މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މަޤާމް :އެސިސްޓެންޓް ޑިރެކްޓަރ
ބޭނުންވާ އަދަދު :1

ބޭނުންވާ އަދަދު

1 (އެކެއް)

މަގާމުގެ ކްލެސިފިކޭޝަން: އެސިސްޓެންޓް ޑިރެކްޓަރ/ ސީނިއަރ ޓެކްނިކަލް އޮފިސަރ ގްރޭޑް 1

މަޤާމުގެ ރޭންކް: MS3

މުސާރަ

މަހަކު -/7035 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/2000 ރުފިޔާ

މަސައްކަތް ކުރަންޖެހޭ ތަން

މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ/ ކޭސް މެނޭޖްމަންޓް ސެކްޝަން

 

 

 

 

ތަޢުލީމާއި ތަޖުރިބާ

  1. އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓް/ ސޯޝަލް ސައިންސްގެ  ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 6 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  2. އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓް/ ސޯޝަލް ސައިންސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  3. އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓް/ ސޯޝަލް ސައިންސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  4. އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓް/ ސޯޝަލް ސައިންސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުން.
  5. އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓް/ ސޯޝަލް ސައިންސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 6 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

 

 

 

 

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  1. އަތޮޅުތަކުގައި ހުންނަ ފެމެލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރުން (އެފް.ސީ.އެސް.ސީން) ފޯރުކޮށްދޭ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ބޭނުންވާ އެޑްމިނިސްޓްރޭޓިވް/ޓެކްނިކަލް ލަފާދިނުމާއި، މަސައްކަތްތައް ވިލަރެސްކުރުން.
  2. އެފް.ސީ.އެސް.ސީތަކަށް ބޭނުންވާ ތަކެތި ހޯދުމުގައި މިނިސްޓްރީން ކުރަންޖެހޭ މަސައްކަތްތައް ހިންގައި ބެލެހެއްޓުން.
  3. އެފް.ސީ.އެސް.ސީތަކުގެ އަހަރީ ބަޖެޓު ތައްޔާރުކުމާއި، މަހުންމަހަށް ޚަރަދުކުރަންޖެހޭ ފައިސާއާ ގުޅިގެން މިނިސްޓްރީން ކުރަންޖެހޭ މަސައްކަތްތައް ވިލަރެސްކުރުން.
  4. އެފް.ސީ.އެސް.ސީތަކުގައި މަސައްކަތްކުރާ ޓެކްނިކަލް މުވައްޒަފުންގެ މަސައްކަތްތައް ސުޕަރވައިޒްކޮށް ބެލެހެއްޓުމާއި، ޓެކްނިކަލް މަސައްކަތްތަކަށް ބޭނުންވާ ފަންނީ ލަފާދިނުމާއި، ތަފާތު ޕްރޮގްރާމްތައް ހިންގުމުގައި ބޭނުންވާ އެހީތެރިކަންފޯރުކޮށްދީ، ފެސިލިޓޭޓްކޮށްދިނުން.
  5. އެފް.ސީ.އެސް.ސީތަކުގެ މަސައްކަތްތައް މޮނިޓަކޮށްކޮށް ބެލެހެއްޓުން.
  6. އެފް.ސީ.އެސް.ސީތައް ހިންގުމަށް ބޭނުންވާ ޤަވާޢިދުތަކާއި ގައިޑްލައިންތައް ތައްޔާރުކުރުމާއި، މިހާރު ހުރި ޤަވާޢިދުތަކާއި ގައިޑްލައިންތަކަށް ގެންނަށްޖެހޭ ބަދަލުތައް ގެނައުން.
  7. ސިވިލް ސަރވިސްގެ ކޯޑް އޮފް ކޮންޑަކްޓާ އެއްގޮތަށް ޢަމަލުކުރުން.
މަޤާމް :ކޮމްޕިއުޓަރ ޕްރޮގްރާމަރ
ބޭނުންވާ އަދަދު :1

ބޭނުންވާ އަދަދު

1 (އެކެއް)

މަގާމުގެ ކްލެސިފިކޭޝަން: ޓެކްނިކަލް އޮފިސަރ ގްރޭޑް 2

މަޤާމުގެ ރޭންކް: MS2

މުސާރަ

މަހަކު -/6295

ސަރވިސް އެލަވަންސް

މަހަކު -/2000

މަސައްކަތް ކުރަންޖެހޭ ތަން

މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ، އައި. ޓީ. ސެކްޝަން

 

 

 

ތަޢުލީމާއި ތަޖުރިބާ

  1. މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާއެއް ލިބިފައިވުން. ނުވަތަ؛
  2. މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  3. މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛
  4. މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 5 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

 

 

 

 

 

