ދިވެހިރާއްޖެ
އިޢުލާން
ރ. އުނގޫފާރު އިސްލާމީ މަރުކަޒުގައިހުރި ބައެއް މަރާމާތުކުރުމާއި، މަރުކަޒުގެ ދޮރުތައް އެލުމިނިއަމް ދޮރުތަކަށް ބަދަލުކޮށްދޭނެ ފަތާރެއް ހޯދަންބޭނުންވެއެވެ.
މި ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ވިޔަފާރިތަކަށެވެ.
ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހެޅުމަށް ރަޖިސްޓްރީ ކުރައްވާ، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު މިނިސްޓްރީއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
މި އިޢުލާނާއި ގުޅިގެން ބޭއްވުމަށް ހަމަޖެހިފައިވާ ސައިޓް ވިޒިޓިން 2026 އޮގަސްޓް 03 ވާ ހޯމަ ދުވަހުގެ 10:00 ގައި ރ. އުނގޫފާރު އިސްލާމީ މަރުކަޒުގައި އޮންނާނެއެވެ.
އަދި މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް މިއިޢުލާނާއި އެޓޭޗް ކުރެވިފައިވާނެއެވެ.
ބީލަމުގައި ބައިވެރިވެލައްވަން އެދޭ ފަރާތްތަކުން 2026 އޮގަސްޓް 02 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ ލިންކު މެދުވެރިކޮށް ރަޖިސްޓްރީކުރެއްވުން އެދެމެވެ.
https://forms.cloud.microsoft/r/U0BDaHFPhL
އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 2026 އޮގަސްޓް 10 ވާ ހޯމަ ދުވަހުގެ 10:00 ގައެވެ.
އަންދާސީ ހިސާބު ހުށަހެޅުމަށް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ. އިތުރު މަޢުލޫމާތު ބޭނުންފުޅުވާ ފަރާތްތަކުން 2026 އޮގަސްޓް 05 ވާ ބުދަ ދުވަހުގެ 13:00 ކުރިން [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ. ނުވަތަ 30202523020261 ނަންބަރާ ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.
