ދިވެހިރާއްޖެ
ވޯޓާރ ފްރަންޓް ޢިމާރާތް ހ.ޕަމޭލިއާ (މުޅި ޢިމާރާތް – ތިރީ ފަންގިފިލާ، ފުރަތަމަ ފަންގިފިލާ، ދެވަނަ ފަންގިފިލާ، ތިންވަނަ ފަންގިފިލާ އަދި ޓެރެސް) ހިމެނޭހެން 2 (ދޭއް) އަހަރު ދުވަހުގެ މުއްދަތަށް ފޮޅާ ސާފުކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން ފުރުޞަތު ހުޅުވާލަމެވެ.
ވީމާ، މި މިނިސްޓްރީގެ ވޯޓަރ ފްރަންޓް ޢިމާރާތް 02 އަހަރު ދުވަހުގެ މުއްދަތަށް ފޮޅާ ސާފުކޮށްދިނުމަށް ޝައުގުވެރިވެވަޑައިގަންނަވާ ފަރާތްތަކުން މި އިޢުލާނާ އެއްކަރުދާސްކުރެވިފައިވާ މަޢުލޫމާތު ކަރުދާހުގައިވާ މަޢުލޫމާތުގެ އިތުރުން، އިތުރު އެއްވެސް މަޢުލޫމާތު ސާފުކުރުމަށް ބޭނުންވާނަމަ މި މިނިސްޓްރީގެ އީމެއިލް އެޑްރެސް [email protected]އަށް 2026 ޖުލައި 28 ވަނަ ދުވަހުގެ 14:00 ގެ ކުރިން މެއިލް ކުރެއްވުންއެދެމެވެ. އަދި 30 ޖުލައި 2026 ވާ ބުރާސްފަތި ދުވަހުގެ 10:30 އަށް މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރީޓީ، ލޭބަރ އެންޑް ޓެކްނޯލޮޖީ/ ވެލާނާގެ 10 ވަނަ ފަންގިފިލާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