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  1. މިނިސްޓްރީއާއި، މިނިސްޓްރީގެ ދަށުން ހިންގާ އިދާއިރާގެ ބޭނުމަށް ތައްޔާރުކުރަންޖެހޭ ތަފާތު ސޮފްޓްވެރތަކާއި، ވެބް އެޕްލިކޭޝަންތައް ތައްޔާރުކޮށް ބެލެހެއްޓުން.
  2. މިނިސްޓްރީއާއި، މިނިސްޓްރީގެ ދަށުން ހިންގާ އިދާއިރާތަކުގައި މިހާރު ބޭނުންކުރާ ސޮފްޓްވެރތަކަށް ދިމާވާ މައްސަލަތައް ޙައްލުކޮށް ބެލެހެއްޓުން.
  1. މިނިސްޓްރީއާއި، މިނިސްޓްރީގެ ދަށުން ހިންގާ މުވައްސަސާތަކުން ކުރައްވާ މަސައްކަތްތަކާއި، ދެއްވާ ޚިދުމަތްތައް އިންފޮމޭޝަން ޓެކްނޮލޮޖީގެ އެހީގައި ހަރުދަނާކުރުމަށް ބޭނުންވާ ސިސްޓަމްތަކާއި، އޮންލައިން އެޕްލިކޭޝަންތައް ފަރުމާކޮށް ތައްޔާރުކުރުމާއި، އެޕްލިކޭޝަން ތައްޔާރުކުރުމުގައި ގެންގުޅެންޖެހޭ އެސޫލުތަކާއި މިންގަނޑުތައް، އޮފީހުގެ އިސްވެރިންގެ ލަފަޔާއި އިރުޝާދުގެމަތިން ކަނޑައަޅައި، އުފެއްދުންތެރިކަން އިތުރުކުރެވޭނެހެން މަސައްކަތްތައް ކުރުން.
  2. އެޕްލިކޭޝަންތަކާއި ޑޭޓާބޭސްތައް މިނިސްޓްރީގެ ދަށުން ހިންގާ ތަންތަނަށް ޑީސެންޓްރަލައިޒްކުރުމަށް ކުރެވޭ މަސައްކަތްތައް ކުރުން.
  3. މިނިސްޓްރީއާއި މިނިސްޓްރީގެދަށުން ހުންނަ އޮފީސްތަކާއި، މުވައްސަސާތަކަށް ފޯރުކޮށްދޭންޖެހޭ އައިޓީ ޚިދުމަތް ފޯރުކޮށްދިނުން.
  4. އޮފީހުގެ ކޮމްޕިޔުޓަރ ނެޓްވާރކާއި ސަރވަރ ބެލެހެއްޓުމާއި، ކުރިމަތިވާ މައްސަލަތައް ޙައްލުކުރުން.
  5. އޮފީހުގެ ކަންކަން ފުރިހަމައަށް ގެންދިއުމަށް ބޭނުންވާ ސޮފްޓްވެއަރތައް ރިސާޗްކޮށް ލަފާއެރުވުން.
  • މި މަޤާމަށް މީހުން ހޮވުމުގައި އިސްކަންދެވޭނީ، ސްފްޓްވެރއާއި އެޕްލިކޭޝަން ތައްޔާރުކޮށް، މިކަމަށް ޝައުޤުހުރި އަދި ތަޖުރިބާ ހުރި ފަރާތްތަކަށް.
މަޤާމް :ސީނިއަރ ސޯޝަލް ސަރވިސް އޮފިސަރ
ބޭނުންވާ އަދަދު :1

ބޭނުންވާ އަދަދު

1 (އެކެއް)

 

މަގާމުގެ ކްލެސިފިކެޝަން: ސީނިއަރ އޮފިސަރ ގޮރޭޑް 2 / ޓެކްނިކަލް އޮފިސަރ ގްރޭޑް 2

މަޤާމުގެ ރޭންކް: MS2

 

މުސާރަ

މަހަކު -/6295

ސަރވިސް އެލަވަންސް

މަހަކު -/2000

މަސައްކަތް ކުރަންޖެހޭ ތަން

މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ، ޖެންޑަރ ޑިވިޜަން

 

 

 

ތަޢުލީމާއި ތަޖުރިބާ

  1. ސޯޝަލް ސައިންސްގެ ދާޢިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  2. ސޯޝަލް ސައިންސްގެ ދާޢިރާއަކުން  ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  3. ސޯޝަލް ސައިންސްގެ ދާޢިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛
  4. ސޯޝަލް ސައިންސްގެ ދާޢިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 5 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

 

 

 

 

 

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

1. ދިވެހިރާއްޖޭން ބައިވެރިވެފައިވާ، އިންސާނީ ޙައްޤުތަކާގުޅޭ ބައިނަލްއަޤްވާމީ، ޑިކްލަރޭޝަންސް/ރިޒޮލިއުޝަންސް އަދި ޕްލޭން އޮފް އެކްޝަންތައް، ތަންފީޒްކުރެވެމުންދާ މިންވަރު ބެލުމަށް ކުރަންޖެހޭ ދިރާސާތައް ކުރުމުގެ މަސައްކަތް ކުރުން.

