މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން
ދިވެހިރާއްޖެ
މާކެޓިންގ އެގްޒެކެޓިވް

ވަޒީފާގެ ފުރުޞަތު

މަޤާމުގެ ނަން:  މާކެޓިންގ އެގްޒެކެޓިވް

މުސާރަ: -/6,600 ރުފިޔާ

އެލަވަންސް: -/4,400 ރުފިޔާ

ޑިޕާޓްމަންޓް / ސެކްޝަން: ޑެސްޓިނޭޝަން މާކެޓިންގ/ ޑެސްޓިނޭޝަން ސެކްޝަން 

ބޭނުންވާ އަދަދު: 3 މީހުން

ޝަރުޠު:

މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުން، ނުވަތަ

މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތު ކޮށްދިނުމާއެކު، މާކެޓިންގ ދާއިރާގައި 4 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.  

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

- މާކެޓިންގ ޕްލޭން ތައްޔާރުކުރުމުގައި ނިންމަންޖެހޭ ލިޔުންތައް ތައްޔާރުކުރުން.

- ހަވާލުކުރެވޭ މާކެޓްތަކާއި ގުޅިގެން ރާއްޖެއިން ބޭރުގައި، މިކޯޕަރޭޝަންގެ ފަރާތުން އިންތިޒާމު ކުރާ ޙަރަކާތް (ރޯޑްޝޯވްސް، ޕްރޮމޯޝަނަލް            ފެއަރސް އަދި އެހެނިހެން އިވެންޓް) ތަކުގައި ބައިވެރިވުމަށްޓަކައި ކުރަންޖެހޭ އެންމެހައި މާކެޓިންގ މަސައްކަތްތައް ކުރުން.

- ހަވާލުކުރެވޭ މާކެޓުތަކުގެ ރިޕޯޓުތައް ނިންމުން.

- ފެމިލިއަރައިޒޭޝަން ޓްރިޕް ފަދަ ޕްރޮގްރާމްތައް ރާވައި އެ ޕްރޮގްރާމުތަކުގައި ބައިވެރިވާންޖެހޭ ހާލަތުތަކުގައި ބައިވެރިވުން.

- މާކެޓުތަކުގެ މީޑިއާގައި ރާއްޖެއާބެހޭގޮތުން ކަވަރުކުރާ އާޓިކަލްތައް އެ މާކެޓެއްގައި މަސައްކަތްކުރާ ޕީ.އާރު ކުންފުންޏެއްގެ އެހީގައި  ނުވަތަ            އެހެނިހެންވެސް ގޮތްގޮތުން މޮނިޓަރކޮށް ތައްޔާރުކުރަންޖެހޭ ރިޕޯޓުތައް ތައްޔާރުކުރުން.

- މާކެޓްތަކަށް އަންނަ ބަދަލުތައް ދެނެގަނެ ދިރާސާ ރިޕޯޓުތައް ތައްޔާރުކުރުން.

- މި ކޯޕަރޭޝަންގެ ފަރާތުން ރާވައި ހިންގާ އެކި އިވެންޓުތަކުގައި ޙަރަކާތްތެރިވުން.

ސިޓީ ފޮނުވަންވީ ތާރީޚާއި ތަން:  2016 ފެބުރުވަރީ 11 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ވެލާނާގޭ 4 ވަނަ ފަންގިފިލާގައި ހުންނަ މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަނަށް.

ހުށައަޅަންޖެހޭ ލިޔުންތައް:

- ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ

- ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ވަނަވަރު

- ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (މި ބައިގައި މާކްސް ދެވޭނީ އެކްރެޑިޓްކޮށް އެޓެސްޓްކޮށްފައިވާ ސެޓްފިކެޓްތަކަށެވެ).

- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

- ކުރިން ވަޒީފާ އަދާކޮށްފައިވާ ނަމަ، ވަޒީފާ އަދާކުރި އޮފީހުގެ ލިޔުން (މި ބަޔަށް މާކްސް ދެވޭނީ ލިޔުން ހުށަހަޅާފައިވާނަމައެވެ).

އިތުރު މަޢުލޫމާތު:

  • އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ ނަންބަރު 3323228 ފޯނަށެވެ.
  • މި މަޤާމަށް އިންޓަރވިއު ކުރެވޭނީ ޝަރުޠު ހަމަވާ، ތަޢުލީމާއި ތަޖުރިބާ އެންމެ މަތީ 05 ފަރާތަކާއެވެ. އަދި ޝޯޓް ލިސްޓް ކުރެވޭ ފަރާތްތައް ފިޔަވައި އެހެން ފަރާތްތަކަށް، ނުހޮވުނުކަމުގެ ސިޓީ ނުފޮނުވޭނެ ކަމުގައި ވެސް ދެންނެވީމެވެ.

ސިޓީ އެޑްރެސް ކުރައްވާނީ:

ހާރިޘް މުޙައްމަދު، އެކްޓިންގ މެނޭޖިންގ ޑިރެކްޓަރ

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން

 

24 ރަބީޢުލްއާޚިރު 1437

04 ފެބުރުވަރީ 2016
ހޯދާ