ހައްދުންމަތީ ކުނަހަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
2026 ޖުލައި މަހުގެ ރައްޔިތުންގެ ބައްދަލުވުން

އިޢުލާން

  ރައްޔިތުންނާއި ބައްދަލްކުރުން

       ޤާނޫން ނަމްބަރ 2010/7 ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 107 ވަނަ މާއްދާގެ ދަށުން ބާއްވަން ޖެހޭ ރައްޔިތުންގެ ބައްދަލުވުމުގެ ތެރެއިން ޖުލައި މަހު ބާއްވަންޖެހޭ ބައްދަލުވުން 31 ޖުލައި 2026 ވާ ހުކުރު ދުވަހުގެ ރޭ 20:30 ލ. ކުނަހަންދޫ ކައުންސިލް އިދާރާގައި އޮންނާނެއެވެ.  

މި ބައްދަލްވުމުގައި ރައްޔިތުންނާއި ހިއްސާކުރުމަށް ހަމަޖެހިފައިވާ ކަންކަން ތިރީގައި އެވަނީއެވެ.

މި ބައްދަލުވުމުގެ އެޖެންޑަރ:

  1. 2026 ވަނަ އަހަރުގެ ފުރަތަމަ 6 މަސް ދުވަހުގެ ރިޕޯޓް
  2. 2027 ވަނަ އަހަރަށް ލަފާކުރާ ބަޖެޓް
  3. 2027 ވަނަ އަހަރުގެ މަސައްކަތު ތާވަލު
  4. 5 އަހަރު ދުވަހުގެ ތަރައްޤީ ޕްލޭންއާއި ފައިނޭންޝިއަލް ޕުލޭނަށް ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯދުން
  5. ރައްޔިތުންގެ ޚިޔާލު ހުށެހެޅުމާއި ސުވާލުތަކަށް ޖަވާބުދިނުން

        ވީމާ، މިކަން ޢާމުކޮށް އެންގުމަށް ޢިޢުލާނު ކުރީމެވެ. މި ބައްދަލްވުމުގައި ކުނަހަންދޫގެ ހުރިހާ ރައްޔިތުން ބައިވެރިވެ ދެއްވުން އެދި ދަޢުވަތު އަރުވަމެވެ.

09 ޞަފަރު 1448

23 ޖުލައި 2026

23 ފެބުރުވަރީ 2026
ހޯދާ