2. އަންހެނުންނާއި، ކުޑަކުދިންނާއި، ނުކުޅެދުންތެރިކަން ހުންނަމީހުންނާއި، އުމުރުން ދުވަސްވީ މީހުންގެ ޙައްޤުތައް ރައްކާތެރިކުރުމަށް ކުރެވެމުންދާ މަސައްކަތްތައް ބަލައި ދިރާސާކުރުމާއި، އެމީހުންގެ ޙާލަތު ދެނަގަތުމަށް ދިރާސާތައް ކުރުމަށް ކުރަންޖެހޭ މަސައްކަތް ކުރުން.

3. ދިވެހިރާއްޖޭން ބައިވެރިވެފައިވާ ބައިނަލްއަޤްވާމީ މުޢާޙަދާ، ޑިކްލަރޭޝަން، ރިޒޮލިއުޝަންތަކާ ގުޅިގެން ރާއްޖޭގައި ކުރެވޭ މަސައްކަތްތައް ކުރިއަށް ގެންދެވޭ މިންވަރުބަލާ ދިރާސާކުރުމުގެ މަސައްކަތް ކުރުން.

4. މިނިސްޓްރީން ތައްޔާރުކުރަންޖެހޭ ޤައުމީ/ ބައިނަލްއަޤްވާމީ އެންމެހައި ރިޕޯޓުތައް ތައްޔާރުކުރުމުގައި ކުރަންޖެހޭ މަސައްކަތްތައް ކުރުން.

5. މިނިސްޓްރީއާއި މިނިސްޓްރީގެ ދަށުން ހިނގަމުންދާ ތަންތަނުގެ އެންމެހައި މަސައްކަތްތައް ކުރަމުންގެންދަނީ، ކަނޑައަޅާފައިވާ މިންގަނޑުތަކާ އެއްގޮތަށްތޯ ބެލުމާއި، ފީޑުބެކް ދިނުން.

6. މިނިސްޓްރީއާއި މިނިސްޓްރީގެ ދަށުން ހިނގަމުންދާ ތަންތަނުގެ މަސައްކަތްތައް އެކަށީގެންވާގޮތަށް ކުރިއަށް ނުގެންދެވޭނަމަ، އެކަމާ ބެހޭގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް އެހީތެރިވުން.

7. ސިވިލް ސަރވިސްގެ ކޯޑު އޮފް ކޮންޑަކްޓާއި އެއްގޮތަށް މަސައްކަތްކުރުން.

މަޤާމް :އިންޓަރނަލް އޮޑިޓަރ
ބޭނުންވާ އަދަދު :1

ބޭނުންވާ އަދަދު

1 (އެކެއް)

 

މަގާމުގެ ކްލެސިފިކެޝަން: ސީނިއަރ އޮފިސަރ ގްރޭޑް 1

މަޤާމުގެ ރޭންކް: MS1

 

މުސާރަ

މަހަކު -/5610 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/2000 ރުފިޔާ

މަސައްކަތް ކުރަންޖެހޭ ތަން

މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ / ބަޖެޓް އެންޑް ފައިނޭންސް

 

 

ތަޢުލީމާއި ތަޖުރިބާ

  1. ބަޖެޓް ނުވަތަ ފިނޭންސްގެ ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  2. ބަޖެޓް ނުވަތަ ފިނޭންސްގެ ދާއިރާއަކުން މަޤާމު މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛
  3. ބަޖެޓް ނުވަތަ ފިނޭންސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

 

 

 

 

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  1. މިނިސްޓްރީއާއި، މިނިސްޓްރީގެ ދަށުން ހިނގަމުންދާ ތަންތަން އިންޓަރނަލް އޮޑިޓްކުރުން.
  2. އޮޑިޓްކުރުމަށް ކުރެވުނު މަސައްކަތުގެ މައްޗަށް ބިނާކޮށް، އިންޓަރނަލް އޮޑިޓްގެ ރިޕޯޓް ތައްޔާރުކުރުން.
  3. އޮޑިޓްކުރުމުގައި ބޭނުންކުރާ އިޖުރާޢަތުތައް ޑްރާފްޓްކޮށް މުޠާލިޢާ ކުރުމާއި، ފުރިހަމަކުރެވޭ އޮޑިޓްގެ އިޖްރާޢަތްތަކާ ގުޅޭ އޮޑިޓުގެ މަސައްކަތުކަރުދާސް ތައްޔާރުކޮށް، އެ ތަކެތި ބެލެހެއްޓުން.
  4. މި މިނިސްޓްރީގެ އިންޓަރނަލް ކޮންޓްރޯލްތަކަކީ އެއަށް އިތުބާރުކުރެވޭ ހަރުދަނާ އިންޓަރނަލް ކޮންޓްރޯލްތަކެއްތޯ ވަޒަންކުރުމާއި، އިދާރީ އިޖްރާޢަތުތައް މުރާޖިޢާކުރުން.
  5. އިންޓަރނަލް އޮޑިޓް އަހަރީ ޕްލޭންތައް ހެދުމާއި، އިންޓަނަލް އޮޑިޓާއި، ކޮންސަލްޓެންސީ އެސައިންމަންޓް ޕްލޭންތައް، ތައްޔާރުކުރުން.
  6. ފުރިހަމަކުރެވުނު އިޖުރާޢަތުތަކާ ގުޅޭގޮތުން އޮޑިޓްއިން ނެގޭ ފޮޓޯކޮޕީ (ވައުޗަރު/ރިސިޓު ނުވަތަ އެފަދަ ތަކެތި ރައްކާތެރިކަމާއެކު ބެލެހެއްޓުން)
  7. އޮޑިޓްކުރުމުގެ ބައިނަލްއަޤުވާމީ މިންގަނޑު (އިންޓަނޭޝަނަލް އޮޑިޓިންގ ސްޓޭންޑަޑް) ތަކަށް އަހުލުވެރިވުމަށް މަސައްކަތްކުރުމާއި، އެފަދަ މިންގަޑުތަކަށް އަންނަ ބަދަލުތައް ދެނެގަތުމަށް މަސައްކަތްކުރުމާއި، އޮފީހުން ރަސްމީގޮތުންނާއި ނުރަސްމީ ސިފައެއްގައި ހިންގާ ޕްރޮގްރާމްތަކާއި، ތަޢުލީމު ލިއްބައިދޭ ޕްރޮގުރާމުތަކުގައި ބައިވެރިވުން.
މަޤާމް :ޕްރޮގްރާމް އޮފިސަރ
ބޭނުންވާ އަދަދު :1

