމަ އެދުވަހުގެ 13:00 އަށް އިދާރާއަށް ދުރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

             މައުލޫމާތު ސާފުނުކުރައްވާ ފަރާތްތަކުގެ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ މައުލޫމާތައްޓަކައި ދެންނެވީމެވެ. އަދި މައުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި އެހެން ބޭފުޅަކު ފޮނުވާނަމަ އެއީ ބަދަލުގައި ފޮނުއްވި ފަރާތެއްކަން އެނގޭފަދަ ލިޔުމަކާއިއެކު ފޮނުއްވުމަށްވެސް ދަންނަވަމެވެ. މަޢުލޫމާތު ޝީޓު އަދި އަގު ހުށަހަޅާ ފޯމު މި އިދާރާގެ ކައުންޓަރއިން ލިބެން ހުންނާނެ ވާހަކަ ދަންނަވަމެވެ. މިކަމާގުޅޭ، އިތުރު މައުލޫމާތު ސާފުކުރަން ބޭނުންފުޅުވާނަމަ، ކައުންސިލް އިދާރާގެ ނަންބަރު (ފޯން: 6560018) އަށް ގުޅުއްވާ މައުލޫމާތު ސާފުކުރެއްވުން އެދެމެވެ. އަދި ދަންނަވަމެވެ. މި ޢިއުލާނަށް އަންދާސީ ހިސާބު ހުށަހެޅުއްވޭނީ ވިޔަފާރި ރަޖިސްޓްރީ  ކުރުމުގެ ޤާނޫނޫ (ޤާނޫނޫ ނަންބަރ : 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކޮއްފައިވާ ފަރާތްތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނޫ (ޤާނޫނޫ ނަންބަރ:19/2014)  ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކޮއްފައިވާ ފަރާތްތަކަށެވެ.

                     މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި ޢިއުލާން ކުރީމެވެ.

                                  14 ޞަފަރު 1448
28 ޖުލައި 2026
ހޯދާ