|
ވަޒިފާގެ ފުރުސަތު
|
|
މަޤާމު:
|
ޑިރެކްޓަރ، ސްކޫލް ހެލްތް އެންޑް ސޭފްޓީ
|
|
މަޤާމުގެ ނަންބަރު:
|
J-459339
|
|
ބޭނުންވާ އަދަދު:
|
1
|
|
މަޤާމުގެ ގިންތި:
|
ދާއިމީ
|
|
މަޤާމުގެ ރޭންކު:
|
ޕަބްލިކް ސަރވިސް ރޭންކް 9 - ސްޓެޕް 1
|
|
ވަޒީފާ އަދާކުރަން ޖެހޭ ތަން:
|
މިނިސްޓްރީ އޮފް އެޑިޔުކޭޝަން، ހަޔަރ އެޑިޔުކޭޝަން އެންޑް ސްކިލްސް ޑިވެލޮޕްމަންޓް
|
|
މުސާރަ:
|
16,104.00
|
|
މަގާމުގެ އެލަވަންސް:
|
7,515.00
|
|
ޙާޒިރީ ޢިނާޔަތް:
|
-/203 (ހާޒިރުވާ ކޮންމެ ދުވަހަކަށް)
|
|
އެހެނިހެން އެލަވަންސް:
|
- ދިވެހިރާއްޖޭގެ ޕެންޝަނާއި ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
|
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:
|
- މާލެއާއި އަތޮޅުތަކުގެ ޢާންމު ތަޢުލީމްދޭ ސްކޫލްތަކަށް ސްކޫލް ސްކޫލް ހެލްތު އެންޑް ސޭފުޓީގެ ޚިދުމަތް ދިނުމުގެ ޒިންމާ ޙަވާލުކޮށްފައިވާ އެޑިޔުކޭޝަނަލް ސްޕަވިޒަން އެންޑް ކޮލިޓީ އިމްޕްރޫވްމެންޓް ޑިވިޝަންގެ ސްކޫލް ހެލްތު އެންޑް ސޭފްޓީ ސެކްޝަނުގެ އިދާރީ އަދި ފަންނީ ހިންގުމުގައި އިސްނަގައި އިސްދައުރެއް އަދާކުރުމާއި، ޑިވިޝަންގެ އިސްވެރިޔާގެ ލަފަޔާއި އިރުޝާދުގެ މަތިން ސެކްޝަންގެ ހިންގުމުގެ މަސައްކަތް ރާވައި، ބެލެހެއްޓުމާއި، މަސައްކަތާ ގުޅޭގޮތުން އިސްވެރިޔާއަށް ބޭނުންވާ މަޢޫލޫމާތު ދިނުން.
- ޢާންމު ތަޢުލީމުދޭ ސްކޫލުތައް ބަލައި އެސުކޫލުތަކަކީ ހެލްތު ޕްރޮމޯޓިން ސްކޫލުތަކަކަށް ހެދުމަށް މަރުކަޒީ ފެންވަރުގައި ޑިވިޝަނުން ކުރަންޖެހޭ ކަންކަންކުރުމާއި، ސްކޫލު ހެލްތު ޕްރޮމޯޝަން އެންޑް ސޭފްޓީ ހަރުދަނާ ކުރުމަށް މަޝްރޫޢުތައް ރޭވުމަށް ބޭނުންވާ މަޢުލޫމާތާއި ލަފާ ޑީވިޝަންގެ އިސްވެރިޔާއަށް ދެމުން ގެންދިއުމާއިއެކު، އެގޮތުން ރޭވޭ މަޝްރޫޢުތައް ހިންގައި ބެލެހެއްޓުން.
- އެޑިޔުކޭޝަން ސެކްޓަރގެ އެމެޖެންސީ އެންޑް ސޭފްޓީ ފޯކަލް ޕޮއިންޓެއްގެ ގޮތުން އެޑިޔުކޭޝާން ސެކްޓަރގެ އެމަޖެންސީ އެންޑް ސޭފްޓީ ޕްރެޕެއަރޑުނެސް ޕަލޭން ތައްޔާރުކޮށް ކަނޑައަޅަންޖެހޭ ސިޔާސަތުތައް އެކުލަވާލުމުގެ ޢަމަލީ މަސައްކަތްކޮށް އެސިޔާސަތުތައް ތަންފީޒުކުރުމަށް ދާއިރާގެ ފަރާތްތަކުން ހަދަންޖެހޭ ސްޓްރެޓެޖިކް ޕްލޭނާއި، އެކްޝާންޕްލޭން ހަދައި ތަންފީޒުކުރުމުގެ ޢަމަލީ މަސައްކަތް ޑވިޝަންގެ އިސްވެރިޔާގެ ލަފަޔާއި އިރުޝާދުގެ މަތިން ކުރުން.