ބޭނުންވާ އަދަދު

1 (އެކެއް)

މަގާމުގެ ކްލެސިފިކެޝަން: ސީނިއަރ އޮފިސަރ ގްރޭޑް 1

މަޤާމުގެ ރޭންކް: MS1

މުސާރަ

މަހަކު -/5610 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/2000 ރުފިޔާ

މަސައްކަތް ކުރަންޖެހޭ ތަން

މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ / ޕޮލިސީ، ޕްލޭނިންގ، ލައިސެންސިންގ އެންޑް ރެގިއުލޭޝަން ޑިވިޜަން

 

 

ތަޢުލީމާއި ތަޖުރިބާ

1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛

3. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

 

 

 

 

 

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  1. ކުޑަކުދިންނާއި، އަންހެނުންނާއި، އުމުރުން ދުވަސްވީ މީހުންނާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި، އިންސާނީ ޙައްޤުތަކާގެޅޭ ސިޔާސަތުތަކާއި، ކެބިނެޓް ކަރުދާސްތައް ކަމާގުޅޭ ސެކްޝަންތަކާ ގުޅިގެން ތައްޔާރުކޮށް، ވިލަރެސްކުރުމުގައި އެހީތެރިވުމާއި، ކެބިނެޓުގެ ނިންމުންތައް ކަމާބެހޭ ދާއިރާތަކާ ހިއްސާކުރުން.
  2. ދައުލަތުގެ ބެލުމުގެދަށަށް ގެނެވޭ މީހުންނާއި ކުދިން ބައިތިއްބާ މަރުކަޒުތަކުގެ ސިޔާސަތުތަކާއި، އެތަންތަނަށް މީހުން ނެގުމުގައި ގެންގުޅެންޖެހޭ މިންގަނޑުތަކާއި ސިޔާސަތުތައް އެކުލަވައިލާ ކަމަބެހޭ ދާއިރާތަކާއެކު ވިލަރެސްކުރުމުގައި އެހީތެރިވުން.
  3. ސިޔާސަތުތައް ކަނޑައެޅުމުގައި، ޤައުމީ/ބައިނަލްއަޤްވާމީ ކޮންސަލްޓަންޓުންނާއެކު މަސައްކަތްކުރުން.
  4. އިޖުތިމާޢީ ޚިދުމަތްދޭ ތަންތަނުގެ މިންގަނޑުތައް ކަނޑައެޅުމާއި އެތަންތަނުން ދޭ ޚިދުމަތްތަކުގެ ފެންވަރު ދެނެގަނެ، އެއް މިންގަނޑެއްގައި ހިފެހެއްޓުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް އެހީތެރިވުން.
  5. އިޖުތިމާޢީ ޚިދުމަތްދޭ ފަރާތްތަކުގެ ފެންވަރު ހިފެހެއްޓުމަށްޓަކައި، އެފަރާތްތައް ރަޖިސްޓަރީކުރުމާއި ޚިދުމަތުގެ ފެންވަރު ބެލުމާއި، މިންގަނޑުތައް ކަނޑައެޅުމާއި، އެ މިންގަނޑުތަކަށް ފެތޭތޯ ބަލައި، ޚިލާފުވާ ފަރާތްތަކާމެދު އަޅަންޖެހޭ ފިވަޅުތައްއެޅުމަށް ކުރަންޖެހޭ މަސައްކަތްތަކުގައި އެހީތެރިވުން.
  6. މިނިސްޓްރީއާއި މިނިސްޓްރީގެ ދަށުން ހިނގަމުންދާ އިޖުތިމާޢީ ޚިދުމަތްދޭ މަރުކަޒުތަކުގެ އެންމެހައި މަސައްކަތްތައް ކުރެވެމުންދަނީ ކަނޑައަޅާފައިވާ މިންގަނޑުތަކާ އެއްގޮތަށްތޯ ބަލައި ފީޑްބެކް ދިނުމާއި، މިންގަނޑުތަކާ ޚިލާފުވާ ފަރާތްތަކާމެދު އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގައި އެހީތެރިވުން.
  7. މިނިސްޓްރީގެ އެހެން ސެކްޝަންތަކާ ގުޅިގެން ދާއިރާގައި ހިންގަންޖެހޭ ހޭލުންތެރިކުރުމުގެ ހުރިހާ ޕްރޮގަރާމްތަކެއް ހިންގުމަށް ކުރަންޖެހޭ މަސައްކަތްތައް ރާވައި ހިންގައި ބެލެހެއްޓުމުގައި އެހީތެރިވުން.
  8. ސިވިލް ސަރވިސްގެ ކޯޑް އޮފް ކޮންޑަކްޓްގައިވާ އެންމެހައި ކަންތައްތަކަށް ޢަމަލުކުރުން.
މަޤާމް :ޕްލޭނިންގ އޮފިސަރ
ބޭނުންވާ އަދަދު :1

