މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޯލޮޖީ
ދިވެހިރާއްޖެ
މި މިނިސްޓްރީގެ ދަށުން ކ.ހިންމަފުށީގައި ހިންގަމުންގެންދާ ނޭޝަނަލް ރީ އިންޓަރގްރޭޝަން ސެންޓަރ (އެން.އާރް.ސީ) ގައި ހުރި އޭސީތައް ސަރވިސްކޮށް މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުން

          މި މިނިސްޓްރީގެ ދަށުން ކ. ހިންމަފުށީގައި ހިންގަމުންގެންދާ ނޭޝަނަލް ރީ އިންޓަރގްރޭޝަން ސެންޓަރ (އެން.އާރް.ސީ) ގައި ހުރި އޭސީތައް ސަރވިސްކޮށް މަރާމާތުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

           ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން މި އިޢުލާނާ އެއްކަރުދާސްކުރެވިފައިވާ މަޢުލޫމާތުގެ އިތުރުން، އިތުރު އެއްވެސް މަޢުލޫމާތު ސާފުކުރުމަށް ބޭނުންވާނަމަ މި މިނިސްޓްރީގެ އީމެއިލް އެޑްރެސް [email protected]  އަށް 2026 ޖުލައި 30 ވަނަ ދުވަހުގެ 14:00 ގެ ކުރިން މެއިލް ކުރެއްވުން އެދެމެވެ. އަދި މި ބީލަމުގައި ބައިވެރިވެއްލައްވަން ބޭނުންވާ ފަރާތްތަކުން 2026 އޯގަސްޓް 12 ވަނަ ދުވަހުގެ 10:30 އަށް މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރީޓީ، ލޭބަރ އެންޑް ޓެކްނޯލޮޖީ / ވެލާނާގެ 10 ވަނަ ފަންގިފިލާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

23 ޖުލައި 2026
ހޯދާ