- ސްކޫލް ހެލްތް އެންޑް ސޭފްޓީ ސެކްޝަނުގެ ފަރާތުން ދޭ ޚިދުމަތްތައް ލިބިގަންނަ ފަރާތްތަކަށް، ވީހާވެސް ޚާރަދު ކުޑަ، ލުއިފަސޭހަގޮކަށް، އަވަސް ޚިދުމަތެއްދެވޭނެ ގޮތްތައް ހޯދައި، ތަރައްޤީކޮށް، ކަމަށް ބޭނުންވާނެ ގައިޑްލައިންތަކާއި، އުޞޫލުތައް އެކުލަވާލައި، ޢަމަލުކުރަމުން ގެންދިއުމަށް.
- ސްކޫލް ހެލްތު އެންޑް ސޭފްޓީ ސެކްޝަންގެ މުވައްޒަފުންގެ މަސައްކަތް ހަލުވިކޮށް، ދާއިރާގެ ކުރިއެރުމަށާއި، މުވައްޒަފުންގެ ކުރިއެރުމަށް ބޭނުންވާނެ ތަމްރީންތައް ދެނެގަނެ، އެފަދަ ފުރުޞަތުތައް ހަމަޖަހިފައިވާ ޤަވާއިދުތަކުގެ ތެރެއިން މުވައްޒަފުންނަށް ހޯދައިދިނުމަށް މަސައްކަތް ކުރަމުންގެންދިއުން.
- ސްކޫލް ހެލްތު އެންޑް ސޭފްޓީ ސެކްޝަނުގެ ބޭނުންކުރާ މުދަލާއި ފައިސާއާއި އެނޫންވެސް ވަޞީލަތްތައް ބޭނުން ކުރެވެމުންދަނީ ޤާނޫނުތަކާއި ޤަވާއިދުތަކާއި އެއްގޮތަށްކަން ކަށަވަރުކޮށް، އެކަމާގުޅޭގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދުމާއި، ސެކްޝަނުގް އެންމެހާ ކަންކަން ތަރައްޤީކުރުމަށް މަސައްކަތްކުރުމާއިއެކު، ކުރިއަށް ދިއުމަށް މުވައްޒަފުންނަށް މަގުދައްކައި އެހީތެރިވެދިނުމާއި، މަސައްކަތާގުޅޭގޮތުން ޖަވާބުދާރީވާން ޖެހޭ އެންމެހާ ފަރާތަތަކަށް ޖަވާބުދާއިވުން.
- އެޑިޔުކޭޝަންގެ އެޑިޔުކޭޝަނަލް ސްޕަރވިޝަން އެންޑް ކޮލިޓީ އިމްޕްރޫވްމަންޓް ޑިވިޝަންގެ އިދާރީ އޮނިގަނޑުގައި ކަނޑައެޅޭގޮތުގެ މަތިން އެޑިޔުކޭޝަނަލް ސްޕަރވިޝަން އެންޑް ކޮލިޓީ އިމްޕްރޫވްމެންޓް ޑިވިޝަންގެ ސްކޫލް ހެލްތު އެންޑް ސޭފްޓީ ސެކްޝަނުންގެ ތެރޭގައި މަސައްތަތައް ވިލަރެސްކޮށް ބެލެހެއްޓޭނެ އިންތިޒާމް ޤާއިމުކޮށް އެކަން ހިންގުން.
- އެޑިޔުކޭޝަނަލް ސްޕަވިޝަން އެންޑް ކޮލިޓީ އިމްޕްރޫވްމަންޓް ޑިވިޝަންގެ ސްކޫލް ހެލްތު އެންޑް ސޭފްޓީ ސެކްޝަނުންގެ އަހަރީ ރިޕޯޓު ކޮންމެ އަހަރެއް ނިމުމުން ތައްޔާރުކޮށް ހަމަޖެހިފައި އޮންނަ އުޞޫލަކާ އެއްގޮތަށް ތައްޔާރުކޮށް، ހުށަހަޅަން ކަނޑައެޅިފައިވާ ފަރާތަތަކަށް ހުށަހެޅުން.
|
|
މަޤާމުގެ ޝަރުޠުތައް:
|
- މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 10 ގެ ޑޮކްޓޯރަލް ޑިގްރީއެއް ހާސިލްކޮށްފައިވުން. އަދި މަގާމުގެ މަސައްކަތާ ގުޅުންހުރި ހިންގުމުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރުދުވަހު މަސައްކަތްކޮށްފައިވުން.