ބޭނުންވާ އަދަދު

1 (އެކެއް)

 

މަގާމުގެ ކްލެސިފިކެޝަން: އޮފިސަރ ގޮރޭޑް 2 / އ. ޓެކްނިކަލް އޮފިސަރ ގްރޭޑް 2

މަޤާމުގެ ރޭންކް: GS4

 

މުސާރަ

މަހަކު -/5020

ސަރވިސް އެލަވަންސް

މަހަކު -/1500

މަސައްކަތް ކުރަންޖެހޭ ތަން

މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ / ޕްރޮކިއުމަންޓް

 

 

ތަޢުލީމާއި ތަޖުރިބާ

  1. މަގާމުގެ މަސައްކަތާ ގުޅޭ ދާޢިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛
  2. މަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން، ހަޔަރ ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. ނުވަތަ؛
  3. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި، އޭގެ އިތުރުން، ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުމާއެކު، މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

 

 

 

 

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  1. އާއިލާތަކުގެ ދުޅަހެޔޮކަމާއި ރައްޔިތުންގެ އިޖުތިމާއީ ރައްކާތެރިކަމާ ގުޅޭ ސަރުކާރުގެ ސިޔާސަތުތައް ހިމަނައިގެން، ޕްލޭންތައް (މާސްޓަރ ޕްލޭން، ސްޓްރެޓަޖިކް ޕްލޭން އެނުއަލް ވާރކް ޕްލޭން) އެހެން ޑިޕާޓްމަންޓްތަކާއި ޑިވިޜަންތަކާ ގުޅިގެން އެކުލަވައިލުމުގައި އެހީތެރިވެދިނުން.
  2. ޕްލޭންތައް ތަންފީޒުކުރެވެމުންދާ މިންވަރު، އެހެން ޑިޕާޓްމަންޓްތަކާއި ޑިވިޜަންތަކާ ގުޅިގެން މޮނިޓަރކުރުމުގައި އެހީތެރިވެދިނުން.
  3. ގައުމީ ފެންވަރުގައި ހެދޭ ޕްލޭންތައް އެކުލަވައިލުމުގެ މަސައްކަތްކުރުން.
  4. ސަރަޙައްދީ އަދި ބައިނަލް އަޤްވާމީ އެކްޝަން ޕްލޭންތައް ހެދުމުގައި ރާއްޖޭގެ ފަރާތުން ބައިވެރިވުމަށްޓަކައި ތައްޔާރުވުމުގެގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް އެހީތެރިވުން.
  5. ޤައުމީ ފެންވަރުގައްޔާއި، އެހެނިހެން ދާއިރާތަކުން އިންތިޒާމްކުރާ ބައްދަލުވުންތަކުގައި ޕްލޭނިންގއާ ގުޅުންހުރި ނިންމުންތަކުގެ ފޮލޯއަޕް މަސައްކަތް ކުރުން.
  6. މިނިސްޓްރީގެ މެންޑޭޓްގެ ތެރެއިން ސެކްޝަނުން ކުރުމަށް ކަނޑައެޅިފައިވާ މަސައްކަތްތަކާ ގުޅޭގޮތުން ކުރަންޖެހޭ ކަންތައްތައް ފާހަގަކޮށް، ސުޕަވައިޒަރުގެ ލަފާގެމަތިން އެކަންކަން ކުރިޔަށް ގެންދާނޭ ގޮތްތައް ރާވައި، ހިންގުމާއި އަދި އެކުލަވައިލެވިފައިވާ ޕްލޭންތަކުގައި ހިމެނިފައިނުވާ، ސެކްޝަނާ ގުޅުންހުރި މުހިންމު ކަމެއް ދިމާވެއްޖެނަމަ އެކަމެއް ކުރުމުގައި ހަރަކާތްތެރިވުން.
  7. މިނިސްޓްރީގެ ބަޖެޓުގައި ހިމެނުމަށް ސެކްޝަނުގެ ބަޖެޓް ތައްޔާރުކޮށް ބަޖެޓް ސެކްޝަނާ ހަވާލުކުރުން.
  8. ސިވިލް ސަރވިސްގެ ކޯޑް އޮފް ކޮންޑަކްޓްގައިވާ އެންމެހައި ކަންތައްތަކަށް ޢަމަލުކުރުން.
މަޤާމް :އެސިސްޓެންޓް ސޯޝަލް ސަރވިސް ވޯކަރ
ބޭނުންވާ އަދަދު :1

