މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ޕޮލިސީ އޮފިސަރ

އިޢުލާން

މި މިނިސްޓްރީގެ ބެލެނިވެރިކަމުގެ ދަށުން ތަންފީޒުކުރެވެމުންދާ "އެންހޭންސް އިންޓަގްރޭޓެޑް ފްރޭމްވާރކް" ޕްރޮގްރާމް (އީ.އައި.އެފް)ގެ ދަށުން، ތަންފީޒުކުރުމުންދާ ޓިއަރ 2 ޓްރޭޑް ފެސިލިޓޭޝަން ޕްރޮޖެކްޓަށް، ތިރީގައި މިދަންނަވާ މަޤާމަށް މުވައްޒަފަކު ބޭނުންވެއްޖެއެވެ.

މަޤާމް: ޕޮލިސީ އޮފިސަރ

އަދަދު : 01

ފެންވަރު ނުވަތަ ޝަރުޠު:

  • އިކޮނޮމިކްސް، ލޭބަރ އިކޮނޮމިކްސް، ޑިވެލޮޕްމަންޓް/އިންޓަރނޭޝަނަލް އިކޮނޮމިކްސް، ޓްރޭޑް ނުވަތަ އިންޓަނޭޝަނަލް ބިޒްނަސްއިން ފުރަތަމަ ޑިގްރީ ޙާސިލްކޮށްފައިވުން.
  • މަސައްކަތާ ގުޅުންހުރި ދާއިރާއަކުން މަދުވެގެން 4-3 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
  • ކޮމްޕިއުޓަރ ބޭނުންކުރަން އެނގުމާއި، އޮފީސް ސޮފްޓްވެއަރ ޕެކޭޖް ބޭނުންކުރަން އެނގުން.
  • އިނގިރޭސި ބަހުންނާއި ދިވެހިބަހުން މުޢާމަލާތް ކުރަން އެނގުން.

 

މަތީގައި އިޢުލާން ކުރެވިފައިވާ ވަޒީފާގެ އިތުރު ތަފުސީލު، މަސްއޫލިއްޔަތު އަދި ތަފުސީލު ޓާރމްސް އޮފް ރެފަރެންސް މި މިނިސްޓްރީގެ ވެބްސައިޓް http://www.trade.gov.mv އިން ޑައުންލޯޑުކުރެވޭނެއެވެ. ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުމުން ލިބިވަޑައިގަންނަވާނެއެވެ.

މަސައްކަތް ކުރަންޖެހޭ ތަން: މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް

މަސައްކަތް ކުރަންޖެހޭ ގަޑި: ރަސްމީ ބަންދުނޫން ދުވަސްތަކުގެ ހެނދުނު 8:00 ން މެންދުރުފަހު 4:00 އަށް
މުސާރަ: 20,046.00 ދިވެހި ރުފިޔާ (އެހެނިހެން އިނާޔަތް އަދި ޕެންޝަން ހިމެނޭ ގޮތުގެ މަތިން)
ވަޒީފާގެ މުއްދަތު: : 31 ޖުލައި 2016 ގެ ނިޔަލަށް

ވަޒިފާއަށް ކުރިމަތިލުމުގެ ސުންގަޑި: ވަޒީފާއަށް އެދި ސިޓީ ފޮނުވުމުގެ އެންމެ ފަހުގެ ތާރީޚަކީ 2016 ފެބުރުވަރީ 15 ވާ ހޯމަ ދުވަހުގެ 13:30 އެވެ. ވަޒީފާއަށް އެދި ހުށަހަޅާ އެޕްލިކޭޝަން، ސީ.ވީ، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ، ތަޢުލީމީ ސެޓްފިކެޓުގެ ކޮޕީ އަދި ކުރިން މަސައްކަތްކޮށްފައިވާ ތަންތަނުގެ ރެފަރެންސް ސިޓީ، މި މިނިސްޓްރީގެ ހިއުމަން ރިސޯސް ޔުނިޓަށް އެޑްރެސްކޮށް ހުށަހެޅުއްވުން އެދެމެވެ. އެޕްލިކޭޝަން ހުށަހަޅުއްވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. އަދި ސިޓީއުރައިގެ ބޭރުގައި Job Application EIF Tier 2 – Policy Officer” މިހެން ލޭބަލް ކުރެވިފައި އޮންނަންވާނެއެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް، ރަސްމީ ދުވަސްދުވަހު 08:00 ން ފެށިގެން 14:00 އާ ދެމެދު 3333174 އަށް ގުޅުއްވައި ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.

24‏ ރަބީޢުލްއާޚިރު 1437   

04 ފެބުރުވަރީ 2016
ހޯދާ