މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސަރވިސް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
އެމް.އެން.ޑީ.އެފް އިން ކުރިއަށްގެންދާ އަސްކަރީ ތަމްރިނުތަކެއް 2026 ޖުލައި 28 އިން ފެށިގެން ޖުލައި 30 ވަނަ ދުވަހުގެ ނިޔަލަށް، ސ. ހިތަދޫ، ސ. ފޭދޫ، ސ. ގަން އަދި ޏ. ފުވައްމުލަކުގެ އެއްގަމާއި ކަނޑުގެ ސަރަހައްދުތަކުގައި ކުރިއަށްގެންދިއުން
އިޢުލާން
މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) އިން ކުރިއަށް ގެންދާ އަސްކަރީ ތަމްރިނުތަކެއް 2026 ޖުލައި 28 އިން ފެށިގެން 2026 ޖުލައި 30 ވަނަ ދުވަހުގެ ނިޔަލަށް، ސ. ހިތަދޫ، ސ. ފޭދޫ، ސ. ގަން އަދި ޏ. ފުވައްމުލަކުގެ އެއްގަމާއި ކަނޑުގެ ސަރަހައްދުތަކުގައި ކުރިއަށްގެންދިއުމަށް ވަނީ ތާވަލްކުރެވިފައެވެ. މިތަމްރީނުތަކުގައި ސިފައިން ހަތިޔާރާއެކު ޙަރަކާތްތެރިވެ، ބްލޭންކްސް އަދި ޕައިރޯޓެކްނިކްސް ބޭނުންކުރުމަށް ވަނީ ހަމަޖެހިފައެވެ.
ވީމާ، މިވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.
28 ޖުލައި 2026
ހޯދާ