ބޭނުންވާ އަދަދު

1 (އެކެއް)

މަގާމުގެ ކްލެސިފިކެޝަން:: އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 2

މަޤާމުގެ ރޭންކް: GS4

މުސާރަ

މަހަކު -/5020

ސަރވިސް އެލަވަންސް

މަހަކު -/1500

މަސައްކަތް ކުރަންޖެހޭ ތަން

މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ / ކޭސް މެނޭޖްމަންޓް ސެކްޝަން

 

 

ތައުލީމާއި ތަޖުރިބާ

1- ސޯޝަލް ސައިންސްގެ ދާޢިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛

2- މަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން، ހަޔަރ ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. ނުވަތަ؛

3- ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި، އޭގެ އިތުރުން، ސެކެންޑަރީ ސްކޫލް ސެޓްފިކެޓް  އިމްތިޙާނުގައި "ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުމާއެކު، ސޯޝަލް  ސައިންސްގެ ދާއިރާއަކުން ސެޓްފިކެޓް ލެވަލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

 

 

 

 

 

 

 

 

 

 

 

 

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

1- މިނިސްޓްރީއަށް ހުށަހެޅޭ، ކުޑަކުދިންނާއި، އަންހެނުންނާއި، އުމުރުންދުވަސްވީ މީހުންނާއި، ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންނާއި، މީހުންނާއި، އާއިލާތަކާއެކީ މަސައްކަތްކުރުން.

2- ހުށަހެޅޭ މައްސަލަތަކުގެ އެސެސްމަންޓް ހަދަންޖެހިއްޖެ ހިނދެއްގައި އެސެސްމެންޓް ހަދާ، ކަމާގުޅޭ ދާއިރާތައްކަމަށްވާ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފެމެލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓާއި، ޖުވެނައިލް ޖަސްޓިސް ޔުނިޓާއި، ފެމިލީ ކޯޓުފަދަ ސަރުކާރުގެ މުއައްސަސާތަކަށް އެއްބާރުލުން ދިނުމާއެކު، މައްސަލައާ ގުޅިގެން ފޮނުވަންޖެހޭ ރެފަރަލްތަކާއި އެސެސްމެންޓް ރިޕޯޓްތައް ލަސްނުކޮށް އެ ފަރާތްތަކަށް ފޮނުވުމާއެކު، މައްސަލަ ކުރިއަށްގެންދިއުން.

3- މިނިސްޓްރީއަށް ހުށަހެޅޭ މައްސަލަތަކުގައި މި ދާއިރާއާ ގުޅުންހުރި ޤާނޫނުތަކާ ގަވާއިދުތަކާ އެއްގޮތަށް މަސައްކަތް ކުރުން.

4- މިނިސްޓްރީއަށް ހުށަހެޅިގެން ކުރިއަށްގެންދެވޭ މައްސަލަތަކުގައި ގަވާއިދުން ހޯމް ވިޒިޓް ހެދުމާއި، މައްސަލައިގައި ހިމެނޭ ކުޑަކުދިންނާއި، އަންހެނުން، އުމުރުން ދުވަސްވީ މީހުންނާއި، ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންނާއި މީހުންނަށް ސީދާ ބައްދަލުވެ ހާލަތު ބެލުމާއި، ހުށަހެޅޭ މައްސަލަތަކުގައި އިންޓޭކް ފޯމު ފުރައި، ކޭސް ރެޖިސްޓްރީކޮށް، ކޭސް އެލޮކޭޝަންއަށް ކޭސް ފައިލް ތައްޔާރުކުރުން.

5- ހުށަހެޅޭ މައްސަލަތަކުގެ ތެރެއިން އެއްވެސް ފަރާތެއްގެ ޙައްޤަކަށް އުނިކަމެއް ލިބޭފަދަ ސީރިއަސް ނުވަތަ ކުއްލި ހާލަތެއް ދިމާވެއްޖެނަމަ އެ މައްސަލައެއް ސެކްޝަނުގެ އިސްވެރިޔާއަށް ރިޕޯޓުކުރުމާއި، ވެރިޔާގެ ލަފާގެމަތިން މައްސަލާގައި ހިމެނޭ ވިކްޓިމްއަށް، ކަމާގުޅޭ ދާއިރާތަކާ ގުޅިގެން އަވަސް ޙިމާޔަތެއް ހޯދައިދިނުމަށް މަސައްކަތްކުރުން.

