ދިވެހިރާއްޖެ
`
މާމެންދޫ ސްކޫލް
މިނިސްޓްރީ އޮފް އެޑިޔުކޭޝަން، ހަޔަރ އެޑިޔުކޭޝަން އެންޑް ސްކިލް ޑިވެލޮޕްމެންޓް
ގއ. މާމެންދޫ
ބީލަން ހުށަހެޅުމުގެ ދަޢުވަތު
މާމެންދޫ ސްކޫލުގެ ސެކިއުރިޓީ 1 އަހަރާއި 4 މަސް ދުވަހަށް ބަލަހައްޓާދޭނެ ފަރާތެއް ހޯދުން
- ގއ. މާމެންދޫ ސްކޫލުގެ ސެކިއުރިޓީ 1 އަހަރާއި 4 މަސް ދުވަހަށް ބަލަހައްޓާނެ ފަރާތެއް ބޭނުންވެއްޖެއެވެ.
- މި ބީލަމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތައް އަދި މަސައްކަތުގެ ތަފްޞީލު ބީލަން ފޮތުގައި ބަޔާން ކުރެވިފައި ވާނެ އެވެ.
- މި ބީލަން ރަޖިސްޓްރީ ކުރުމަށް 2026 ޖުލައި 29 އިން ފެށިގެން 2026 އޯގަސްޓް 6 ވަނަ ދުވަހު 13:00ގެ ނިޔަލަށް ތިރީގައިވާ ލިންކު މެދުވެރިކޮށް "ބިޑް ރަޖިސްޓްރީ ފޯމް" ފުރިހަމަކޮށް ރަޖިސްޓްރީ ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މި މުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.
"ބިޑް ރަޖިސްޓްރީ ފޯމް" ގެ ލިންކް: https://forms.gle/X9LMVvrmqbdKexFZ7
4. މި ޕްރޮކިއުމެންޓާއި ގުޅިގެން އެއްވެސް ސުވާލެއް އޮތްނަމަ، 2026 އޯގަސްޓް 6 ވަނަ ދުވަހުގެ ކުރިން މި އިޢުލާންގެ 7ވަނަ ނަންބަރުގައިވާ އެޑްރެހަށް އީމެއިލް މެދުވެރިކޮށް ފޮނުއްވުން އެދެމެވެ.
5. ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 2026 އޯގަސްޓް 10 ވަނަ ދުވަހުގެ 11:00 ގައި މާމެންދޫ ސްކޫލުގެ އޮފީސް އިދާރާގައެވެ.
6. މި ބީލަމާއި ގުޅޭ އެންމެހައި ލިޔެ ކިޔުންތައް ސޮފްޓުކޮޕީ ފޯރމެޓުގައި މި އިޢުލާނާއެކު އެޓޭޗު ކުރެވިފައިވާނެއެވެ. މި ބީލަމާއި ގުޅިގެން ހޯދަންޖެހޭ އެންމެހައި މަޢުލޫމާތު ހޯދުމަކީ، ބީލަމަށް ކުރިމަތިލާފަރާތުގެ ޒިންމާއެކެވެ.
7. މި ބީލަމާއި ގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ގއ. މާމެންދޫ ސްކޫލުގެ އޮފީސް
ފޯނު: 7983093
އީ-މެއިލް: [email protected]
14 ޞަފަރަ 1448
28 ޖުލައި 2026
