ދިވެހިރާއްޖެ
މި ކައުންސިލުން ނާސަރީ އަދި ބޭބީ ނާސަރީ ކުދިންނަށް ކިޔަވައިދިނުމުގެ ގޮތުން ހިންގާ "ކެނދި ޕްލޭ ސްކޫލް" ހިންގުމަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. މި ބިމިގައި ޕްރީސްކޫލް ހިންގުމުގެ ޝަރުތާއިއެކު، ސިނާޢީ މަސައްކަތްތައް ފިޔަވައި، އެހެނިހެން ހުރިހާ މަސައްކަތްތައް ކުރުމުގެ ފުރުޞަތު އޮންނާނެއެވެ. ކެނދި ޕްލޭ ސްކޫލް ކުއްޔަށްދޫކުރުމަށް ހުޅުވާލެވިފައިވަނީ ގިނަވެގެން 35 (ތިރީސް ފަހެއް) އަހަރު ދުވަހުގެ މުއްދަތަށެވެ. މިގޮތުން ކެނދި ޕްލޭ ސްކޫލް ދޫކުރުމަށް ހަމަޖެހިފައިވަނީ ޕްރީ ސްކޫލުގެ ޢިމާރާތް ހިމެނޭހެން ޖުމްލަ 10,000 އަކަފޫޓުގެ ބިމެވެ.
މި އިޢުލާނަށް ބީލަން ހުށަހެޅޭނީ، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ނަންބަރު: 2014/19) ގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށާއި ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ނަންބަރު: 2014/18) ގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ.
|
ހ - ބިޑުގައި ރަޖިސްޓްރީވާން އެދޭ ފަރާތްތަކުން، 29 ޖުލައި 2026 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ އޮންލައިން ފޯމް މެދުވެރިކޮށް ބީލަމުގައި ރަޖިސްޓަރ ވާންވާނެއެވެ. ށ - ރަޖިސްޓްރޭޝަން ފޯމް: https://forms.office.com/r/XBgSeXpNQq ނ - ބީލަމުގައި ރަޖިސްޓްރީވާ ފަރާތްތައް ފިޔަވާ އެހެން އެއްވެސް ފަރާތްތަކަށް ބިޑު ހުށައެއްނޭޅޭނެއެވެ. |
|
ހ - މަޢުލޫމާތު ސާފުކުރައްވަން ބޭނުންވާ ފަރާތްތަކަށް ބާއްވާ ބައްދަލުވުން 30 ޖުލައި 2026 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި، ނ. ކެނދިކުޅުދޫ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަން (ކެނދި މާލަން) ގައި އޮންނާނެއެވެ. ށ - ބީލަން ހުށަހަޅާފަރާތްތަކުން، މި ބައްދަލުވުމުގައި ބައިވެރިވުން ލާޒިމެއް ނޫނެވެ. ނ - މަޢުލޫމާތު ސާފުކުރަން ހާޟިރު ނުވެވޭ ފަރާތްތަކަށް، ބަދަލުގައި މީހަކު ފޮނުވިދާނެއެވެ. ބަދަލުގައި ފޮނުވާ ފަރާތުގެ މަޢުލޫމާތު އަންދާސީ ހިސާބު ހުށަހަޅާ ފޯމުގެ ޖަދުވަލު 5 ފުރިހަމަ ކުރަން ވާނެއެވެ. ރ - މަޢުލޫމާތު ސެޝަންގައި ބައިވެރި ނުވެވޭނަމަ، ކެނދިކުޅުދޫ ކައުންސިލްގެ ފޯން ނަންބަރު 6563941 އަށް ގުޅުއްވައިގެން ނުވަތަ [email protected] މެއިލް ކޮށްގެން މަޢުލޫމާތު ސާފުކުރެވޭނެއެވެ. މަޢުލޫމާތު ސާފުކުރުމުގެ ސުންގަޑިއަކީ 30 ޖުލައި 2026 ވާ ބުރާސްފަތި ދުވަހުގެ 10:00 އެވެ. |
|
ހ - ބީލަން ހުޅުވުން އޮންނާނީ 02 އޮގަސްޓް 2026 ވާ އާދީއްތަ ދުވަހުގެ 11:00 ގައި ނ. ކެނދިކުޅުދޫ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަން (ކެނދި މާލަން) ގައެވެ. ށ - ބީލަން ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި ހުށަހަޅާ ފަރާތުގެ ނަން އަދި އިޢުލާން ނަންބަރު ޖަހަންވާނެއެވެ. ނ - އޮންލައިން ފޯމް މެދުވެރިކޮށް ރަޖިސްޓަރ ނުކުރާ ފަރާތްތަކާއި، ގަޑިޖެހިގެން ބިޑުހުށަހަޅަން ވަޑައިގަންނަވާ ބޭފުޅުންނަށް ބިޑު ހުށަހެޅުމުގެ ފުރުޞަތެއް ނުދެވޭނެއެވެ. |