6- އަތޮޅުތަކުން ހުށަހެޅޭ މައްސަލަތަކުގައި ހިމެނޭ ފަރާތެއްގެ ހާލަތު ބެލުމަށް (މަޢުލޫމާތު ނެގުމަށް) ނުވަތަ އެފަދަ ކުއްޖެއް/ މީހެއް ކުއްލިގޮތަކަށް މާލެ ގެނައުމަށް ރަށްރަށަށް ދާންޖެހިއްޖެ ހިނދެއްގައި އެރަށަށްގޮސް މަޢުލޫމާތު ނެގުން ނުވަތަ ޕްރޮސީޖަރގައިވާގޮތުގެމަތިން އެފަދަ ފަރާތްތައް މާލެ ގެނައުން.

7- ކޭސް ކޮންފަރެންސްތަކުގައި ބައިވެރިވެ ހަމަޖެހިފައިވާ އުސޫލުތަކާ އެއްގޮތަށް އަމަލުކުރުން.

8- ހަމަޖެހިފައިވާ ގަވާއިދުގެމަތިން އޮންކޯލާއި، ހެލްޕްލައިން ޑިޔުޓީ އަދާކުރުމާއި އަހަރީ ރިޕޯޓަށް ބޭނުންވާ ކުއެސްޝަނާރަސް އައު ފޯމުތައް ތައްޔާރުކުރުމާއި، ކޭސް އެލޮކޭޝަނުގައި ބައިވެރިވުން.

9- ކުޑަކުދިންނާއި، އަންހެނުންނާއި، ޢާއިލާތަކާއި، އުމުރުން ދުވަސްވީ މީހުންނާއި، ޚާއްޞަ އެހީއަށް ބޭނުންވާ މީހުންނާ ބެހޭގޮތުން މުޖްތަމަޢު (އެންޖީއޯ، މީޑިޔާ ފަދަ ދާއިރާތަށް) ހޭލުންތެރިކުރުވުމަށް މާލެއާއި އަތޮޅުތަކުގައި ހިންގާ ޕްރޮގްރާމްތަކުގައި ބައިވެރިވެ މަޢުލޫމާތު ދިނުމުގައި އެހީތެރިވުން.

10- މިނިސްޓްރީގެ މެންޑޭޓުގެ ދަށުން ބައިނަލްއަޤްވާމީ އަދި ޤައުމީ ފެންވަރުގައި ފާހަގަކުރާ ދުވަސްތަކުގެ ޕްރޮގްރާމްތައް ރާވައި ހިންގުމުގައި އެހީތެރިވުން.

11- އެކިއެކި މަސައްކަތްތަކުގައި މުޢާމަލާތްކުރާއިރު، ވަކިޖިންސަކަށް، ވަކި ގިންތިއަކަށް، ވަކި އުމުރަކަށް ނުވަތަ މީހެއްގެ ކިބައިގައި ހުރި ނުކުޅެދުންތެރިކަމަކަށް ބެލުމަކާ ނުލައި ހަމަހަމަ އުސޫލެއްގެމަތިން މަސައްކަތް ކުރުން.

12- އެ މުވައްޒަފަކު ހަވާލުވެގެން ކުރެވޭ ހުރިހާ މަސައްކަތެއް ގަވާއިދުން ފައިލްކުރުމާއި، ހަވާލުވެގެން ކުރާ މަސައްކަތުގެ ރިކޯޑުތައް މިނިސްޓްރީގެ ސަރވަރއަށް ގަވާއިދުން އަޕްޑޭޓްކުރުން.

13- އޮފީހުގެ ރަސްމީ މަސައްކަތާ ގުޅޭގޮތުން ހަވާލުކުރެވޭ އެންމެހައި ކަންތައްތައް ކުރުން.

14- ހަމަޖެހިފައިވާ އުސޫލަތުން ސެކްޝަނަށް އަންނަ ލިޔެކިޔުންތަކުގެ އެންޓްރީއާއި ޔައުމިއްޔާ މަސައްކަތްކުރުން.

15- ހަމަޖެހިފައިވާ އުސޫލާ އެއްގޮތަށް ރޭޑިއޯ ޕްރޮގްރާމްތަކަށް މަޢުލޫމާތު ދިނުން.

16- ސިވިލް ސަރވިސްގެ ކޯޑް އޮފް ކޮންޑަކްޓަށް ޢަމަލުކުރުން.

މަޤާމް :އެޑްމިނިސްޓްރޭޓިވް އޮފިސަރ
ބޭނުންވާ އަދަދު :1

ބޭނުންވާ އަދަދު

1 (އެކެއް)

މަގާމުގެ ކްލެސިފިކެޝަން: އޮފިސަރ ގޮރޭޑް 2 / އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 2

މަޤާމުގެ ރޭންކް: GS4

މުސާރަ

މަހަކު -/5020

ސަރވިސް އެލަވަންސް

މަހަކު -/1500

މަސައްކަތް ކުރަންޖެހޭ ތަން

މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ / އެޑްމިނިސްޓްރޭޝަން / ޕްރަންޓް އޮފީސް

 

 

ތައުލީމާއި ތަޖުރިބާ

  1. އެޑްމިނިސްޓްރޭޝަން  މެނޭޖްމަންޓުގެ  ދާޢިރާއަކުން  ދިވެހިރާއްޖޭގެ  ޤައުމީ  ސަނަދުތަކުގެ  އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛
  2. މަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން، ހަޔަރ ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. ނުވަތަ؛
  3. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި، އޭގެ އިތުރުން، ސެކެންޑަރީ ސްކޫލް ސެޓްފިކެޓް  އިމްތިޙާނުގައި "ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުމާއެކު، މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

