ތިލަދުންމަތީ ދެކުނުބުރީ ކުމުންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
އ.ތ.މ.ކ އިން ބޭއްވުމަށް ހަމަޖެހިފައިވާ ބަށިމުބާރާތާއި ގުޅޭ
ހދ. ކުމުންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއިން އިންތިޒާމްކޮށްގެން ކުމުންދޫގައި ބަށި މުބާރާތެއް ބޭއްވުމަށްވަނީ ހަމަޖެހިފައެވެ. މި މުބާރާތަކީ ކަނބަލުންގެ ހުނަރު ކުރިއެރުވުމާއި ކުޅިވަރުކުޅުމަށް ޝައުގުވެރިކަން ހުރި ފަރާތްތަކަށް ކުޅިވަރުކުޅުމުގެ އިތުރު ފުރުސަތުތައް ހޯދައިދިނުމުގެ ގޮތުން ބޭއްވޭ މުބާރާތެކެވެ.
މުބާރާތް ފެށުމަށް ތާވަލު ކުރެވިފައިވަނީ 21 އޮގަސްޓް 2026 ގައެވެ. މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ޖުމުލަ މަދުވެގެން 3 ޓީމް މުބާރާތުގައި ބައިވެރިވުމަށް ނަން ނޯޓްކޮށްފައިވާނަމައެވެ.
މުބާރާތުގައި ހޮވޭނެ ވަނަތައް:
- މުބާރާތުގެ ޗެންޕިއަން ޓީމް (ޓްރޮފީ، ހަނދާނީ ލިޔުން، -/5000 ރުފިޔާގެ ފައިސާގެ އިނާމު)
- މުބާރާތުގެ ރަނަރއަޕް ޓީމް (ޓްރޮފީ، ހަނދާނީ ލިޔުން، -/2000 ރުފިޔާގެ ފައިސާގެ އިނާމު)
- މުބާރާތުގެ ތިންވަނަ ޓީމް (ޓްރޮފީ، ހަނދާނީ ލިޔުން، -/1000 ރުފިޔާގެ ފައިސާގެ އިނާމު)
- މުބާރާތުގެ އެންމެ މޮޅު ޖެހުންތެރިޔާ (ޓްރޮފީ، ހަނދާނީ ލިޔުން، 500/- ރުފިޔާގެ ފައިސާގެ އިނާމު)
- މުބާރާތުގެ އެންމެ މޮޅު ހިފުންތެރިޔާ (ޓްރޮފީ، ހަނދާނީ ލިޔުން، 500/- ރުފިޔާގެ ފައިސާގެ އިނާމު)
- މުބާރާތުގެ ބަށި ރާނީ (ޓްރޮފީ، ހަނދާނީ ލިޔުން، 500/- ރުފިޔާގެ ފައިސާގެ އިނާމު)
- މުބާރާތުގެ ފެއަރ ޕްލޭ ޓީމް (ޓްރޮފީ، ހަނދާނީ ލިޔުން)
- މުބާރަތުގެ އުންމީދީ (އެންމެ އުމުރުން ހަގު، ޑިސިޕްލިން ރަނގަޅު) ކުޅުންތެރިޔާ (ޓްރޮފީ، ހަނދާނީ ލިޔުން)
ނޯޓު:
- މުބާރާތުގައި ބައިވެރިވުމަށްޓަކައި މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް އަދި މުބާރާތުގެ ޤަވާއިދު ކައުންސިލް އިދާރާއިން ލިބިލައްވާނެއެވެ.
- މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް ހުށަހެޅުމުގެ ސުންގަޑިއަކީ 02 އޯގަސްޓް 2026 ވާ އާދިއްތަ ދުވަހުގެ 13:00 އެވެ.
- މުބާރާތުގައި ބައިވެރިވުމަށް އެދޭ ފައިނަލް ޓީމްލިސްޓް ހުށަހެޅުމުގެ ސުންގަޑިއަކީ 10 އޯގަސްޓް 2026 ވާ ހޯމަ ދުވަހުގެ 13:00 އެވެ.
ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.
23 ޖުލައި 2026
ހޯދާ