ނުވަތަ؛
- މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ މާސްޓަރސް ޑިގްރީ އެއް ހާސިލުކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. އަދި އެ މުއްދަތުގެ ތެރެއިން މަދުވެގެން 2 އަހަރުދުވަހު ހިންގުމުގެ ދާއިރާއެއްގައި މަސައްކަތްކޮށްފައިވުން.
ނުވަތަ؛
- މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ޑިގްރީއެއް ނުވަތަ ބެޗްލަރސް އޮނަރސް ޑިގްރީ އެއް ޙާޞިލްކޮށްފައި ވުމާއިއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 8 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. އެ މުއްދަތުގެ ތެރެއިން މަދުވެގެން 2 އަހަރުދުވަހު ހިންގުމުގެ ދާއިރާއެއްގައި މަސައްކަތްކޮށްފައިވުން.
|
|
މަޤާމުގެ ތަޢުލީމީ ރޮނގުތައް:
- ކޮމިއުނިޓީ ހެލްތު
- އެންވަޔަރަންމަންޓަލް ހެލްތް
- އެންވަޔަރަންމަންޓަލް ސައިންސް ވިތް ހަޒަރޑްސް އެންޑް ޑިޒާސްޓަރސް
- ހެލްތް އެންޑް ސޭފްޓީ
- ހެލްތް އެންޑް ސޭފްޓީ އެޓް ވަރކް
- ހެލްތް އެޑިޔުކޭޝަން
- ހެލްތް އެޑިޔުކޭޝަން އެންޑް ބިހޭވިއަރ
- ހެލްތް އެޑިޔުކޭޝަން އެންޑް ހެލްތް ޕްރޮމޯޝަން
- ހެލްތް ޕްރޮމޯޝަން
- ހެލްތް ރިސަރޗް
- ހެލްތް-ސޭފްޓީ އެންޑް އެންވަޔަރަންމަންޓް
- އިންޑަސްޓްރިއަލް ހައިޖީން
- އިންޓަރނޭޝަނަލް ހެލްތު
- އޮކިއުޕޭޝަނަލް ހެލްތް
- އޮކިއުޕޭޝަނަލް ހެލްތް އެންޑް ރިސްކް މެނޭޖްމަންޓް
- އޮކިއުޕޭޝަނަލް ހެލްތް އެންްޑް ސޭފްޓީ ލީޑަރޝިޕް
- އޮކިއުޕޭޝަނަލް ހެލްތް އެންޑް ސޭފްޓީ މެނޭޖްމަންޓް
- އޮކިއުޕޭޝަނަލް ހައިޖީން
- އޮކިއުޕޭޝަނަލް ރިސްކް ޕްރިވެންޝަން
- އޮކިއުޕޭޝަނަލް ރިސްކްސް
- އޮކިއުޕޭޝަނަލް ސޭފްޓީ އެންޑް ހެލްތް
- އޮކިއުޕޭޝަނަލް ސޭފްޓީ މެނޭޖްމަންޓް
- އޮކިއުޕޭޝަނަލް ސޭފްޓީ-ހެލްތް އެންޑް އެންވަޔަރަންމަންޓް
- އޮކިއުޕޭޝަނަލް ސޭފްޓީ-ހެލްތް އެންޑް ވެލްބިއިން
- އޮކިއުޕޭޝަނަލް ތެރަޕީ
- އެޑިޔުކޭޝަނަލް އެންޑް އޮކިއުޕޭޝަނަލް ހެލްތް ސައިކޮލޮޖީ
- ފިޒިކަލް އެންޑް ހެލްތް އެޑިޔުކޭޝަން
- ފިޒިއޮލޮޖީ
- ފިޒިއޮތެރަޕީ
- ޕްރިވެންޝަން އޮފް އޮކިއުޕޭޝަނަލް ހަޒާޑްސް
- ޕްރައިމަރީ ހެލްތް ކެއަރ
- ޕަބްލިކް ހެލްތް
- ޕަބްލިކް ހެލްތް ނަރސިންގ
- ރިސަރޗް ސްޓަޑީސް
- ސޭފްޓީ ސައިންސް
- ސްކޫލް ހެލްތް އެޑިޔުކޭޝަން
- ސްޕޯޓްސް ސައިންސް
- ޓެކްނޯލޮޖީ-ވަރކް އެންޑް ހެލްތް
- ވަރކް ހެލްތް އެންޑް ސޭފްޓީ އެޑްވާންސްޑް
- ވަރކް ޕްލޭސް ހެލްތް މެނޭޖްމަންޓް
ޕްރިފަރޑް ޑިސިޕްލިން : -
މަޤާމަށް ކޯ ޑިސިޕްލިން: -
|
|
ގުޅޭ ވަޒީފާގެ ދާއިރާތައް:
- ޞިއްޙީ ދާއިރާއެއްގެ މެނޭޖީރިއަލް ފެންވަރުގެ މަސައްކަތްތަކާއި ފަންނީ މަސައްކަތްތަކާއި ދިރާސާ ކުރުމުގެ މަސައްކަތްތައް
- ތަޢުލީމު ނުވަތަ މަތީ ތަޢުލީމު ފޯރުކޮށްދޭ ތަނެއްގެ މެނޭޖީރިއަލް ފެންވަރުގެ މަސައްކަތްތަކާއި ފަންނީ މަސައްކަތްތަކާއި ދިރާސާ ކުރުމުގެ މަސައްކަތްތައް