 

 

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  1. އޮފީހަށް އަންނަ ފޯނުކޯލްތަކަށް ޖަވާބުދާރީވުމާއި، ކަމާބެހޭ ފަރާތްތަކަށް ޕާސްކުރުމާއި، އެކި ބޭނުންތަކުގައި ބައިވެރިވެ އެހީތެރިވެދިނުން.
  2. މިނިސްޓްރީއަށް ލިބޭ ލިޔުންތައް، ކަމާގުޅޭ ސެކްޝަންތަކާ ހަވާލުކުރުން.
  3. ސެކްޝަނަށް ލިބޭ ލިޔުންތައް، ސެކްޝަނުގެ ވެރިއެއްގެ މަޝްވަރާގެދަށުން ބެލެހެއްޓުމާއި،  ތައްޔާރުކުރަންޖެހޭ ލިޔުންތައް ތައްޔާރުކޮށް ފޮނުވުމާއި، ސެކްޝަނުން ފޮނުވާ ލިޔުންތަކަށް ވާނުވާ ބެލުމާއި، ގުޅުންހުރި މަޢުލޫމާތު ދޭންޖެހޭ ފަރާތްތަކަށް މަޢުލޫމާތު ދިނުން.
  4. ސެކްޝަނާ ގުޅުންހުރި ލިޔުންތައް އުސޫލުތަކާ އެއްގޮތަށް ފައިލުކޮށް ބެލެހެއްޓުން.
  5. ސެކްޝަނުގެ ޔައުމިއްޔާ ދުވަހުން ދުވަހަށް ނިންމުން.

ޢިނާޔަތްތައް

ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.

 

 

 

 

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު، މި މިނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.)
  2. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ (އެކްރެޑިޓް ކޮށްފައިވާ) ކޮޕީ (އެކްރިޑިޓް ނުކުރާ ސެޓްފިކެޓް ހުށަހެޅިނަމަވެސް ބާޠިލުވާނެއެވެ.)
  3. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ރެފްރީންގެ މަޢުލޫމާތު ދީފައިވާނަމަ، ރެފްރީންގެ ލިޔުން، ވަނަވަރާއެކު ހުށަހަޅަންވާނެއެވެ. އަދި ވަނަވަރުގައި، ގުޅޭނެ ފޯނު ނަންބަރު އޮންނަންވާނެއެވެ.)
  4. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ، ކިޔަން އެނގޭވަރުގެ ސާފު ކޮޕީ.
  5. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަގާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  6. ވަޒީފާގެ ދާއިރާއާގުޅޭ ކުރުމުއްދަތުގެ ކޯހާއި، ވާރކްޝޮޕާއި، ސެމިނާރު ފަދަ ތަމްރީނު ޕްރޮގްރާމްތަކުގެ ސެޓްފިކެޓް ނުވަތަ ބައިވެރިވި ކަމުގެ ލިޔުންތައް.
  7. ވަޒީފާއެއް އަދާކޮށްފައިވާނަމަ، ވަޒީފާއަދާކުރި ތަނަކުން އަދާކުރި ވަޒީފާގެ މުއްދަތު އެނގޭނޭ ލިޔުމެއް.
  8. ވަޒީފާއެއްގައި އުޅޭނަމަ، އެތަނެއްގެ އިޢުތިރާޒެއް ނެތްކަމުގެ ލިޔުން.

ސުންގަޑި:

2016 ފެބުރުވަރީ 15 ވާ ހޯމަދުވަހުގެ 13:00 ގެ ކުރިން، މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ (ބިއްލޫރިޖެހިގެ، މަޖީދީމަގު) އަށް ހުށަހެޅުން.

 

އިންޓަވިއު އޮންނާނެ ތާރީޚާއި ތަން: 

މި މަޤާމަށް އެދިފައިވާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށް އިންޓަވިއު ކުރުން އޮންނާނީ މި އިޢުލާނުގެ މުއްދަތު ހަމަވާތާ އެއްމަސްދުވަހުގެ (ބަންދުދުވަސްތައް ނުހިމަނައި) ތެރޭގައެވެ. އިންޓަވިއު އޮންނާނީ، މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ (ބިއްލޫރިޖެހިގެ، މަޖީދީމަގު، ދެވަނަ ފަންގިފިލާގައި) ގައެވެ. އިންޓަވިއުއަށް ހާޒިރުވާއިރު، ސެޓްފިކެޓްތަކުގެ އަސްލު ގެންނަންވާނެއެވެ.

އިތުރު މަޢުލޫމާތު:

މަޢުލޫމާތު ސާފުކުރަން ގުޅާނީ، 3013017 ނަންބަރު ފޯނަށް ނުވަތަ 3027549 ނަންބަރު ފޯނަށެެވެ.

24 ރަބީޢުލްއާޚިރު 1437

03 ފެބުރުވަރީ 2016
ހޯދާ