ދިވެހިރާއްޖެ
މާލެއަތޮޅު ގާފަރު ކައުންސިލްގެ އިދާރާ
ކ.ގާފަރު، ދިވެހިރާއްޖެ ނަމްބަރ: 331/331/2026/51(IUL)
އިޢުލާން
"އެފް.އޭ.އެމް. ފްޓްސަލް އެޓޯލްސް ޗެމްޕިއަންޝިޕް 2026" ފްޓްސަލް މުބާރާތަށް ކުޅުންތެރިން ނެގުމާއި ގުޅޭ
އެފް.އޭ.އެމް. އިން އިންތިޒާމުކޮށްގެން ކުރިޔަށްގެންދާ "އެފް.އޭ.އެމް. ފްޓްސަލް އެޓޯލްސް ޗެމްޕިއަންޝިޕް 2026" ފްޓްސަލް މުބާރާތުގައި މިރަށް ތަމްޞީލްކުރާނެ ޓީމެއް ކައުންސިލްގެ ފަރާތުން ބައިވެރިކުރުމަށްވަނީ ހަމަޖެހިފައެވެ. މިމުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ 16 އޮގަސްޓް 2026 ގައެވެ.
ވީމާ، މިމުބާރާތުގައި މިރަށް ތަމްޞީލްކުރާ ޓީމްގައި ހިމެނުމަށް ޝައުގުވެރިވާ ކުޅުންތެރިން، 2026 ޖުލައި 28 ވަނަ ދުވަހުގެ 12:00 ގެ ކުރިން ނަމާއި އެޑްރެސް، އައިޑީ ކާޑް ނަމްބަރާއި މޯބައިލް ނަމްބަރު މިއިދާރާގެ ނަމްބަރު 7498930 އަށް ވައިބަރ ކުރެއްވުން އެދެމެވެ. އަދި މިމުބާރާތުގައި ބައިވެރިވާންއެދި ހުށަހަޅާ ކުޅުންތެރިންގެ ތެރެއިން، ގާފަރު ތަމްޞީލް ކުރުމަށްޓަކައި ޓީމްގައި ހިމަނާ 20 ކުޅުންތެރިންގެ ސްކޮޑެއް ނެގުމަށް ހަމަޖެހިފައިވަނީ ކޯޗްގެ ބެލުމުގެ ދަށުންނެވެ.