- ސަރުކާރުގެ އިދާރާއެއްގައި މަގާމުގެ މަސައްކަތްތަކާ ގުޅުންހުރި މަސައްކަތްތައް ހިމެނޭ މެނޭޖީރިއަލް ފެންވަރުގެ މަސައްކަތްތަކާއި ފަންނީ މަސައްކަތްތަކާއި ދިރާސާ ކުރުމުގެ މަސައްކަތްތައް
|
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.) https://www.csc.gov.mv/download/2024/84/Annex%202%20-%20Application%20form1pnd4eve.a2u140d53hl.flr.docx
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛
(ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ
(ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.
- މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:
(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)
(ބ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".
|
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
|
- އަސާސީ ޝަރުތު ހަމަވުމުން (% 30)
- އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު (% 5)
- ކޯ ނުވަތަ ޕްރިފަރޑް ޑިސިޕްލިންއާ ގުޅޭ ސަނަދަށް ދެވޭ ޕޮއިންޓް (% 5)
- އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ (% 5)
- އެސެސްމަންޓް (އިމްތިޙާނު ނުވަތަ ޕްރެކްޓިކަލް) (% 15)
- ޕްރެޒެންޓޭޝަން (% 10)
- އިންޓަރވިއު (% 30)
|
|
މަޤާމަށް އެދެންވީގޮތާއި ސުންގަޑި:
|
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 3 އޮގަސްޓު 2026 ވާ ހޯމަ ދުވަހުގެ 13:30 ގެ ކުރިން، ތިރީގައިވާ ލިންކު މެދުވެރިކޮށެވެ.
https://forms.gle/WoSzfBtVN8CST7UQ8
އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.
ނޯޓް: އެޕްލިކޭޝަން ފޯމާއިއެކު ހުރިހާ ޑޮކިއުމަންޓެއް އެއް ފައިލްއަކަށް ޕީ.ޑީ.އެފް ކުރުމަށް ފަހު، އަޕްލޯޑް ކުރެއްވުމަށް ދަންނަވަމެވެ.
|
|
ޝޯޓްލިސްޓުކުރުން:
|
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.
|
|
އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު:
|
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި އިމްތިޙާނު އޮންނާނީ 04 އޮގަސްޓު 2026 އާއި 10 އޮގަސްޓު 2026 އާއި ދެމެދު މިނިސްޓްރީ އޮފް އެޑިޔުކޭޝަން، ހަޔަރ އެޑިޔުކޭޝަން އެންޑް ސްކިލްސް ޑިވެލޮޕްމަންޓް ގައެވެ.
މި މަގާމަށް ކުރިމަތިލާ ފަރާތްތަކުން، އެ މުއްދަތުގައި އިމްތިހާން އަދި އިންޓަވިޔުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.
|
|
"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން
|
އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.
|
|
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3041100 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.
ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.
|