|
ހ - ފުރިހަމަކޮށް ސޮއިކޮށްފައިވާ ބީލަން ހުށަހަޅާ ފޯމް. (ކުންފުނި، ކޯޕަރޭޓިވްސް، ޕާޓްނާރޝިޕް އަދި ވިޔަފާރި ފަދަތަންތަނުން ބީލަން ފޯމް ހުށަހަޅާއިރު އެތަނެއްގެ ސިއްކަ އޮތްނަމަ ސިއްކަ ޖަހަންވާނެއެވެ.) ށ - ފުރިހަމަކޮށް ސޮއިކޮށްފައިވާ ޗެކްލިސްޓް (ބީލަން ހުށަހަޅާ ފޯމުގެ ފަހަތުގައިވާ) ނ - ކުންފުނި، ކޯޕަރޭޓިވްސް، ޖަމްޢިއްޔާތައް އަދި ޕާޓްނަރޝިޕް އަކުން ހުށަހަޅާނަމަ ވިޔަފާރި ނުވަތަ ޖަމްޢިއްޔާ ރަޖިސްޓަރީގެ ކޮޕީ ރ - އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓަރީގެ ކޮޕީއާއި ވެރިފަރާތުގެ އައިޑީ ކާޑް ކޮޕީ ބ - ޖީ.އެސް.ޓީ ރަޖިސްޓަރ ކޮށްފައިވާނަމަ ޖީ.އެސް.ޓީ ސެޓްފިކެޓްގެ ކޮޕީ. ރަޖިސްޓަރީ ނުކުރާނަމަ މީރާގައި ވިޔަފާރި ރަޖިސްޓަރީކުރިކަމުގެ ލިޔުމުގެ ކޮޕީ. ޅ - ބީލަމުގައި ވެރިފަރާތް ނޫން އެހެން ފަރާތަކުން ސޮއިކުރާނަމަ ސޮއިކުރުމުގެ އިޚްތިޔާރުދީފާއި އޮތްކަމުގެ ލިޔުން، ފަރުދީ ވިޔަފާރި، ޕާޓްނާރޝިޕް އަދި ކޯޕަރޭޓިވް ސޮސައިޓީތަކުން ސޮއިކުރުމުގެ އިޚްތިޔާރުދީފައިވާ ކަމުގެ ޕަވާރ އޮފް އެޓަރނީ ހުށަހަޅަންވާނެއެވެ. ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރނޫން އެހެން ފަރާތަކުން ސޮއިކުރިނަމަ ބޯޑު ރިޒޮލިއުޝަން ހުށަހަޅަންވާނެއެވެ. ކ - ޕްރޮޕޯސަލް އަދި ޕްރޮފައިލް
ޕްރޮފައިލްގައި ހުށަހަޅަންޖެހޭ މައިގަނޑު މައުލޫމާތުތަކަކީ:-
|
|
ޕްރޮޕޯސަލް އިވެލުވޭޓް ކުރުމުގައި ބެލޭނެ ކަންކަމާއި ޕޮއިންޓްދެވޭނެގޮތް (50 އިންސައްތަ ބެހިފައިވާ ގޮތް) - ޙިދުމަތް ދިނުމަށް ފަށާނެ މުއްދަތު %30 މިބަޔަކަށް މާކްސް ދިނުމުގައި ބަލާނީ މިބީލަމުގައިވާ ބިމުގައި ކުރަންބޭނުންވާ މަސައްކަތްތަށް ޚިދުމަތްދެވޭނެ ފެންވަރަށް ނިންމާ އޮޕަރޭޝަނަށް ގެންނަށް ހުށައަޅާ މުއްދަތަށެވެ. (އެންމެ ކުރުމުއްދަތަށް އެންމެގިނަ ޕޮއިންޓްދޭ އުޞޫލުން) - ހިންގުމަށް ނަގާ މުއްދަތު ބީލަމުގައިވާ ބިމުގައި ކެނދި ޕްލޭ ސްކޫލް ހިންގުމަށް ޕްރޮޕޯޒް ކުރާ މުއްދަތު (އެންމެ ކުރުމުއްދަތަށް އެންމެގިނަ ޕޮއިންޓުދޭ އުޞޫލުން) - ތަޖުރިބާ ހުށަހަޅާ ޕްރޮޕޯސަލްތަކުގެ ތެރެއިން ދާއިރާއިން ހުރި ތަޖުރިބާ (ތަޖުރިބާގެ ގޮތުގައި ބަލާނީ އިންސްޓިޓިއުޝަން، ޕްލޭ ސްކޫލް، ސްކޫލް، މެނޭޖުކޮށް ހިންގުމަށް ލިބިފައިވާ ތަޖުރިބާތަކަށެވެގިނަވެގެން ދެވޭނީ 10 ޕޮއިންޓެވެ. |
|
- މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫ ކައުންސިލްގެ އިދާރާ - ނ. ކެނދިކުޅުދޫ، ދިވެހިރާއްޖެ - ފޯން: 6560013 ނުވަތަ 6560663 (ރަސްމީ ގަޑީގައި) - އީމެއިލް: [email protected] |
ވީމާ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.
