ދިވެހިރާއްޖެ
މި ރަށުގެ ކުނިކޮށި މިހާރުވަނީ އެއްކޮށް ސާފުކުރެވިފައެވެ. ކުނީގެ އެކި ބާވަތްތައް އެޅުމަށް ޙާއްޞަކުރެވިފައިވާ ތަންތަނަށް ފިޔަވާ އެހެން ތަންތަނަށް ކުނި ނޭޅުމަށް އެންމެހާ ރައްޔިތުންގެ ކިބައިން ވަރަށް ބޮޑަށް އެދި ނަޞޭޙަތްތެރިވަމެވެ. އަދި ކުނިކޮށްޓަށް ކުނި ގެންދާ އެއްގަމު އުޅަނދު ފަހަރުވެސް ވަދެ ނިކުތުމަށް ހަރުކޮށްފައިވާ ސައިން ބޯޑު ތަކުގައި ވާގޮތަށް ޢަމަލުކުރުމަށާއި، ބިއްލޫރި، ދަގަނޑުގެ ބާވަތްތަކާއި، ބޮޑެތި ގަސްލަކުޑި އަދި ރުއްގުޅި ފަދަ ތަކެތި އެޅުމަށް ސައިންބޯޑު ހަރުކުރެވިފައިވާ ތަންތަނަށް އެތަކެތި އެޅުމަށް ޙާއްޞަ ސަމާލުކަމެއް ދެއްވުން އެދެމެވެ.
މިފަދަ ކަންކަމުގާ ރައްޔިތުންގެ ފަރާތުން ދެއްވާ އެހީތެރިކަމާ އެއްބާރު ލެއްވުމަށް މި ކައުންސިލުން ނިހާޔަތަށް ޝުކުރު ދަންނަވަމެވެ.
ވީމާ، މިކަން ޢާންމުކޮށް އެންގުމަށް ޓަކައި އިޢުލާން ކުރީމެވެ.
