ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިޔުކޭޝަން ޓްރެއިނިންގ އޮތޯރިޓީ
ދިވެހިރާއްޖެ
ތަމްރީނު ޕްރޮގުރާމަށް ބައިވެރިން ހޯދުން

އިޢުލާން

މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ހިންގާ 1000 ލެބޯރަޓަރީ އެސިސްޓެންޓުންނާއި އަދި 100 ރޭޑިޔޯގްރަފީ އެސިސްޓެންޓުން ތަމްރީނުކުރުމުގެ ޕްރޮގުރާމަށް ބައިވެރިން ހޯދުން

"ކޮންމެ ޒުވާނަކީ ހުނަރުވެރި ޒުވާނަކަށް ހެދުން" ސިޔާސަތުގެ ދަށުން މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ހިންގުމަށް ރާވާފައިވާ 1000 ލެބޯރަޓަރީ އެސިސްޓެންޓުންނާއި އަދި 100 ރޭޑިޔޯގްރަފީ އެސިސްޓެންޓުން ތަމްރީނުކުރުމުގެ ޕްރޮގްރާމް ފެށުމަށް ވަނީ ހަމަޖެހިފައެވެ. މި ޕްރޮގްރާމްގެ ދަށުން ނޭޝަނަލް ސެޓުފިކެޓު 04 އަދި ނޭޝަނަލް ސެޓުފިކެޓު 03 އިން ލެބޯރަޓަރީ އެސިސްޓެންޓް އަދި ރޭޑިޔޯގްރަފީ އެސިސްޓެންޓް ޓްރެއިނިންގ ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު ޢާންމުކޮށް ހުޅުވާލަމެވެ. މި ޕްރޮގްރާމްގައި ބައިވެރިވާ ފަރާތްތަކަށް ބޭނުންވާ ޢަމަލީ ތަޖުރިބާ ހޯދުމަށް ހަމަޖެހިފައިވަނީ ހޮސްޕިޓަލެއްގެ ނުވަތަ ހެލްތް ސެންޓަރެއްގެ ތަމްރީނުވެފައިވާ ސުޕަވައިޒަރެއްގެ ބެލުމުގެ ދަށުން މަސައްކަތްކޮށްގެންނެވެ. މި ޕްރޮގްރާމް ފުރިހަމަކޮށް ފާސްވާ ފަރާތްތަކަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ޤަބޫލުކުރާ ލެވެލް 4 ނުވަތަ 3 ގެ ސަނަދެއް ދެވޭނެއެވެ. ވީމާ، މި ޕްރޮގްރާމުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން އެޕްލިކޭޝަންފޯމު ހުށަހަޅެއްވުން އެދެމެވެ.

ކޯހުގެ ފީ:

މިޕްރޮގްރާމްގެ ދަށުން ކޯހަށް ހޮވޭ ދަރިވަރުންނަކީ ސްޕޮންސަރކުރެވިފައިވާ ދަރިވަރުންނަށްވާތީ ކޯހުގެ ފީ ދައްކާކަށް ނުޖެހޭނެއެވެ.

ކޯހުގެ ނަން

ފުރުޞަތު ހުޅުވާލެވިފައިވާ އަދަދު

ކޯހުގައި ބައިވެރިވުމުގެ ޝަރުތު

ކޯހުގެ މުއްދަތު

ނޭޝަނަލް ސެޓުފިކެޓު 3 އިން ލެބޯރަޓަރީ އެސިސްޓެންޓް

 

1000

 

ގްރޭޑް 10 ފުރިހަމަކޮށްފައިވުން

 

04 މަހާއި 06 މަހާ ދެމެދުގެ މުއްދަތެއް.

