ހިދާޔާ ސުކޫލް/ ނ. މިލަދޫ
ދިވެހިރާއްޖެ
ގުދަނެއް ކުއްޔަށް ހިފުމާބެހޭ

އިޢުލާން

ގުދަނެއް ކުއްޔަށް ހިފުމާބެހޭ

މި ސްކޫލުގެ ތަކެތި ރައްކާތެރިކުރުމަށް މިދަންނަވާ ފެންވަރުގެ ގުދަނެއް 1 އަހަރުދުވަހުގެ މުއްދަތަށް (01 ޖަނަވަރީ 2016 ން 31 ޑިސެންބަރު 2016 އަށް) ކުއްޔަށް ހިފަން ބޭނުންވެގެން 03 ޖަނަވަރީ 2016 ގައި ކުރެވުނު މި ސްކޫލުގެ ނަންބަރު GS116(IUL)/2016/003 އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން އެކަމަށް އެދި ހުށަހަޅާފައިނުވާތީ އެއިޢުލާން ބާޠިލުކޮށް، އަލުން އިޢުލާން ކުރަމެވެ.

މިގޮތުން ކުއްޔަށް ހިފާ ގުދަނަކީ ރާނައި ހިޔާކޮށް، ދެފަރާތުން ސިމެންތި ޖަހައި، ތަޅުން އަޅައި، މުށި ޖަހައި، ސީލިންގކޮށް، ކަރަންޓްވައިރުކޮށްފައިވާ ގުދަނަކަށް ވާންޖެހޭނެއެވެ. އަދި ގުދަނުގެ ބޮޑުމިނުގައި މަދުވެގެން 200 އަކަފޫޓު ހުންނަންވާނެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، 10 ފެބުރުވަރީ 2016 ވާ ބުދަ ދުވަހުގެ މެންދުރުފަހުގެ 14:00 ގެ ކުރިން ކުއްޔަށް ދޫކުރެވޭނެ އަގު ބަޔާންކޮށް މި ސްކޫލަށް ސިޓީފޮނުއްވުން އެދެމެވެ. ސިޓީއާއެކު ކުއްޔަށް ދެއްވަން ގަސްދުކުރައްވާ ގުދަނުގެ ޖާގައާއި ގުދަން ހުރި ތަނާއި ހުރިގޮތުގެ ކުރެހުމެއް ހުށަހަޅަންވާނެއެވެ.

21 ރަބީޢުލްއާޚިރު 1437

31 ޖަނަވަރީ 2016
ހޯދާ