ތިލަދުންމަތީ އުތުރުބުރީ މޮޅަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހއ. މޮޅަދޫ ލޭންޑް ޔޫސް ޕްލޭން ރިވިއު ކުރުމާއި ބަނދަރުގެ ލޭންޑްސްކޭޕިންގ މަސައްކަތް

މިކައުންސިލުން ދޭ މަޢުލޫމާތާ އެއްގޮތަށް، މި ރަށުގެ ލޭންޑް ޔޫސް ޕްލޭން ރިވިއުކޮށް، ބަނދަރުގެ ލޭންޑްސްކޭޕިންގ ހަދައިދޭނެ ފަރާތެއް ހޯދަން ބޭނުން ވެއްޖެއެވެ.

ވީމާ، މި ދެމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، ތިރީގައިވާ ތާވަލުގައިވާ ސުންގަޑީގެ ކުރިން، ބީލަމުގައި ރަޖިސްޓްރީ ވެލައްވައި، ކަނޑައަޅާފައިވާ ގަޑިއަށް އަންދާސީހިސާބު ހުށައެޅުއްވުން އެދެމެވެ. (މި ދެ މަސައްކަތަށް ހުށައަޅާނީ އެއް ބީލަމެކެވެ.)

ތަފްޞީލް

ތާރީޚް

ދުވަސް

ގަޑި

ރަޖިސްޓްރީ ކުރުން

06 އޮގަސްޓް 2026

ބުރާސްފަތި

13:00

އަންދާސީ ހިސާބު ހުށައެޅުން

11 އޮގަސްޓް 2026

އަންގާރަ

13:00

 

  1. ބީލަމުގައި ރަޖިސްޓްރީ ވެލެއްވުމަށް އެދިލައްވާ ފަރާތްތަކުން ތިރީގައިވާ ލިންކް މެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ރަޖިސްޓްރޭޝަން ލިންކް   https://forms.cloud.microsoft/r/i2x48mLFMD?origin=lprLink
  2. މަތީގައި ބަޔާންކޮށްފައިވާ ބީލަން ރެޖިސްޓްރޭޝަން މަޢުލޫމާތު، މި އިދާރާއަށް ލިބުނުކަން ކަށަވަރު ކުރެއްވުމަކީ ބީލަންވެރިންގެ ޒިންމާއެކެވެ.
  3. ބީލަން ތައްޔާރު ކުރައްވާނީ، މި ބީލަމުގައި ރަޖިސްޓްރ ވެލެއްވުމުން މި ކައުންސިލުން ދޭ މަޢުލޫމާތު ކަރުދާހާ އެއްގޮތަށެވެ.
  4. މި ބީލަމާ ގުޅޭގޮތުން އިތުރު ސުވާލެއްވާނަމަ، އީ-މެއިލް ކުރައްވާނީ 2026 އޮގަސްޓް 09 ވާ އާދިއްތަ ދުވަހުގެ 13:00ގެ ކުރިން، ތިރީގައިވާ އީ-މެއިލް އެޑްރެހަށެވެ. އީމެއިލް ކުރައްވާއިރު، ސަބްޖެކްޓްގައި އިޢުލާނު ނަންބަރާއި ބީލަމުގެނަން ލިޔުއްވަން ވާނެއެވެ.
  5. ބީލަމުގައި ބައިވެރިވެ ލެއްވުމަށް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކުގެ އަންދާސީ ހިސާބާއި، ސުންގަޑީގެފަހުން ހުށައަޅުއްވާ އަންދާސީހިސާބުތައް އަދި މަޢުލޫމާތު ކަރުދާހުގައި ބަޔާންކޮށްފައިވާ ކަންތައްތައް ފުރިހަމަނުވާ އަންދާސީ ހިސާބުތައް ބަލައި ނުގަނެވޭނެއެވެ.
  6. ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީކުރާ ފަރާތްތަކަށް ބޭނުންވާނެ މަޢުލޫމާތު ކަރުދާސްތަކާއި ބީލަންފޮތް، އީމެއިލްގެ ޒަރީއާއިން ފޯރުކޮށް ދެވޭނެއެވެ. އިތުރުމަޢުލޫމާތު ސާފުކުރެއްވުމަށް [email protected]   އަށް އީ-މެއިލް ކުރެއްވުން އެދެމެވެ. އަދި ފޯނު މެދުވެރިކޮށް  6500031 އަށް، ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.  

28 ޖުލައި 2026
ހޯދާ