ނޭޝަނަލް ސެޓުފިކެޓު 4 އިން ލެބޯރަޓަރީ އެސިސްޓެންޓް

  1. ސާނަވީ އިމްތިޙާނަކުން 03 މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން؛

   ނުވަތަ

  1. އެމް. އެން. ކިއު. އެފް ލެވެލް 03 ގެ ސަނަދެއް  ހާސިލުކޮށްފައިވުން؛

   ނުވަތަ

3. ޢުމުރުން 18 އަހަރު ފުރި، ގްރޭޑް 10 ނިމިފައިވުމާއެކު 01 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާހުރުން.

08 މަހާއި 01 އަހަރާ ދެމެދުގެ މުއްދަތެއް.

 

ނޭޝަނަލް ސެޓުފިކެޓު 3 ރޭޑިޔޯގްރަފީ އެސިސްޓެންޓް

 

 

100

ގްރޭޑް 10 ފުރިހަމަކޮށްފައިވުން

 

04 މަހާއި 06 މަހާ ދެމެދުގެ މުއްދަތެއް.

 

ނޭޝަނަލް ސެޓުފިކެޓު 4 ރޭޑިޔޯގްރަފީ އެސިސްޓެންޓް

  1. ސާނަވީ އިމްތިޙާނަކުން 03 މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން؛

   ނުވަތަ

  1. އެމް. އެން. ކިއު. އެފް ލެވެލް 03 ގެ ސަނަދެއް  ހާސިލުކޮށްފައިވުން؛

   ނުވަތަ

3. ޢުމުރުން 18 އަހަރު ފުރި، ގްރޭޑް 10 ނިމިފައިވުމާއެކު 01 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާހުރުން.

08 މަހާއި 01 އަހަރާ ދެމެދުގެ މުއްދަތެއް.

 

ހުށަހަޅަންޖެހޭ ލިޔުންތައް

ހ- ޕްރޮގްރާމުގައި ބައިވެރިވުމަށް އެދޭ ފޯމު (ފުރިހަމަ ކުރެވިފައިވާ)

ށ- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް (ރަސްމީ ފަރާތަކުން އަސްލާ އެއްގޮތްކަމުގެ ތައްގަނޑުޖަހާފައިވާ)

ނ- ތަޢުލީމީ ސަނަދުތަކުގެ ކޮޕީ (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ވެލިޑޭޓްކޮށް، ރަސްމީ ފަރާތަކުން އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖަހާފައިވާ)

ރ- ކުރިން ވަޒީފާއެއް އަދާކޮށްފައިވާނަމަ، ރެފަރެންސް ލެޓަރ

ބ. ވަޒީފާ އަދާކުރާ ފަރާތެއްނަމަ މިކޯސް ހެދުމަށް ވީއްލާނެކަމުގެ ލިޔުން

ތަކެތި ހުށަހަޅަންޖެހޭ އޮފީސް

މި ތަމްރީނު ޕްރޮގްރާމްގައި ބައިވެރިވުމަށް ޝައުޤުވެރިވެލައްވާ ބޭފުޅުން، ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅުއްވާނީ ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިޔުކޭޝަން އެންޑް ޓްރެއިނިންގ އޮތޯރިޓީ / ޣާޒީ ބިލްޑިންގ (ގްރައުންޑް ފްލޯ) ނުވަތަ [email protected] އަށެވެ.

ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ 2016 ފެބުރުވަރީ 29 ވަނަ ދުވަހުގެ 14:00 ގެ ކުރިން.

އެޕްލިކޭޝަންފޯމު ލިބިވަޑައިގަންނަވާނީ:

  1. މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ވެބްސައިޓް: www.moe.gov.mv              
  2. ޓިވެޓް އޮތޯރިޓީގެ ވެބްސައިޓް: www.tvet.gov.mv

ނޯޓް:

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން މި އޮތޯރިޓީގެ ނަންބަރު 3341313 އަދި 3341275 ފޯނަށް ގުޅުއްވުން އެދެމެވެ. 

25 ރަބީޢުލްއާޚިރު 1437

04 ފެބުރުވަރީ 2016
ހޯދާ